ކުއްލި ހަބަރު: ކުރީގެ ހެލްތް މިނިސްޓަރ މިހާރުގެ މިނިސްޓަރ އޮފް އެނާޖީ އެންވަޔަރަމަންޓް އެންޑް ވޯޓާ އަޙުމަދު ޢަބުދުﷲ އިސްތިއުފާ ދެއްވައިފި

August 31, 2008 · Filed Under News · 1 Comment 

މިނިސްޓަރ އޮފް އެނާޖީ އެންވަޔަރަމަންޓް އެންޑް ވޯޓާ އަޙުމަދު ޢަބުދުﷲ (ކުރީގެ ހެލްތް މިނިސްޓަރ) އިސްތިއުފާ ދެއްވައިފިއެވެ. އެބޭފުޅާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ޕޮލިސީ އާއި އަދި ޚިޔާލާއި ފިކުރާ ބައެއް ކަންކަމުގައި އެބޭފުޅާއަށް ޤަބޫލު ނުކުރެވޭތީއެވެ.

ހާލުގެ ދުލުން= ޑިޕާރޓްމަންޓް އޮފް މެޑިކަލްސާރވިސަސްގެ ބައެއްވެރިން ރިސްވަތު ބޭނުންކުރައްވަނީ

August 30, 2008 · Filed Under Articles · 3 Comments 

ޑިޕާރޓް މަންޓް އޮފް މެޑިކަލް ސާރވިސަސްގެ ވެރިންގެގޮތުގައި އެންމެއިސްކޮށް ޚަރަކާތްތެރިވާ ބައެއް ބޭފުޅުން ރިސްވަތު ބޭނުންކުރަމުންގެންދާ ކަމުގައ އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފާވެއެވެ. މިގޮތުން ރާއްޖެ ތެރޭގައި މަސައްކަތްކުރުމަށް ފޮނުވުމަށްގެންނަ ޑޮކްޓަރުންނާއި، އަދި، ބޭރުނަރުހުންގެ އިތުރުން ލެބޯޓަރީ ޓެކްނީޝަނުންގެ އަތުންވެސް ރިސްފަތު ހިފާކަމަށްވެއެވެ. މިއީ، ވަރަށްބޮޑުތެދު ހަޤީގަތެއްކަމަށް ބެލެވެއެވެ. އޭގެ އެންމެބޮޑު ހެއްކަކީ މިހާރަކަށްއައިސް ރާއްޖެތެރެއަށް ފޮނުވާ ބިދޭސީނަރުހުންނާއި، ހާއްސަކޮށް ޑޮކްޓަރުން ބަލިމީހުންގެ ކަންތައްތަކުގައި ފަރުވާކުޑަކަން ފާހަގަކުރެވެއެވެ. Read more

ޞިއްހީފަރުވާގެ ޚަރަދުތައް ހަމަޖައްސައި ދިނުމުގެ ގައުމީ ނިޒާމު ކުރިއަށް ގެނދާއިރު

August 26, 2008 · Filed Under Articles · Comment 

ސާޅިސް ރުފިޔާދޭންޖެހެނީ ކޮން ބޭސް ފިހާރައަކަށް ކަމެއް ނޭނގޭނެއެވެ. ސަބަބަކީ އެއް ފިހާރައަކުން ސިޓީގައި ހުރި ބޭސްތައް ނުލިބޭނެތީއެވެ. އަނެއް މައްސަލައަކީ

ބޭސްސިޓީގައި ހުރި ބޭސްތައް ހަމަވަނީ ތިން ފިހާރައިން ނަމަ ބަލިމީހާ އަށް ހޮސްޕިޓަލުން ކިތައް ބޭސްސިޓީ ދޭން ޖެހޭނެބާ..

ކުރީގެ ހެލްތް ވޯކަރެއްގެ ގަލަމުން: ކުރީގެ ހެލްތު މިނިސްޓަރ އަޙުމަދު ޢަބުދﷲ އާއި މެދު ދެކޭގޮތް

August 25, 2008 · Filed Under Articles · 1 Comment 

އަހުމަދު ޢަބުދުﷲ އަކީ މިނިސްޓަރ އޮފް ހެލްތްގެ މަގާމުގައި 11 ނޮވެމްބަރ 1993 އިން ފެށިގެން 13 ސެޕްޓެމްބަރު 2004 އަށް ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، ޞިއްޙީ ޚިދުމަތް ފުޅާކުރައްވައި ފެންވަރުމަތި ކުރެއްވުމާއި، އައިޖީއެމްއެޗް ގެ ޚިދުމަތްތައް ތަރައްޤީ ކުރުމާއި، އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތްތައް ފުޅާ ކުރައްވައި އަތޮޅު ހޮސްޕިޓަލު ތައާރަފް ކުރެއްވުމާއި، އިތުރު ސަރަހައްދުގައި ސަރަހައްދީ ހޮސްޕިޓަލް ހުޅުވުން ހިމެނެއެވެ. ޞިއްޙީ މަރުކަޒުނެތް ރައްރަށުގައި ޞިއްޙީ މަރުކަޒު ހައްދަވައި ޑޮކްޓަރުން ނެތް ރައްރަށައް ޑޮކްޓަރުން ފޮނުއްވުމަށާއި، ޞިއްޙީ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުކޮށް ޞިއްޙީ ރަގަޅު އާދަތައް އަށަގެންނެވުމަށް އިސްކަން ދެއްވިއެވެ. ޞިއްޙީ ޚިދުމަތަކީ އޯގާތެރި ޚިދުމަތަކަށް ހެއްދެވުމަށް ބާރު އެޅުއްވިއެވެ. Read more

ޑީ، އާރު، ޕީގެ ކެނޑިޑޭޓް މައުމޫނަށް ޞިއްޙީއެހީތެރިން ތާޢީދު ނުކުރުމަށް އަޅުގަނޑު ގޮވާލަން

August 20, 2008 · Filed Under Articles · 3 Comments 

ޑީ، އާރު، ޕީ، ގެ، ކެނޑިޑޭޓު މައުމޫނު ޢަބްދުލްޤައްޔޫމަށް ތާޢީދުނުކުރެއްވުމަށް ހުރިހާ ޞިއްޙީއެހީތެރިންނަށް އަޅުގަނޑު މިގޮވާލަނީ ވަރަށް އިހުލާސްތެރިކަމާ އެކުގައެވެ. އެހެނީ، ޞިއްޙީއެހީތެރިންގެ ހައްޤުތަކަށް މިހާރު ރައީސްކަމުގައި މިހުންނެވި އަދި، މިހާރު، ޑީ، އާރު، ޕީ އިން ރައީސްކަމަށް ކުރިމަތިލައްވާފައިވާ މައުމޫނު ޢަބްދުލްޤައްޔޫމު ރައީސްކަމުގައި މިހޭދަވި ތިރީސް އަހަރުދުވަހުގެތެރޭގައި އަޅުގަނޑުމެންނަށްކުރި އެއްވެސް ފައިދާއެއްނެތްތާ އަޅުގަނޑުމެންނަށް ވީ ބޮޑެތިގެއްލުންތަކާއި، އަނިޔާތައްކަމަށްވާތީއެވެ. Read more

މަރުހަބާ މަރުހަބާ އަދި، ޞިއްޙީ ޙިދުމަތްތެރިންގެ ފަރާތުން މުހައްމަދު ޝިހާބަށް ފަށްފަށުން ޝުކުރިއްޔާ

August 13, 2008 · Filed Under Articles · 4 Comments 

އިންސާނީ ޚިދުމަތުގައި މަސައްކަތްކުރަމުން ގެންދާ އެންމެހާ ޚިދުމަތްތެރިންގެ ފަރާތުން މާލޭގެ ޢިއްޒަތްތެރި މެމްބަރ އަލްފާޞިލް މުޙައްމަދު ޝިހާބަށް އައްސަރިބަހާ ސާބަސް ދަންނަވަމެވެ. މުހައްމަދު ޝިހާބުފަދަ ބޭފުޅަކު ތިޔަފަދަ މަޤާމަކަށް ހޮވިވަޑައިގަތުމުން އަޅުގަނޑުމެން ހަޤީގަތުގައި މަރުހަބާ މިކިޔަނީ ހަމައެކަނި ސަރުކާރާ އިދިކޮޅު ޕާރޓީއަކަށް އެމަނިކުފާނުން ނިސްބަތްވާތީ އެއްނޫންނެވެ. އަދި، ކުރީގެ ރައީސް ޒާހިރުއަށް މިވަރުގެ ކޮޅުކެއްސެއް ބައެއްގެފަރާތުން ލިބުނީމަކާވެސް ނޫނެވެ. Read more

ރާއްޖެތެރޭގައި ދެމުންގެންދާ ޞިއްޙީޚިދުމަތް ދުވަހެއް ދުވަހަކަށްދަނީ ދަށަށް ! = ރާއްޖެތެރޭގެ ރައްޔިތެއްގެ ސުޢޫރު

August 9, 2008 · Filed Under Articles · 1 Comment 

ރާއްޖެތެރެއަށް ސަރުކާރުން ޑޮކްޓަރުން ފޮނުވިކަމުގައިވިޔަސް މިމީހުންގެ ފަރާތުން ރައްޔިތުން ހިތްހަމަޖެހޭ ފެންވަރެއްގެ ޚިދުމަތްނުލިބޭކަމަށް ވަރަށްގިނަބަޔަކު ބުނަމުންގެންދެއެވެ. ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ދިއުމުން ބަލިމީހާއާދޭތެރޭގައި ކަންތައްތައްކުރަނީ ވަރަށް ފަރުވާކުޑަކޮށް ކަމަށްވެއެވެ. މިގޮތުން، ބަލިމީހާ ދައްކާ ވާހަކައަޑުއެހުމެއްނެތި ބަލިމީހާއަށް ބޭސްލިޔެދޭ ޑޮކްޓަރުން ވަރަށްގިނަކަމަށް ވެއެވެ. ބަލިމީހުން ދައްކާ ވާހަކަތަކަށް ބީރުކަންފަތެއްދީ، އެންމެކުޑަމިނުން މަދުމީހެއްގެގައިގާނޫނީ ކަށިގަނޑުވެސް ޖައްސާ ނުލާކަމަށްވެއެވެ. އަދި، މިތަންތާތިބޭ ޑޮކްޓަރުންނަށް ދެއްކުމަށްދިއުމުން އެންމެކުޑަމިނުން، އެމީހުން އަމިއްލައަށް ހުންބަލާނުލާތާ، ލޭވެސްބަލާނުލާކަށްވެއެވެ. ބަލިމީހުންބަލާ ކޮޓަރިއަށްވަނުމުން ވަރަށް ކަންފަސޭހަ ގޮތަކަށް ބަލިމީހާބަލާލުމަށްފަހު ބޭސްސިޓީލިޔެލަދީފަ މީހާ ކޮޓަރިން ބޭރުކޮށްލާ ކަމަށްވެއެވެ. އަދި، ޑޮކްޓަރުލިޔަންޖެހޭ ބޭސްސިޓީގައި ބޭސްލިޔަނީވެސް ޑޮކްޓަރ ތަރުޖަމާނުނޫނީ، ނަރުހެއްކަމަށްވެއެވެ. Read more

އާ ޤާނޫނުއަސާސީއާމެދު ޞިއްޙީ ޚިދުމަތްތެރިޔަކު ދެކޭގޮތް

August 7, 2008 · Filed Under Articles · 2 Comments 

އާ ގާނޫނޫއަސާސީ ތަސްދީގުވުމުން ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުވެސް އުފާކުރަމެވެ. ނަމަވެސް ހިތުގައި އުފެދޭސުވާލަކީ މިކަންމިހާރުމިއޮތް ސަރުކާރަށްވާނެބާވައެވެ، އެހެނީ، ކުރިންވެސް ޤާނޫނުތަކާއި ޤަވާޢިދުތައް ހަދާފަހުއްޓެވެ. ނަމަވެސް މިކަމުގެފައިދާ މިވޭތިވެގެންދިޔަ ދުވަސްތަކުގައި ކޮށްފައިވަނީ ވަރަށްމަދުބަޔަކަށެވެ. މީގެބަދަލުގައި ގިނަބަޔަކަށް ލިބެފައިވަނީ ތަފާތުއެކިވަރުގެ އަނިޔާތަކެވެ. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި އާ ޤާނޫނުގެ އަސާސީގެދަށުންވެސް ވަކިބަޔަކަށް ފައިދާތަކެއްކޮށް ފާނެއެވެ. ނަމަވެސް މިނޫން، އެހެން، ސަރުކާރެއް އަތުވެއްޖެނަމަ މިޤާނޫނުގެދަށުން ގިނަބަޔަކަށް ފައިދާތަކެއް ވެދާނެއެވެ. އަދި، މިސަރުކާރުމިގޮތަށް ދެމިއޮވެއްޖެނަމަ މިކަންވެގެންދާނީ ފޫނެތްފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. Read more

ހެލްތުވޯކަރުން ކުރިއަށް ދިއުމަށް ހުރަސް އެޅެނީ ކީއްވެބާ؟

August 4, 2008 · Filed Under Articles · Comment 

ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ގިނަހެލްތުވޯކަރުންނަކީ އެދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ބައެކެވެ.އެކަން މިހާރަކަށް އައިސް އަޅުގަނޑުމެން އެންމެންނަށްވެސް އެނގެން އެބަހުއްޓެވެ.އެމީހުންގެ އަމިއްލަ މަސައްކަތުން ބޭރުގައުމުތަކުން ޕްލޭސްމަންޓް ހޯދައިގެން ތިބި ކިތައްމެ ހެލްތުވޯކަރުނެއް މިހާރު ރާއްޖޭގައި ތިބިކަން ފާހަގަކުރެވެއެވެ.އަދި އެފަރާތް ތަކަށް ކިޔަވަން ނުދެވި ތިބީ ހެލްތުމިނިސްޓްރީގެ ފިއްތުން ބޮޑުކަމުންނެވެ.މިއީ ހަމަ ތެދެކެވެ.ޑރ ޢަޒީއަށް މިކަން ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. ހެލްތުވޯކަރުންނަށް އެފުރުޞަތުތައް ލިބި ދިނުމަށް ހުރަސްއަޅާ ހަމަ އެކަނި މީހަކީ ޑރ ޢަޒީކަމަށް ވީތީއެވެ. ޑރ ޢަޒީ ހެލްތުވޯކަރުންދެކެ އެހާ ނަފްރަތު ކުރަނީ ކީއްވެބާ؟/ ގިނަ ހެލްތުވޯކަރުންތަކެއް މިހާރުވެސް އެމް ބީ ބީ އެސް ހެދުމަށް ޓަކާ  އެމީހުން އަމިއްލައަށް ޕްލޭޝްމަންޓް ހޯދުމަށްފަހު ޕޭލީވުހޯދުމަށް ހުށައެޅުމުން ޑރ ޢަޒީ އެކަމަށް ދެކޮޅުހެއްދެވީއެވެ. Read more

މިހާރުންމިހާރައްވެސް ޞިއްޙީދާއިރާގައި ރަނގަޅު ކުރަންޖެހިފައިވާ ބޮޑެތިބައެއް ކަންތައްތައް!

August 1, 2008 · Filed Under Articles · 3 Comments 

ސިވިލްސާރވިސްކޮމިސަރުގެ ރައީސް ޑޮކްޓަރ މުހައްމަދުލަތީފު، ހިޔުމަންރައިޓްސްގެ ރައީސް، ރައްޔިތުންގެމަޖިލިސްގެ ޢިއްޒަތްތެރި މެމްބަރުން، އޯޑިޓްއޮފީހުގެވެރިޔާ، އެންޓިކޮރަޕްޝަންބޯޑުގެވެރިޔާ އަދި، ފިނޭންސްމިނިސްޓަރަށް.

ވެދުންސަލާމްއަށްފަހު ދަންނަވަމެވެ.

ޞިއްޙީދާއިރާގައި ހުރި މިދަންނަވާކަންތައްތައް މިހާރުން މިހާރައްވެސް ހައްލަކަށް ގެނަސްދެއްވުން ވަރަށްބޮޑަށް އެދެމެވެ.

- މިދާއިރާއަށް މީހުންލެއްވުމުގަޔާއި، އަދި، ތަންތައްތައް ކުއްޔަށްހިފުމުގައި މިހާރުމިގެންގުޅެމުންގެންދާ އުސޫލު ވަރަށްއަވަހަށް އެބަބަދަލު ކުރަންޖެހެއެވެ، އެހެނީ، މިހާރު މިކަމަށްހޮވާފައިއޮންނަ ޕެނަލުގައި މިތިބެނީ، މިދާއިރާ ހިންގުމާއި ހަވާލުވެހުނަވާ ވެރިޔަކާއި، ރަށުއޮފީސްހިންގުމާއި، ހަވާލުވެގެންހުންނަވާ ކަތީބުއާއި، އަދި، ރަށުއޮފީސް ހިންގެވުމާއި ހަވާލުހުންނަވާކަތީބު ބޭނުންފުޅުވެލައްވާ ރކ، ކޮމެޓީގެ މެމްބަރެ ކެވެ. މިގޮތަށްމިކަންއޮތުމުން ސަރުކާރުގެ ބާރާއިނުފޫޒު ވަރަށްބޮޑަށް މިކަމުގައި ބޭނުންކުރެއެވެ. Read more