ހެލްތް ވޯކަރުންގެ ކުރަމުންގެންދާ ބުރަމަސައްކަތްތައް ހަޖޫޖަހަން ހަމަރޯޅިން މަސައްކަތްކޮށްފި

July 31, 2008 · Filed Under News · 4 Comments 

މިސައިޓު މެދުވެރިކޮށް ހެލްތް ވޯކަރުން އެބޭފުޅުންގެ ސުއޫރު ފާޅުކުރަމުންދާތީ އެކަމާއި ހިތްހަމަ ނުޖެހިގެން ހަމަރޯޅި ނޫހުން ހެލްތް ވޯކަރުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށް މަސައްކަތް ކޮށްފިއެވެ. 10-11 ޖުލައި 2008 ގެއި ހަމަރޯޅިގައި ޢަލީ ޝަކީލު ލިޔުއްވާފައިވާ އާޓިކަލްގައިވާ ގޮތުންނަމަ ހެލްތް ވޯކަރުން ހެލްތް ދާޢިރާގައި ކުރާ މަސައްކަތަކީ އެއްޗެތީގައި ސޮއިކުރުމެވެ. Read more

ގާދިއްފުށީ ހެލްތުޕޯސްޓް ޞިއްޙީ މަރުކަޒަކަށް ބަދަލު ކުރައްވައިފި

July 30, 2008 · Filed Under News · Comment 

ތ.އަތޮޅު ގާދިއްފުށީ ޞިއްޙީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ޖުލައި ސައްބިސް ވީ މިނިވަންދުވަހުގެ މެންދުރުފަހު 2:00އެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީއޮފް އެޓޮލްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބުދުﷲ ޝާކިރެވެ. ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކެވީ ކޮމިއުނިޓީ ހެލްތު ސޕަރވައިޒަރ އަލްފާޟިލް އަހުމަދު ޒަކީ އެވެ. ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވުމުގެ ގޮތުން ޝަރަފްވެރިމެހެމާނު މަރުކަޒުގެ ނަންބޯޑް ކައްސަވާ ލެއްވުމަށް ފަހު ދިދަ ނަންގަވާ ދެއްވިއެވެ.

ޝަރަފްވެރި މެހެމާނުގެ ވާހަކާގައި ސަރުކާރުން ކޮށްދެއްވާ ކަންކަމަށް ރައްޔިތުން ޝުކުރުވެރިވާންޖެހޭނެކަމަށް ވިދާޅުވިއެވެ.އަދި އިތުރުޚިދުމަތް ލިބިގަތުމަށް ސަރުކާރުގައި އެދެން ޖެހޭނެކަމަށްވެސް ރައްޔިތުން ގާތުގައި ދެންނެވިއެވެ. އަހުމަދު ޒަކީގެ ވާހަކާގައި މިނިސްޓަރ އޮފް ހެލްތު އިލިޔާސް އިބްރާގހިމްގެ ފަރާތުން ރަށުގެ އެންމެހައި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ރައްދުކޮށްދެއްވިއެވެ.

ގާތްގަނޑަކަށް 617މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި ހުޅުވުނު ޞިއްޙީމަރުކަޒުގައި ޑރ އަކާއި ނަރުހެއްގެ އިތުރުން ޢާއިލާގެ އެހީތެރިއަކު ޚިދުމަތް ދެއްވަމުން ގެންދަވައެވެ.

Maldives Health Workers

މިނިވަންދުވަސްބަޔަކު ފާހަގަކުރިޔަސް ޞިއްޙީ ޚިދުމަތްތެރިންނަށް މިނިވަންކަމެއްނެތް!

July 27, 2008 · Filed Under Articles · 1 Comment 

ޞިއްޙީއެހީތެރިންނަކީ ކިތަންމެ އަގުހުރި ޚިދުމަތްތަކެއް ބަޔަކަށްދޭ ބައެއްކަމުގައިވިޔަސް މިދާއިރާގައި މަސައްކަތްކުރާ މީހުންނަކަށް ހަޤީގަތުގައި އެއްވެސް މިނިވަންކަމެއްނެތެވެ. މިދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ވަރަށްކުޑަ މުސާރައެއްދީފަ ނިކެމެތިހާލުގައި ސަރުކާރުން މިއަދާހަމަޔަށްވެސް ގެންގުޅެފައިވާ ބައެވެ. އަދި، ގިނަ ހެލްތްވޯކަރުންނަކީ އެމީހުންގެ އަބިދަރިންނާއި، މައިންބަފައިންނާއި، އަމިއްލަފަސްގަނޑު ދޫކޮށް އެހެންރަށްރަށުގައި އެއްވެސް މިނިވަންކަމެއްނެތި ވަރަށްހާލުގައި މަސައްކަތްކުރާބައެކެވެ. ކަންމިހެން އޮތްކަމުގައިވިޔަސް ހެލްތްވޯކަރުން އުޅެމުންގެންދާ ހާލު ސަރުކާރުން ބަލައިނުގަންނަތާ، ހެލްތްމިނިސްޓްރީންވެސް މިކަންތައްތައް ބަލައިނުގަންނަކަން މިއަދު، ވަރަށްހިތާމައާއެކު ފާހަގަކޮށްލަމެވެ. ހެލްތްވޯކަރުންގެ ގޮތުގައި މަސައްކަތްކުރަމުން ގެންދާ 200 ވަރަކަށް ހެލްތްވޯކަރުންގެ ތެރެއިން ވަރަށްމަދު ހެލްތްވޯކަރަކަށްނޫނީ އަމިއްލަ ފަސްގަނޑުގައި ހަމަޖެހިލައިގެން ހުރެވުމުގެ މިނިވަންކަމެއް ނުލިބެއެބެ. Read more

ޞިއްޙީޚިދުމަތްތެރިންގެ މުސާރަ ވީ އެންމެ އަވަކަށް ބޮޑުކޮށްދެއްވުމަށް ގޮވާލަން.

July 25, 2008 · Filed Under Articles · 3 Comments 

އެންމެމުހިއްމު އެއްދާއިރާގައި މަސައްކަތްކުރަމުންގެންދާ ހެލްތްވޯކަރުންނާއި، ނަރުހުންގެމުސާރައާއި، އިނާޔަތްތައްބޮޑުކޮށްދެއްވުމަށް ކަމާބެހޭފަރާތްތަކުގައި އާދޭސްތައްކުރަމުންގެންދާތާ އެތައް ދުވަހެއްވީ އިރުވެސް މިކަމަށް އަދި މިހާތަނަށް އެއްވެސް ހައްލެއްއައިސްފަކާނެތެވެ. މިއީ، ވަރަށްހިތާމަހުރި ކަމެކެވެ. މިކަމާވިއްދައިގެން މާދަމާވެސް ހެލްތްވޯކަރުންނާއި، ނަރުހުންގުޅިގެން ވަޒީފާއަށްނުނިކުތުމުން މިއަށްވުރެ ނުބައިބައެއްވެސް ނުތިބޭނެއެވެ. ނަމަވެސް އެބައެއްކުރާ މަސައްކަތުގެ ހައްގުހޯދުމަށް އެބަޔަކު މަސައްކަތްކުރުން އެއީ މިއަދު ނެތްކަމެއްނޫނެވެ. މީގެކުރިން ސަރުކާރު މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވަނީ ހިތުހުރިގޮތަކަށެވެ. އަޅުގަނޑުމެން މިހާލުގައި ބައިތިއްބާފަ ސަރުކާރުން، ސަރުކާރުން ބޭނުންވާބަޔަކަށް މުސާރަބޮޑުކޮށްދީ، އެމުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުންވެސް ދީފައިވަނީދެންތިބި އެހެންމީހުންނަށް އެއްވެސް ބަލާލުމެއް ނެތިއެވެ. އަދުގެ ސަރުކާރުން ކުރަން ބޭނުންވާ ކަމެއްކޮށްލަނީ އެއްވެސް ރަހުމެއް އިންސާފެއްނެތްގޮތެއްގައެވެ. މިހެންކަންތައްތައް ކުރުމުން ދެން، އެހެންމީހުން އެކަމާހިތްހަމަނުޖެހިގެން އަޑުއުފުލާ އެކިއެކި އެއްވުންތައްބޭއްވީމާ މިނުބައިވަނީ އެބަޔެކެވެ. އެކަމަކު ސަރުކާރުން ކޮއްފައިވާ މިހިރަ ކަންތައްތައްތައް އެބޭފުޅުން ހިތަކަށް ނާރައެވެ. މިއިންވެސް އެނގޭއެއްޗަކީ މިސަރުކާރުމިއޮތީ ފެއިލްވެފާކަމެވެ. Read more

ރާއްޖޭގެ ޕަބްލިކް ހެލްތަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ޓެލެކޮންފަރެންސެއް ބާއްވައިފި.

July 23, 2008 · Filed Under News · Comment 

ޞިއްޙީ އެހީތެރިންގެ ގުޅުމުގެ ފަރާތުން މި ވަގުތު ރާއްޖޭގެ ޕަބްލިކް ހެލްތް ދާއިރާގައި ހުރި ގޮނަޖެހުންތަކުގެ މައްޗަށާއި، ރާއްޖޭގައި ފެތުރެމުންދާ ރޯގާތައް ކޮންޓްރޯލުން ކުރުމުގައި ދިމާވެފައިވާ ހުރަސް ތަކުގެ މައްޗަށް އަލިއަޅުވާލައި މަސްވަރާކުރުމަށް 22 ޖުލައި 2008 ދުވަހުގެ ރޭ 21:00 ގައި ޓެލެކޮންފަރެންސެއް ބާއްވައިފިއެވެ. Read more

އިލިޔާސް ހެލްތް މިނިސްޓަރުކަމުން އިސްތިޢުފާ ދިނުން. މިއީ، ވަރަށް ރަގަޅުކަމެއް، ނަމަވެސް !

July 23, 2008 · Filed Under Articles · 7 Comments 

މިއީ އިލްޔާސް އިބުރާހީމަށް ކުރައްވަން ކެރިވަޑައިގަންނަވާނެ ކަމެއް ނޫނެވެ. އެހެނީ، އެމަނިކުފާނަކީ މިޒަމާނަށް ބަލާއިރު އެއްވެސް ތަޢުލީމެއް ހުރި މީހެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނު މިނިސްޓަރުކަން އެއަށްވުރެ ބޮޑަށް ބޭނުންވާނެއެވެ. އަދި، އެމަނިކުފާނުގެ ޅިޔަނުގެ ވެރިކަން ގެއްލިގެންގޮސްފިނަމަ އެއްކޮށް އެމަނިކުފާނު ބާކީވާނެކަންވެސް ހުދު އެމަނިކުފާނަށް ވަރަށް ރަގަޅަށް އެނގެއެވެ.

ވީއިރު މިނިސްޓަރުކަމުން އިސްތިއުފާދީފަ ދާނީ ކޮންތާކަށް ހެއްޔެވެ. ތިމާއަށް އެކަށީގެންނުވާ މަޤާމެއްދީފަ ހުރީވެސް ދައްތައަށްޓަކާ، އަދި، އެމަނިކުފާނުގެ އަގެއް މިހާރަކު މިގައުމަކުނެތެވެ. އެންމެކުޑަމިނުން އެމަނިކުފާނުގެ ވުޒާރާގައި މަސައްކަތްކުރާ މީހުންނަކީވެސް އެމަނުކުފާނުދެކެ އެހާމެ ރުޅިއަރައެވެ. އެމަނިކުފާނުގެ އެންމެގާތް ޤާސިމް އިބުރާހީމުވެސް މިހާރުވަނީ ސަރުކާރުން ވަކިވެވަޑައިގެންފައެވެ. ނަމަވެސް އިލިޔާސް ކުރާނީ ކީއްހެއްޔެވެ. އެއްކަމެއްވެސް ކުރާކަށް މިހާރަކު އިލިޔާސްއަކަށް ނުކެރޭނެކަން ކަށަވަރެވެ. Read more

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ލެބޯޓްރީއަކީ ޢާންމުނަށް ބަލި ފަތުރާ ތަނަކަށް ނަހަދަމާ

July 20, 2008 · Filed Under Articles · Comment 

ހޮސްޕިޓަލެއްގެ ލެބޯޓްރީއަކީ ހުރިހާ ވައްތަރެއްގެ ޖަރާސީމް އެތަނެއްގައި އެންމެ ގިނަވާ އެއްތަނެވެ. ޖަރާސީމަކީ ހަމަ ލޮލަށް ނުފެންނަ އެހެނަސް ގަދަފަދަ ބޮޑެތި އިންސާނުން ބަލިކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. ނަމަވެސް ޖަރާސީމާއި މެދު ޢާންމުންގެ ހޭލުންތެރިކަން ޖަރާސީމާއި ބެހޭ އިލްމު އުނގެނިފައި ތިބޭ މީހުންނާއި އެއްވަރެއް ނުވާނެއެވެ. ކަންމިހެން ހުރުމާއި އެކުވެސް އައިޖީއެމްއެޗްގެ ލެބޯޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ފަރާތުން ފެންނަނީ މިދެންނެވި ހޭލުންތެރިކަން ކުޑަމީހުންނާއި ދާދި އެއްފެންވަރެއްގެ ކަންތައްތަކެކެވެ. Read more

ޞިއްޙީ އެހީތެރިއެއްގެ ގަލަމުން

July 20, 2008 · Filed Under Articles · Comment 

މިއީ ޞިއްޙީ އެހީތެރިއެއް އެހެނިހެން ޞިއްޙީ އެހީތެރިންނަށް ފޮނުވާފައިވާ ސިޓީއެކެވެ: އަޅުގަނޑުގެ އަޚުންކަމުގައިވާ އަޅުގަނޑަކޭ އެއްފަދައިން ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ޞިއްޙީ އެހީތެރިންނަށް  ( އިތުރު ތަފްޞީލް)

Received on Jul 17, 2008 7:44 PM
Maldives Health Workers

ކުއްލި ޚަބަރު: ޞިއްޙީ އެހީތެރިންގެ ގުޅުމުގެ ފަރާތުން ޖަމިއްޔާއެއް ރަޖިސްޓްރީ ކުރުމާއި ބެހޭގޮތުން ޓެލެކޮންފްރެންސް އެއް ބާއްވައިފި

July 15, 2008 · Filed Under News · Comment 

ޞިއްޙީ އެހީތެރިންގެ ގުޅުމުގެ ފަރާތުން ޖަމިއްޔާއެއް އުފެއްދުމާއި ބެހޭގޮތުން ޓެލެކޮންފްރެންސް އެއް ބާއްވައިފިއެވެ. މި ޓެލެކޮންފްރެންސް ބޭއްވީ 15 ޖުލައި 2008 ވަނަ ދުވަހުގެ ރޭ 9:00 އިން 10:00 އަށެވެ.

މި ކޮންފްރްސްގައި މައިގަނޑު ގޮތެއްގައި ދެއްކެވުނު ވާހަކަތަކަކީ ހެލްތް ވޯކަރުންގެ ޖަމިއްޔާއެއް އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން ދެކެވުނު ވާހަކަ ތަކުގެ ތެރޭގައި މިހާރު ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ވަޅުޖެހިފައިވާތީވެ، އެކޮޅަށްޖެހުމުގެ މުހިންމުކަމާއި، މިކަންތައްތައް މިހެން ދިމާވި ގްރާސް ރޫޓަގައި މަސައްކަތް ކުރުމަށް ތަމްރީން ކުރި ފަރާތްތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރާތީވެ އާންމު ޞިއްޙަތު ކުރިއެރުމަށް މަސައްކަތް ނުކުރެވޭތިއެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުގައި އަބަދުވެސް ކޮންމެވެސް ރޯގާ ބަލިމަޑުކަމެއް އުޅެން ދިމާވަނީވެސް މިހެންވެ ކަމަށް މިކޮންފެރެންސްގައި ވާހަކަ ދެއްކުނެވެ. Read more

ހެލްތް ވޯކަރުންގެ ކުރިމަގު- ހަތަރު އަނގައޮޅިއެއްގެ ކަންމަތީގައި

July 15, 2008 · Filed Under Articles · Comment 

ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ޤާއިމު ކުރެވިފައިހުރި މަރުކަޒުތައް ހިންގުމުގައި މި އަދާއި ހަމައަށްވެސް އުޅުއްވަމުން ގެންގޮސްފައިވަނީ ހެލްތް ވޯކަރުންނޭ ކިޔާ ބައެކެވެ. މިއީ މި ކަމުގެ ހަޤީގަތް ވަރަށް މަދު ބަޔަކަށް ނޫނީ އެނގޭ ކަމެއްހެނެއް ހިޔެއް ނުވެއެވެ. (އިތުރު ތަފްޞީލް)

Next Page »