ޓީޗަރުންގެ މުސާރަ އާ ދޭތެރޭ ސަރުކާރުން ނިންމާގޮތެއްގެ މަތިން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ދޭތެރޭ ގޮތެއް ނިންމުން މުހިއްމު.
ޓީޗަރުންނާއި ނަރުހުންނާއި ހެލްތް ވޯރކަރުންނަކީ ގައުމު ހިންގުމުގައި ވަރަށް މުހިއްމު ޒިއްމާ ތަކެއް އުފުއްލަވަމުން ގެންދަވާ ބައެކެވެ. ވީމާ މި ފަންތީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަ އެއްހަމައެއްގައި ބޮޑުކޮށްދެއްވުމަށް ގޮވާލަމެވެ.
ހެލްތް ދާއިރާގެ މުވައްޒަފުންގެ އޮނިގަނޑަކީވެސް ބޮނޑު ނަގުލަށް ދެމިފައިވާ ފޮލާ އެކެވެ. މުޅިންވެސް އޮންނަނީ ދިރާސާ ކުރުމެވެ. ފާއިތުވި 3 އަހަރުގެ މެނޭޖަރުންގެ ބައްދަލުވުންތަކުގައިވެސް ވަނީ މިވާހަކަ ތައް ދެކެވިފައެވެ. އައިޖީ އެމް އެޗް މަގާމުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި އަތޮޅުތަކުގައި ހަމަ އެމަގާމުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް މުސާރައިގެ ތަފާތު އެބަހުއްޓެވެ. Read more
ހެލްތް ވޯކަރުންގެ މުސާރަ އާއި ޢިނާޔަތްތައް ބޮޑުކޮށް ނުދީފިނަމަ، ވަޒީފާއަށް ނުނިކުތުމަށް އިރުޝާދުދީ އެސްއެމްއެސްތަކެއް ދައުރުވުމުން އެބަދޭ
ހެލްތް ވޯކަރުންގެ ފަރާތުންކަމަށް ބުނެ ށ.ގޮއިދޫ ކޮމިއުނިޓީ ހެލްތް ސްޕަވައިޒަރ އަޙުމަދު ޝަރީފުވަނީ އެވާހަކަތަކަކީ މުޅީން ތެދެއްނޫންކަމަށް ވިދާޅުވެފައެވެ. އަދި މާދަމާ ވަޒީފާތަކަށް ނުނުކުތުމަށް ގޮވާލައި އެސްއެމްއެސްތަކެއް ދައުރުވަމުންދާކަމަށާއި، އެއީ ކޮންބަޔަކު އަޑީގައި ތިބެގެން ފޮނުވަމުންދާ އެސްއެމްއެސްތަކެއްކަން އެނގިވަޑައި ނުގަންނަވާކަމުގައެވެ. އެހެންނަވަމެސް ހެލްތް ވޯކަރުންގެ މުސާރަ ކުޑަވުމާއި، އެމީހުންނާމެދު ސަރުކާރުން އަޅާލުން ކުޑަވަމުން، އަދި އެމީހުންގެ ޙައްޤުތަކެއް ގެއްލިފައިވާކަމަށް ފެންނާތީ، މިކަންތައްތައް ރަގަޅުކުރުމަށް މަސައްކަތްކުރުންމަތީ ހުރިހާ ހެލްތް ވޯކަރުން ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ. އެހެންނަމަވެސް އެއީ ހަޅުތާލުކޮށް، މުޒާހަރާކޮށްގެން ނޫންކަމަށާއި، އަދި އެމީހުން ވަޒީފާތަކަށްވެސް ބަރާބަރަށް ނުކުންނާނެކަމުގައެވެ. މުސާރަ ބޮޑުކޮށްދިނުމަށް ސަރުކާރަށް ޑިމާންޑް ކުރުމުގެ މަސައްކަތް ކުރަމުންގެންދާނީ ރީތިގޮތުގައި ޞުލްހަވެރިކާއި، ޤާނޫނީ އިންތަކުގެ ތެރެއިންލާފައިކަމުގައި ޝަރީފު ވިދާޅުވިއެވެ. (އިތުރު ތަފްޞީލް)
ހެލްތް ވޯކަރުންވެސް މުސާރައާ ދޭތެރޭގައި ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅުކުރަން ފަށައިފި
ރާއްޖޭގައި މަސައްކަތްކުރާ ގާތްގަނޑަކަށް 300 އެއްހާ ހެލްތްވޯކަރުންގެ ތެރެއިން ބަޔަކު މުސާރައާމެދު ހިތްހަމަ ނުޖެހިގެން އެސްއެމްއެސްތައް ފޮނުވައި މާދަމާ އޮފީހަށް ނުނުކުންނަގޮތަށްވެސް ވަނީ ވާހަކަތައް ދައްކައި އަޑު އަރުވައިފައި ކަމަށާއި ނަމަވެސް ފަހުން ޓެލެކޮންފަރެންސެއް ބާއްވައި އިހުތިޖާޖު ނުކުރެއްވުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ބައެއް ހެލްތްވޯކަރުން މަޢުލޫމާތު ދެއްވިއެވެ. (އިތުރު ތަފްޞީލް)
ހެލްތް ވޯކަރުންގެ 2 ވަނަ ޓެލެ ކޮންފެރެންސް ބާއްވައިފި
ދިހެހިރާއްޖޭގައި މަސައްކަތް ކުރައްވާ ހެލްތް ވޯކަރުން އިންތިޒާމުކޮށްގެން ދެވަނަ ޓެލެ ކޮންފެރެންސް ބާއްވާފައިއެވެ. 26 ޖޫން 2008 ވަނަ ދުވަހުގެ ރޭ 9:10 އިން 10:10 އައް ބޭއްވި މި ޓޭލެކޮންފްރެންސްގައި ހުރިހާ އަތޮޅުތަކުންވެސް މަންދޫބުން ބައިވެރިވެލެއްވިއެވެ. މި ކޮންފްރެންސްގައި މައިގަނޑު ގޮތެއްގައި މަސްވަރާކުރެވުނީ ހެލްތް ވޯކަރުންގެ އޮނިގަނޑާއި ހެލްތް ވޯކަރުންގެ ހައްގު ހޯދުމަށް ކުރެވިދާނެ ކަންތަކުގެ މައްޗަށެވެ. އަދި މީގެ އިތުރުން ޞިއްޙީ ދާއިރާގައި މިހާރު ހުރި އުނިކަންތައްތަކުގެ ތެރެއިން ހެލްތް ވޯކަރުންނަށް ހައްލުކުރެވިދާނެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށެވެ.
މި ކޮންފެރެންސް ނިންމާލީ މީގެ 3 ވަނަ ކޮންފްރެންސްއަށް ބޭއްވުމަށް ބޭނުންވާނެ މަޢުލޫމާތުތައް ހޯދުނުހާ އަވަހަކަށް 3 ވަނަ ކޮންފްރެންސް ބާއްވާ ގޮތަށެވެ
ޞިއްޙީ ދާއިރާގައި މުވައްޒަފުންގެ އޮނިގަނޑު އިޞްލާޙް ކުރުމަށް ހުށައަޅައިފި
ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އޮނިގަނޑު އިޞްލާޙްކުރުމަށް ހުށަހަޅައިފިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދީފިއެވެ. (އިތުރު ތަފްޞީލް)
ދިވެހި ޞިއްޙީ އެހީތެރިންގެ ކުރިމަގު އުޖާލާވާނެބާ؟
24 ޖޫން 2008 މިއީ މިޖީލުގެ ޞިއްޙީ އެހީތެރިންގެ ޙަޔާތުގައި ވަރަށް ފާހަގަކޮށްލެވޭ ރެއެކެވެ. އާދެ! 24 ޖޫން 2008 ވަނަ ދުވަހުގެ ރޭ 8:00 އިންފެށިގެން އެއްގަޑި އިރަށް ވުރެވެސް ގިނަ ވަގުތު ހޭދަވެގެން ދިޔަ ފޯނު ކޮންފަރެންސެއްވަނީ ބޭއްވިފައެވެ.
މި ދެންނެވި ފޯނު ކޮނަފަރެންސަކީ ޞިއްޙީ އެހީތެރިން އަމިއްލަ އަށް އިންތިޒާމުކޮށް އަމިއްލައަށް މޮޑަރޭޓްކުރި މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި ވެށީގައި މަސައްކަތްކުރައްވާ ޞިއްޙީ އެހީތެރިންގެ އެއްބައިވަންތަކަން އިތުރުކުރުމާޢި މިވަގުތު ދިމާވެފައިވަ ކަންތައްތަކުގެ ތެރެއިން ވަގުތުން ވަގުތަށް އިސްލާޚްކުރަންޖެހިފައިވާ ކަންކަމާއި ކރިމަގުގައި އަޅަންޖެހިފައިވާ ފިޔަވަޅުތަކުގެ މައްޗަށް މަސްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަގުޞަދުގައި ޞިއްޙީ އެހީތެރިންގެ ހަރުދަނާ ވިއުގައެއް ޤާއިމްކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ Read more
ﷲ ކުޅަދުންވަންތަކަން ހަނދުމަކޮށްލާފަނަމަވެސް ޞިއްޙީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވާށެވެ.
އެޑިޔުކޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެހެނިހެން އެލަވަންސްތައް ބޮޑު ކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ މުސާރައާއި، އެލަވަންސްތައް ބޮޑުކުރެއްވުމަށް ހެލްތް މިނިސްޓަރ އުޅުއްވާތަނެއް ނުފެނެއެވެ.
.
ހެލްތް މިނިސްޓަރުކަމާއި، އިލްޔާސް އިބުރާހީމު ހަވާލުވެލެއްވުމާއި ގުޅިގެން އެންމެންވެސް ހީކުރީ މިދާއިރާގެ ކަންތައްތައް ވަރަށް ރަނގަޅުވާނޭކަމަށެވެ. މިދާއިރާގައި ރެއާއި ދުވާލު އަވަދިނެތި މަސައްކަތް ކުރައްވަމުންގެންދާ ޞިއްޙީ ޚިދުމަތްތެރިންނަށާއި، މިދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ. ނަމަވެސް ހަޤީގަތް ބަލާލީމާ އެނގުނީ މިދާއިރާގައި މަސައްކަތްކުރާ މީހުންނަށްވެސް، އަދި، މިދާއިރާއައްވެސް ފާހަގަ ކުރެވޭވަރުގެ ކުރިއެރުންތަކެއް އައިސްފާ ނެތްކަމެވެ. Read more
ހޮސްޕިޓަލުތަކަށް ފޮނުވާފައިވާ ލޯންޗްގެ ބޭނުން ރައްޔިތުންނަކަށް ނުހިފޭ.
ބަލިމީހުންގެ ފަސޭހަޔަކައްޓަކާ ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތައް ހައްލަކަށް ގެނެވޭތޯ ހެލްތް މިނިސްޓްރީގެ ފަރާތުން ހޮސްޕިޓަލުތަކަށް ފޮނުވާފައިވާ ލޯންޗްތަކުގެ ބޭނުމެއް އެއަތޮޅުތަކުގެ ރައްޔިތުންނަށް ނުހިފޭކަމަށް ވަރަށްގިނަ ބަޔަކު ބުނަމުން އެބަގެންދެއެވެ. އަދި، އެމީހުންބުނާގޮތުގައި ވަގުތުން ފައިސާދީގެން ނޫނީ ލޯންޗް ހޮސްޕިޓަލުތަކުން ދޫނުކުރުމާއި، އަދި، މިގޮތުންކުރާ ދަތުރުތަކަށް ނަންގަވަމުންގެންދަވާ ކުލިވެސް ބޮޑީކަމަށެވެ.
މިގޮތަށް މިހާބޮޑު ޚަރަދެއްކޮށްގެން އަތޮޅުތެރޭގައި ދިރިއުޅެމުންގެންދާ އެއްވެސް މީހަކަށް މިއިން ލޯންޗެއްގައި ދަތުރު ނުކުރެވޭކަމަށް ވެއެވެ. ނަމަވެސް ބާރުސްޕީޑްގައިދުވާ މިދެންނެވި ލޯންޗްތަކުގައި ތާކުންތާކުނުޖެހޭ ބޭކާރު ދަތުރުތައްކޮށް ބޭކާރު ޚަރަދުތައް ޤަވާޢިދާ ޚިލާފަށް، ބައެއް ހޮސްޕިޓަލުތަކުން އެތަންތަން ހިންގަވަންތިއްބަވާ ބޭފުޅުންނާއި، Read more
ޕަބްލިކް ހެލްތް ޔުނިޓުގެ މަސައްކަތް ކުރުމަށްވެސް ނަރުހުންނާއި ޑޮކްޓަރުންނެރެނީޔޯ
ސިރީލަންކާގެ އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސްގައި ސަހީމުގެ އަމިއްލަ ފައިދާއައްޓަކައި ހިންގަމުން ގެންދާ ޕްރައިމަރީ ހެލްތް ކެއާރ ކޯސްގެ ކަރިކިއުލަމް ރިވިއުކުރަން ކުޅުއްދުއްފުއްޓަށް ޓީމެއް ވަޑައިގެންފިއެވެ. މިޓީމުގައި ހިމެނިވަޑައިގަންނަވަނީ ޑީޕީއެޗްގެ އިބްރާހީމް ސަހީމާއި ޑީއެމްއެސްގެ ފަތުހުއްލޯއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ފެމިލީ ހެލްތް ވޯކަރުން މިބޭފުޅުންނާއި ބައްދަލުކޮށް ކުރާ މަސައްކަތަކާއި އެއްވަރުގެ އެލެވެންސްއެއް ނުލިބޭތީވެ އެކަމުގެ ސަކުވާ އެބޭފުޅުންނަށް ހުށަހެޅިކަމަށް ވެއެވެ. އަދި މިވަރުގެ މުސާރައަކަށް މަސައްކަތް ނުކުރެވޭނެ ވާހަކަ އެބޭފުޅުން ކައިރީގައި ބުނުމުން އެބޭފުޅުން ދެއްވި ޖަވާބަކީ ތިޔަ މަސައްކަތް ޑޮކްޓްރުންނާއި ނަރުހުންލައްވައި ކުރެވިދާނެއެވެ. Read more
ރާއްޖެތެރެއަށް ދަތުރުތައް މިކުރަމުންގެންދަނީ ހަމަ ހިތްއުފާކޮށްލުމަށް . .
މިހާރަކަށްއައިސް ރަސްމީ ބަންދު ދުވަސްދުވަހު ރާއްޖެތެރެއަށް މިނިސްޓްރީތަކުން ކުރަމުންގެންދާ ދަތުރުތައް އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ. މިއީ، މައުމޫނަށް ވޯޓްހޯދުމުގެ ބޭނުމުގައި ކުރަމުން ގެންދާ ކަމެއްކަމަށްވެއެވެ. މިކަމުގެ ހުރިހާވެސް އުނދަގުލެއްމިވަނީ ރާއްޖެތެރޭގައި ހުރި ސަރުކާރުގެ އޮފީސްތައް ހިންގަންތިބި ވެރިންނަށާއި، އެތަންތަނުގެ މުވައްޒަފުންނަށެވެ. އަދި، މިގޮތުން އެންމެގިނައިން ދަތުރުތައް ކުރަމުން ގެންދަނީ ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހީމު އާއި، އޭނާގެ އައުވާނުންނެވެ. ރާއްޖެތެރޭގެހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލާށޭ ކިޔައިގެން މިކުރާ ދަތުރުތަކުގައި، އެތަންތަނައްގޮސް އެތަންތަން ހިނގާނުހިނގާގޮތް ބަލާނުހަދާކަމަށް އެފަދަ ތަންތަން ހިންގަވަން ތިއްބަވާ ވެރިންގެ ފަރާތުން މަޢުލޫމާތު ލިބިފާވެއެވެ. Read more


