އައްޑޫގައި ފެތުރެމުންދަނީ އާދަޔާއިހިލާފް ރޯގާއެއްނޫން ކަމަށާއި އެއީ މަދިރިންޖެހޭ ބައްޔެއްކަމަށް ޑީޕީއެޗުން ހާމަކޮށްފި

May 21, 2008 · Filed Under News · 1 Comment 

ޑީޕީއެޗްގެ ޑިރެކްޓަރު ޖެނަރަލް އަލްފާޞިލް އިބްރާހީމް ސަހީމް، ވިދާލުވިގޮތުގައި އައްޑު އަތޮޅު ފޭދޫގައި ވައރަލް ފީވާ ހުމަކީ މަދިރީގެ ސަބަބުން ޖެހިގެން އުޅޭ ހުމެއް ކަމަށާއި މިހާރު އެޑިޕާރޓްމަންޓްގެ ޓީމެއް އެރަށަށް ގޮސް މިހުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިރު އޮބްޒާވަރުގައި ހާމަކޮށްފައިވެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިޕިއުޓީ ޑިރެކްޓާރ އަލްފާޞިލް އަލީމުސްތަފާއާއި ހަވާލާދެއްވާ މިނޫހުގައި ހާމަކޮށްފައިވާ ގޮތުގައި މިމަހު ފޭދޫ ހެލްތް ޕޯސްޓް ބަލާފައިވާ ބަލިމީހުންގެ އަދަދކީ 807 ކަމަށާއި އޭގެ ތެރެއިން 10 މީހުންނަކީ ޗުކަންގުންޔާ ޖެހިފައި ތިބި މީހުންނާއި އެކި ބަލިބަލީގެ މީހުންނެވެ. ނަމަވެސް މީގެ ކުރިން ބަދިރީން ވައިރަލް ފީވާ ޖެހޭކަމެއް ނޭގެއެވެ. އަދި ޗުކަން ގުންޔާ އަކީ ވައިރަލް ފިވާގެ ގޮތުގައި ހަމަނާކަމެއްވެސް ނޭގެއެވެ. އިބްރާހީމް ސަހީމުއަކީ މިދާއިރާގެ ތަޖުރިބާ ހުރި ބޭފުޅަކަށްވާތީވެ މަދިރީން ވައިރަލް ފީވާ ޖޭހޭކަން ފަހަރެއްގައި އެނގިލައްވާފާނެއެވެ. 
Posted by: Maldives Health Workers

ވިހެއުމަށްފަހު ހަށިގަނޑު ރީތިކޮށް ބަހައްޓާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިފި

May 20, 2008 · Filed Under News · Comment 

ވިހެއުމަށްފަހު ހަށިގަނޑު ރީތިކޮށް ބަހައްޓާނެ ގޮތްތައް ދަސްކޮށްދޭ ޕްރޮގްރާމެއް ހުޅުމާލެ ހޮސްޕިޓަލުގައި ފަށައިގެން ކުރިޔަށް އެބަދެއެވެ. މި ޕްރޮގްރާމަކީ ވިހެއުމާއިގުޅިގެން ޖިސްމާނީ ގޮތުންނާއި ބުރުސޫރައަށް އަންނަ ބަދަލުތައް އޮޅުން ފިލުވައިދީ ކުރީގެ ހާލަތަށް އަލުން ބަދަލުވާނީ ކިހިނެއްކަން މައިންނަށް ދަސްކޮށްދީ ހިންގާދޭ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ހަށިގަނޑުގައިވާ މަހާއި ކައްޓާ އަދި ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ދިމާވާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ދެވެއެވެ. މިޕްރޮގްރާމް ކުރިޔަށް ގެންދަވަނީ ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑިޕާރޓްމަންޓްގެ މުވައްޒަފުންނެވެ.
މިފަދަ ޕްރާގްތަކަކީ އަތޮޅު ތެރޭގައި ހުންނަ ރީޖިނަލް ހޮސްޕިޓަލުތަކުންވެސް ދެވިދާނެ ޕްރޮގްރާމްތަކަށް ވާތީވެ، މިފަދަ ޕްރޮގްރާމް އަތޮޅުތެރޭގައިވެސް ފެށުން މުހިންމުކަމަށް ފެނެއެވެ. ހަށިގަނޑު ފަލަވުމަކީ އެތައްބަލިތަކަށް މަގުފަހި ކޮށްދޭކަމަކަށްވާތީވެ ހެލްތް ޕްރޮމޯޝަން ޕްރޮގްރާމު ތަކުގެ ތެރެއިނަ މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދެވިދާނެއެވެ. ” ބަލިޖެހުމުގެ ކުރިން ބަލިންރައްކާތެރިވުން މާރަގޅެވެ ”
Posted by: Maldives Health Workers

ވަޒީފާއިން ޤަވާޢިދާ ޚިލާފަށް ޑީއެމްއެސްއިން ވަކިކުރި ޢާއިލާގެ އެހީތެރިޔާއަށް އަލުން ވަޒީފާދިނުމަށް މަދަނީކޯޓުން ހުކުމް ކުރައްވައިފި.

May 12, 2008 · Filed Under Articles · Comment 

ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ޢާއިލާގެ އެހީތެރިޔާ ޢައިސަތު ނަޖީބު ވަޒީފާއިން ވަކިކުރެއްވި މައްސަލަ ބައްލަވާ ދެއްވުންއެދި، ހިޔުމަންރައިޓްސް ކޮމިޝަނުން މަދަނީ ކޯޓަށް ހުށަހެޅުއްވުމުން، އެކޯޓުން އެމައްސަލަ ބެއްލެވުމަށްފަހު އޭނާއަށް އެވަޒީފާ ދެއްވުމަށްވަނީ ހުކުމް ކުރައްވާފައެވެ. އަދި، މިކަމާ ގުޅިގެން ހިޔުމަންރައިޓްސް ކޮމިޝަނުން އެކަމަށްޓަކާ ވަރަށް ބޮޑަށް މަރުހަބާ ކިޔާފައިވެއެވެ. Read more

ސިވިލް ސާރވިސްއިން މިކަމަށް ކިހާއަވަހަކަށްވާ ހައްލެއް ގެނަސްދެއްވާނީ . . . .

May 12, 2008 · Filed Under Articles · Comment 

ސިވިލް ސާރވިސް އުފެދުމަކުން ރާއްޖެތެރޭގާ އުޅޭމީހުންގެ ތެރެއިން ވަކިބަޔަކަށްނޫނީ ވާނެމޮޅެއް އަދި، ފެންނާކަށް ނެތެވެ. އެގިވަޑައިގަންނަވާނެ ފަދައިން ރާއްޖެތެރޭގާވެސް އަދިވެސް ސިވިލްސާވިސްގެ މެމްބަރުންގެގޮތުގާ މަސައްކަތްކުރާމީހުން މަދެއްނޫނެވެ. އަދި، ދާދިފަހުން މުސާރަބޮޑު ކުރެއްވުމާއި ގުޅިގެން ސިވިލްސާރވިސްގެ މެމްބަރަކަށްވުމަށް އެދޭމީހުންދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. Read more