ކިތަންމެ ވަރުގަދަ ގުގުރިއެއް ޖެހިއަސް އެއަޑު އަހަން ބޭނުންނުވާ ބަޔަކަށް އަޑެއް ނީވޭނެ.
އާދެ! މިއަދު އަޅުގަނޑު ވާހަކަ ދައްކާލަން ބޭނުންވަނީ ވަރަށްވެސް އަސަރުހުރި ކަންތައްތަކެއްގެ ވާހަކައެކެވެ. މިވާހަކަ އަޑުއައްސަވާފައި ދަތްޕިލަ ބޭރަށް އެއްލާ ނުލައްވާށެވެ!
ޑީއެމްއެސްގައި މަސައްކަތް ކުރައްވާ ….. ޑޮކްޓަރެކޯ ކިޔާފައި މިހާރުވަނީ އަޑުއަރުވާފައެވެ. މިގޮތަށް އަޑުއެރުވީ އޭނާއަށް ވަރަށް މަތީ މަޤާމެއް ދިނުމަށެވެ. ނިކަން ވިސްނާލަ ބެލާށެވެ. 7މަސް ދުވަހުގެ ތެރޭގައި ފަސް ޕްރޮމޯޝަން ލިބުނީ އެވެ. ނުވަތަ ދެއްވީއެވެ. އެއީ ކީއްވެތޯއެވެ. މިނިސްޓަރުގެ ގާތުގައި ދޮގުހެދުމަށް މަސްހޫރުވީމައެވެ. Read more
ދާއިރާގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތަށް އިސްކަން ދިނުން
ޞިއްޙީ ދާއިރާގައި މަސައްކަތް ކުރުމަކީ މިހާރަކަށްއައިސް ވަރަށްވެސް އުނދަގޫ ކަމެކެވެ. ސަބަބަކީ މިދާއިރާގައި މަސައްކަތްކުރައްވާ އިސްވެރިންގެ އަމަލުތައް ހުންނަގޮތުންނެވެ. އެމީހުންނަށްހީވަނީ ތިމާގެ ރައްޓެހިން ހަމައެކަނި ކަމަށް މަސައްކަތް ކުރަނީކަމަށެވެ. އެކަމަކު ކަންތައްވާންވީކީ އަދި އެގޮތަކަށް ނޫންކަން ދަންނަންޖެހެއެވެ. އަޅުގަނޑުމެންގެތެރޭގައި ވަރަށް ބުރަކޮށްމަސައްކަތްކުރާ އަދި އެފަރާތްތަކުގެ މަސައްކަތްތަކުގެ މަސައްކަތްތައް މަތީފެންވަތުގައި ރަނގަޅުކަމަށް ފާހަގަ ކުރާ ފަރާތްތައް ވެސް މިހާރު އެގެން އެބަހުއްޓެވެ. Read more



