ޞިއްޙީދާއިރާއިން ހާހެއްހާ މުވައްޒަފުން ކުރިޔަށްއޮތް ދެތިންމަސް ދުވަހުތެގޭގައި ވަކިކުރައްވާނެކަމަށް ހެލްތްމިނިސްޓްރީން ކަށަވަރުކޮށްދެއްވައިފި !!!
ޞިއްޙީދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެތެރެއިން ހާހެއްހާ މުވައްޒަފުން ކުރިޔަށްއޮތް ދެތިންމަސް ދުވަހުގެތެރޭގައި ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ހެލްތްމިނިސްޓްރީން ހާއްމަކުރައްވައިފިއެވެ. އެމިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި މިކަން މިގޮތަށް ކުރައްވަންޖެހެނީ ޚަރަދުކުޑަކޮށް ފެންވަރުރަނގަޅު ޚިދުމަތްތަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. Read more
ރައީސް ނަޝީދުގެ ޤަރާރަކުން ސިވިލްސާރވިސް ކޮމިޝަން އުވާލުމަށް މަސައްކަތް ފައްޓަވައިފި.
ސިވިލްސާރވިސްކޮމިޝަނުގެ މެމްބަރުން މިހާރުމިއޮތް ސަރުކާރަށް ހިޔާލެއްފިކުރެއް، ބިރެއްނެތި، ސަރުކާރަށް ދުއްތުރާތައް ކުރައްވަމުން ގެންދަވާކަމަށް ފެނިވަޑައިގަންނަވާތީ މިކޮމިޝަން ވަރަށް އަވަހަށް ރައީސް ނަޝީދުގެ ޤަރާރަކުން ވަރަށްއަވަހަށް އުވާލާނެކަމަށް ވަރަށް އިތުބާރުހުރި ފަރާތަކުން މަޢުލޫމާތުލިބިއްޖެއެވެ. ސިވިލް ސާރވިސް ކޮމިޝަނަކީ މިނިވަން ކޮނިޝަނެއް ކަމުގައި ވީނަމަވެސް ސަރުކާރުން މިކަންމިފަހަރު ނުކުރައްވާ ހުއްޓާނުލައްވާނެކަމަށް ވެއެވެ.
އަދި، މަޢުލޫމާތު ދިން ފަރާތުން މަޢުލޫމާތުދެއްވިގޮތުގައި ވަގުތީގޮތުން މިކޮމިޝަނުގެ އެންމެހާ ކަންތައްތައް ކުރައްވާގޮތައް ހަމަޖެހިފައިވަނީވެސް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ބޯޑަކުން އެބޯޑަށް އައްޔަންކުރައްވާ މެމްބަރުން ކަމަށްވެއެވެ. އަދި، މިބޯޑުގައި ދާދިފަހުން އެމްޑީޕީއަށް ސޮއިކުރެއްވި، އަދި، ގިނަދުވަސްތަކެއްގައި ހެލްތް މިނިސްޓަރކަން ކުރައްވާފައިވާ ޢަހްމަދު ޢަބްދުﷲ ހިމެނިވަޑައިގަންނަވާ ކަމަށްވެއެވެ. Read more
ޑރން ނުލިބެނީ ޕްރޮވިންސްތަކުން މަސައްކަތް ނުކުރާތީޔޯލަ
ބައެއް އަތޮޅުތަކުގައި މިހާރު އަންހެނުންގެ ހާއްޞަ ޑރ ން ލިބުން ލަސްވެގެން އުޅެނީ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އެކަމަށް ބާރުއަޅުއްވާ މަސައްކަތް ނުކުރައްވާތީ ކަމަށް ބުނެފިއެވެ. މިގޮތަށް ބުނުއްވާފައިވަނީ މިނިސްޓްރީއޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ބާރީ އެވެ.މިނާ މިގޮތަށް ވިދާޅުވެފައި ވަނީ ބައެއްހޮސްޕިޓަލުތަކުންނާއި އަދި ހާއްޞަކޮށް އާއްމުންގެ ބައެއްމީހުން ޑރ ން ނެތިގެން އެފަރާތްތަކާއި ގުޅުއްވާފައި އެކަމުގެ ޝަކުވާ ކުރާތީއެވެ.
ޓެލެމެޑިސިންގެ މުހިއްމުކަން ،ސުވާލުއުފެދޭ ކަމެއްބާ؟
ޚަގީގަތުގައިވެސް އެއީ މުހިއްމުކަމެކެވެ،ނަމަވެސް އެވަށްވުރެ މާބޮޑަށް މުހިއްމުވާނީ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޑރ ން ހަމަކޮށް ދިނުން ކަމުގައި އަޅުގަނޑު ދެކެމެވެ،މިހާރުވެސް ޑރ ން ނެތިގެން ޑރންގެ ޚިދުމަތް ނުލިބިގެންޝަކުވާ ކުރާމީހުން ،އާއްމުރައްޔިތުންގެ ޢަދަދު ގިނަކަން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ.އެހެންކަމުން މިހާރު ޑރން ތިބެން ޖެހޭ ތަނަތަނަށް މަދުވާ ޑރ ން ހަމަކުރުން މުހިއްމުވެފައި އައުލާކަން ބޮޑެވެ.ގިނަދުވަސްތަކެއް ވަންދެން މެޑުކެނޑިފައިވާ ޚިދުމަތްތައް މިހާރުން މިހާރަށް އާއްމުންނަށް ފޯރުކޮށްދޭންޖެހެއެވެ.އެހެން ކަމުން އެޚިދުމަތްތައް ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ.އަދި ހަމައެހެންމެ މިކަންތައްތައް ކުރުމަށްޓަކާ ހަވާކުރައްވާފައިވާ މުވައްޒަފުންގެ ބޮލުގައި އެޅިފައިވާ ނުހަނު ބޮޑު ޒިންމާއެކެވެ.
މިހާުރުން މިހާރަށްވެސް ޑރ ން ހަމަކޮށްދެއްވުމަކީ އެންމެހައި އާއްމު ރައްޔިތުންގެ އެދުމެވެ. ޓެލެމެޑިސިންގެ ވާހަކަ ދެއްކުމަށްވުރެ ޑރ ން ނެއްވާހަކަ ދެއްކުން ބުއްދިވެރިވެފައި ،ރަނގަޅުގޮތެއްކަމުގައި ދެކެމެވެ.
އޮނިގަނޑު ކޮބާތަ.
ޞިއްޙީ ދާއިރާގެ އޮނިގަނޑު ވީހިސާބެއް އަދި އޮތް ތަނެއް އެނގެނީ ކާކަށްބާ …މިއީ ވަރަށްވެސް ފުންކޮށްވިސްނަންވެއްޖެ ކަމެކެވެ.މިގޮތަށް މިހެން ތެޅިތެޅިތިއްބާ ވާނެގޮތަކީ ކޮންމެވެސްފަރާތަކުން މީޑިއާއަށް އަރާ ވިދާޅުވާނީ މިހާތަނަށް އޮނިގަނޑު ނުހަދާ ފާސްނުކުރއްވާ ދާއިރާތަށް ައުވާލެވިއްޖެޔޯ.ވީމާ ވަރަށް ދެރަގޮތެއް ކުރިމަތި ވުމަކީ އެކަށީގެންވާ ކަމެކެވެ….އަދި މިއޮނިގަނޑު މުރާޖަޢާ ކުރުމުގައި ޞަމަދު ބައިވެރު ނުކުރެއްވުމަށް އާދޭހާއިއެކު ދަނަނަވަން..އޭނާ ބައިވެރިކޮށްފިއްޔާ އަދިވެސް އެނާގެ ކުލާސްމޭޓުން ބައިތިއްބާގޮތަށް އެއޮނިގަނޑު ހަމަޖއްސާނެކަން ޔަގީން އަދި ކުރިއެރުން ލިބޭނީވެސް އޭނާގެ ފިޔާފިހާރަ ކުރިމަތިން ގިރާކުރާމީހުންނަށެވެ..އަޅުގަނޑުމެން ޒުވާނުންނަށްވެސް ކުރިއެރުމެއް ހޯއްދަވާ ދެއްވާ އޭރުން އަޅުގަނޑުމެންވެސް ތިބޭޅާގެފިހާރައިން ފިޔާ އަދި އަލުވި ގަންނާނަމެވެ.
ޞިއްޙީ މަރުކަޒުތަކަށް ވަކިން ބަޖެޓް ހަމަޖެއްސުން
ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތަކަށް ވަކިން ބަޖެޓް ހަމަޖެއްސުމްކީ ވަރަށް ވެސް މުހިއްމުކަމެއް ކަމުގައި ދެކެމެވެ.ސަބަބަކީ މިހާރު މުޅިއަތޮޅުގެ ޞިއްހީ ދާއިރާގެ ހުރިހާ ޚަރަދުތައް އެއަތޮޅެއްގެ ހޮސްޕިޓަލުން ބަލަން ޖެހުމުން ބޮޑެތި މައްސަލަތަލާއި ކުރިމަތިލާން ޖެހުމެވެ.ޞިއްހީމަރުކަޒުތަކުގެ ވެރިންނަށް ހީވެފައި އޮންނަނީ އެމީހުނަށް ކުރިން ވަކިން ދެވުނުބަޖެޓް މިހާރު ނުދެނީ ހޮސްޕިޓަލުން ރާވައިގެން ކުރިއަށްގެންދާ ކަމެއްގެ ގޮތުގައެވެ.އެހެން ކަމުން އަޅުގަނޑުމެންނަށް ރަނގަޅީ ޞިއްޙީމަރުކަޒުތަކުގެ ފައިސާ އެފަރާތްތަކަށް ވަކިން ރަށްދުކޮށްދެއްވުމެވެ…ހޮސްޕިޓަލުހިންގަވާ ވެރިންނާއި ޞިއްޙީ މަރުކަޒުތަކުގެވެރިންނާއި ދެމެދު ހަމަނުޖެހުން ވަރަށްބޮޑަށް އުފެދޭ ކަމަކަށްވާތީ މިކަންތައްތައް ހައްލުކުރުމަށް ފެންނާތީވެ ޙިއްޞާ ކޮށްލަމެވެ.
މިއީ ރަނގަޅުގޮތެއްބާ.
މިނިސްޓްރީއޮފް އެޑިޔުކޭޝަނުގެ ދަށުން ހިންގާ ސްކޫލުތަކުގެ އިސްވެރިޔާ ހުންނަވާ ގެ ކުއްޔަށް ހިފާއިރު ،ހެޑްމާސްޓަރަށް ނުވަތަ ޕްރިން ސިޕަލަށް ކައްކާ ފައި ކާން ދިނުމާއި އެގޭގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ގޭގެ ވެރިފަރާތުގެ ޒިންމާއެއްގެ ގޮތުގައި ޝަރުތު ކޮށްފައި ވާކަމުގައި ބައެއް ސްކޫލުތަކުން މަޢުލޫމާތު ލިބިފައި ވެއެވެ. މިއީ ދެރަގޮތެއް ނޫމެ ނޫން މެއެވެ.އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ ޞިއްހީ ދާއިރާގެ ތެރޭގައިވެސް މިކަމުގައި ގެންގުޅުއްވާނެ އުޞޫލަކީ އެގޮތް ކަމުގައި ވެގެން ދާނެ ކަމުގައެވެ.
ޕްރޮފެޝަރ ފައިސަލް އިބްރާހީމް ނޭޕާލުކުއްޖެއްގެ އަވާގައިޖެހުމުން އަންހެނުން ވަރިފަށަށް އަރައިފި.!
އުތުރުޕްރޮވިންސްގެ ހެލްތް ޑިރެކްޓަރ ( ޑިކްޓޭޓަރ ) ފައިސަލްއިބްރާހީމް ފެލިވަރު ފެކްޓްރީގައި މަސައްކަތް ކުރާ ނޭޕާލް ކުއްޖެއްގެ އަވާމެންދުރަކަށްވެއްޖެކަމަށާއި، އަދި، މިމައްސަލައާގުޅިގެން އަންހެނުން ވަރިފަރަށް އަރައިގެން އުޅޭކަމަށް ވަރަށް އިތުބާރު ފަރާތަކުން މަޢުލޫމާތު ލިބިއްޖެއެވެ. މިކުއްޖާޔާއެކު މިހާރު ފެލިވަރުގެ އެކިތަންތަނުގައި ފާޅުކަންބޮޑު ގޮތެއްގައި ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށްވެއެވެ. ނޭޕާލު ކުއްޖެއްކަމުގައިވާ ” ސިންތާ ” ނަމަކަށްކިޔާ މިކުއްޖާއަކީ އޭސިޔާގެ އެންމެރީތި ކުދިންގެ ތެރޭގައި ހިމެނޭކުއްޖެއް ކަމަށްވެއެވެ. Read more
އަވަސް ޚަބަރު
ޅ، އަތޮޅުހޮސްޕިޓަލު މުވައްޒަފުންތަކެއްގޮވައިގެން މާފިލާފުށިން ނައިފަރަށް ދަތުރުކުރި ލޯންޗެއްގައި ވަރަށް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްހިނގައި އެލޯންޗުން ދަތުރު އެންމެންނައްވެސް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ވެއެވެ. މިމުވައްޒަފުން މާފިލާފުއްޓަށް ގޮސްފައިވަނީ އިންޔެކަމަށާއި، އަދި، މާފިލާފުއްޓަށް މިހާގިނަ މުވައްޒަފުންތަކެއްދާންޖެހުނީ އެރަށުގައިހުންނަ ޞިއްޙީ މަރުކަޒުގެ ފާހާނާތައްގުޅާފައިވާ ހޮޅިތައްބެދިފައިވާތީ އެހޮޅިތައް ބަދަލުކުރުމުގެ މަސައްކަތްކުރަންކަމަށްވެއެވެ. Read more
ހެލްތް މިނިސްޓްރީގެ ބަޖެޓުން ވަރަށް އަވަހަށް މިކަމަށް އަވަސް ހައްލެއް ގެންނަން އެބަޖެހޭ. !
ހޮސްޕިޓަލުތަކުގަޔާއި، ހެލްތްސެންޓަރުތަކުގެ އިތުރުން ހެލްތްޕޯސްޓްތަކުގައި މަސައްކަތްކުރައްވާ ނަރުހުންނަށް ސިފްޓްޑިޔުޓީ އެލަވަންސްފައިސާ ޤަވާޢިދާޚިލާފަށް އިތުރަށް ފައިސާ ދެއްވަމުން އެބަގެންދަވައެވެ. ވީމާ، މިފަދަ މަޢުލޫމާތެއް މިނިސްޓްރީގެ ބަޖެޓަށް މިސައިޓް މެދުވެރިކޮށްނަމަވެސް، ލިބިވަޑައިގެންފިނަމަ މިކަންމިހިނގާގޮތެއް ހެލްތްމިނިސްޓްރީގެ ބަޖެޓުން ބައްލަވަން ޖެހޭނެއެވެ. އެހެނީ، ހެލްތް މިނިސްޓްރީގެ ބަޖެޓުން މަޢުލޫމާތުދެއްވާގޮތުގައި ޝިފްޓްޑިޔުޓީ އަދާކުރާ ނަރުހަކަށް އެއްދުވަހާ އެންމެގިނައިން ސިފްޓްޑިޔުޓީ އެލަވަންސް ފައިސާގެގޮތުގައި ލިބޭނީ ސާޅީސް ރުފިޔާކަމަށް ވެއެވެ. ނަމަވެސް މިއަށްވުރެ ޑަބަލްގިނައިން އެއްދުވަހާ ސިފްޓްޑިޔުޓީ އެލަވަންސްފައިސާ މިތަންތާ މަސައްކަތްކުރައްވާ ހުރިހާ ނަރުހުންނައްވެސް މިހާތަނަށް މިތަންތަނުން ދެމުން އެބަ ގެންދަވައެވެ. Read more



