މައުމޫނުއަށް ވޯޓުހޯދުމަށް މަސައްކަތްކުރުމަށް ޞިއްޙީދާއިރާތައް ހިންގަންތިބި ވެރިންނަށް ހެލްތް މިނިސްޓްރީން މަޖުބޫރުކުރުވަންފަށައިފި
ހެލްތްމިނިސްޓަރ އިލިޔާސްއިބުރާހީމު ރާއްޖެތެރެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޅިޔަނު، މައުމޫނަށް ވޯޓުހޯދުމަށް މަސައްކަތްކުރެއްވުމަށް ޞިއްހީހިދުމަތްދޭތަންތައް ހިންގުމާއިހަވާލުވެތިބި ވެރިންނަށް މަޖުބޫރު ކުރަމުން އެބަގެންދާ ކަމަށްވެއެވެ. އަދި، މިކަމާއިދިކޮޅުހެން ހީވާމީހުން އެތަނަކުން ފޮނުވާލާހެދުމާއި، އަދި، ބައެއް ހެލްތްވޯކަރުންއަތުން ހިންގުން ނެގުމަށްފަހު ސެކްރެޓަރީންނާއި، އެސިސްޓެންޓް ސެކްރެޓަރީންނާއި ބައެއް ތަންތައް ހަވާލުކުރަމުން އެބަގެންދާ ކަމަށްވެސްވެއެވެ. Read more
ވާދޫ ޞިއްޙީ މަރުކަޒުގެ ވަށާ ފާރު ރޭނުން – އަޑި ނޭގޭ ކަންތައްގަނޑެއް
ޞިއްޙީ ދާއިރާއިން ކޮރަޕްޝަން ނައްތާލެވޭނީ ޑީއެމް އެސް ނަމޫނާ ވެގެން
މިއީ 6”6” ތަނބު އެޅުމަށް ފަހު ރޭނުމަށް އެގްރީމަންޓް ކޮށްފައިވާ ތަނެއް.

ފާރު ރާނާ ސިމެންތި ޖެހުމަށް ފަހު އާ ވައްތަރެއްގެ ތަނބު ތަކެއް ދައްކާލަނީ.
ހިތާމައަކީ މިކަންތައްތައް ބަލާނެ ފަރާތެއް ނެތް
Received on Wed, Sep 24, 2008 at 9:44 PM Send articles, photos, news and other documents to info@dhihealthworkers.net OR dhihealthworkers@gmail.com Maldives Health Workers
ޞިއްޚީދާއިރާގައި މަސައްކަތްކުރައްވާ އެއްވެސްމީހަކު މިފަހަރު މިކަމުގެތެރެއަށް ނަމަނަމަ ނުވަންނާތި!
އަންނަ މަހު މިރާއްޖޭގައި ރައީސަކުހޮވުމަށްޓަކައި ވޯޓުލުންއޮންނަ ދުވަހު ދާއިރާބެލެހެއްޓުމައްޓަކައި އަތޮޅުތަކުގެ އަތޮޅުވެރިން އަޑީގައިތިބެވެން، ރަށްރަށުގެ ރަށުއޮފީސްތައް ހިންގުން މިދުވަސްވަރު، ހަވާލުކޮށްފައިވާ ރަށްރަށުގެ ވެރިންގެ ގޮތުގައިތިބި… ންނާއި، ޑީ، އާރު، ޕީގައި، އިސްކޮށް ޚަރަކާތްތެރިވާ މީހުންގެ މަސްވަރާގެމަތިން އެދުވަހު ވޯޓުލަމުންގެންދާއިރު ދާއިރާ ބެލެހެއް ޓުމައްޓަކާ ރާއްޖެތެރޭގައިހުރި ސަރުކާރުގެއެކި އޮފީސްތަކުން އެބައިމީހުންނަށް ފެންނަ މުވައްޒަފުން ނަގަމުންދާ ކަމުގެ މައުލޫމާތު ވަނީލިބިފައެވެ. Read more
ހެލްތު ވޯކަރުންގެ ސަމާލުކަމަށް
ރާއްޖެއަށް މިއައި ޑިމޮކްރަސީގެ ސަބަބުން މިހާރު މިވަނީ ސިއްޙީދާއިރާވެސް ހިންގުމުގައި އުނދަގޫތަކެއް ކުރިމަތިވެފައެވެ. ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ އަދި ތިބޭފުޅުންގެ ވިސްނުމަށް ގެންނަން ބޭނުންވަނީ ތަންތަން ހިންގުމަށް މިހާރު ރައްޔިތުން ބޭނުންވާނީ އެކްސްޓުރާ އޯޑިނަރީ މީހުން ނުވަތަ ސްޕަމޭން ނޫނީ ސްޕަރވުމަން ފަދަ މީހުންނެވެ. ރައްޔިތުން ޑިމާންޑްތައް ފުރިހަމަ ކުރުމަށް މިފަދަ މީހުންނަށް ވާން ޖެހެއެވެ. ނަމަވެސް ވިސްނާލަންވީ ތަންކޮޅަކީ މިފަދަމީހުންނަށް އަހަރެމެން ނުވާކަމެވެ. ވުމާއިއެކު އަޅުގަނޑުގެ ނަސޭޙަތަކީ ކުރީގަވެސް ހެލްތުވޯކަރުން މަސައްކަތް ކުރިގޮތަށް ރައްޔިތުންގެ ޓެންޝަން އެއްކިބާކޮށްފައި މަސައްކަތް ކުރިޔަށް ގެންދިއުމެވެ.ﷲ ފިޔަވައި އަހަރުމެން ކުރާ ބުރަމަސައްކަތް ދެނެވޮޑިގެންވާ އިތުރުފަރާތެއް ނުވެއެވެ. ރައީސް އޮފީހަކަށްވެސް ތި ކޮންބައެއްކަން ނޭގޭ ހާލު މިނިސްޓްރީގެ ވެރިންގެ އިރުޝާދެއްވެސް މިހާރަކު ނުލިބޭނެއެވެ. ލަންކާއިން ގެންނަ ޕަބްލިކްހެލްތު އިންސްޕެކްޓަރުން (ރާއްޖޭގެ ހެލްތުވޯކަރުންނާއި އެއްފެންވަރަކަށް ކިޔަވާފައިނުވާ) ގެނެސް ރާއްޛޭގެ ސިއްޙީ ދާއިރާ ހަލާކު ކުރަންދެން މަޑުން ތިބުން މުޙިއްމުކަން ބޮޑެވެ. ސަބަބަކީ މިހާރުވެސް އަޅުގަނޑުމެންގެ އަޑުއަހާ ބަޔަކު ނެތްކަމެވެ. 30އަހަރުތެރޭ ހެލްތުވޯކަރުންނަކީ ކޮބައިކަން ރައީސަކަށް ނޭގުނު އިރު ދެންއަންނަވެރިޔަކަށް މީ ކޮންބައެއްކަމާއި ރާއްޖޭގެ ސިއްޙީދާއިރާގެ ބިންގަލާއިއެކު ވާ އެއް ތަނބުކަން ދެނެގަތުމަށް 60 އަހަރުވެސް ނަގާފާނެއެވެ. ނަމަވެސ މީގެ ކުރިން މިޙާރު ވިވަނީ ކަޅުވިލާތަކުން ފުރިފައިވާ ކުރިމަގުނެތް ރާސްތާއެކެވެ.ޑޮކްޓަރ ރާޒީ ފިޔަވައި މީ ބޭނުންތެރި ބައެއްކަމަށް ދެކޭ މީހަކު ނޫޅޭނެއެވެ.އެބޭފުޅާއަށް ހެޔޮދުޢާ ކުރާށެވެ.އިރާގު ހަލާކުކުރީ ހަމަ އިރާގު މީހުންނެވެ. އަހަރެމެންގެ ތެރެއިން މަތީ މަގާމްތައްލިބުނު މީހުންނަކީ އަހަރެމެންގެ ހަލާކުކަން ދަންނާށެވެ.ދ
ސިވިލްސާވިސް މިހާރު އުވުނީބާ؟
މިހެންމިދަންނަވަންޖެހުނީ މިހާރަކައްއައިސް ސިވިލްސާވިސްގައިހިމެނޭ ސިވިލްސާވެންޓުން ސިވިލްސާވިސްއިން މުޅިން މަނާކުރާކަމެއް މިހާރުވަނީ ޢާއްމުވެގެންގޮސްފައެވެ. މިކަން މިހާރު އަނެއްކާ ހުއްދަވީބާއޭ ހިތަށް އަރައެވެ. އެހެނީ، މިހާރަކަށްއައިސް ސިޔާސީ ޚަރަކާތްތަކުގައި ވަރަށްގިނައިން ސިވިލްސާވެންޓުން ބައިވަރުވެގެން ވަރަށް ފޯރިއަރުވަމުން ކެމްޕެއިންކުރަމުން އެބަގެންދެއެވެ. ނަމަވެސް މިކަން، އެންމެބޮޑީ ރާއްޖެތެރޭގައެވެ. އަދި، މިކަމުގައި އެންމެ ލަދުހަޔާންކުޑަކޮށް އުޅެމުންގެންދާތަން އަޅުގަނޑަށް ފެންނަނީ ޑީ، އާރު، ޕީއޭ މިކިޔާޕާޓީގެ ކެނޑި ޑޭޓް މައުމޫނަށް ކެމްޕެއިންކުރަމުންގެނދާ މީހުންނެވެ. Read more
މާފިލާފުށީ ޞިއްޙީމަރުކަޒުގެ ބިއްލޫރިތަށް ބިމާހަމަކޮށްފި .!
ޅ. މާފިލާފުށީ ޞިއްޙީމަރުކަޒުގެ ހުރިހާ ދޮރެއްގެ ބިއްލޫރިތަށް އެރަށުގެމީހަކު ތަޅާލައިފިއެވެ. މިކަންހިނގަން ދިމާވިސަބަބެއްކަމަށް މައުލޫމާތު ލިބިފައިވަނީ އެރަށުގައި އުޅޭ ފިޓްޖެހޭ ބަލިކުއްޖަކު އެބުނާރެއެއްގައި ފިޓްޖެހިގެން މަރުކަޒަށްދިޔައިރު އެތަންތަޅުލާފައިހުރުމާއި،. އަދި، އެތަނުގައި އެއްވެސްމީހަކު އެވަގުތު ނެތި ގެންކަމަށްވެއެވެ. އަދި، އެކުއްޖާއަށް ޚިދުމަތްދެވޭނެ އެއްވެސްގޮތެއްނެތިގެން އެކުއްޖާ ހޮސްޕިޓަލަށް އާޖެންޓްކޮށް ގެންދަން ބޭނުން ވެގެން ހޮސްޕިޓަލުގެ ލޯންޗުފޮނުވާދިނުމަށް ދެންނެވުމުން ވެސް އަޅާނުލީމާކަމަށް ވެއެވެ. Read more
ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފަކު ސިވިލްސާރވިސް ކޮމިޝަންއަށް ފޮނުވާފައިވާ ސިޓީއެއް
“އައިޖީއެމްއެޗްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރައާއި އެލަވަންސް ދިނުމުގައި ބޮޑުތަފާތެއް ހުރުމުގެ ސަބަބުން 2002 ވަނަ އަހަރުން ފެށިގެން އެކަމަށް ހައްލެއް ގެނެވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ” (އިތުރު ތަފްޞީލް)
ނަރުހުންނާއި ޕެރަމެޑިކުންގެ މުސާރަ ބޮޑުކޮށްފި
އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމަޑިކުންގެ މުސާރަ މިހިގާމަހުގެ އެއްވަނު ދުވަހުންފެށިގެން ބޮޑުކޮށްފިއެވެ.
ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ މަޤާމުތައް ހަމަޖައްސަމުން އަންނަނީ އެއްއޮނިގަނޑެއްގެ ދަށުން ކަމުގައިވެފައި، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނާއި ޑީއެމްއެސްގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދުމަތް ގާއިމު ކުރެވިފައިވާ ހޮސްޕިޓަލްތަކާއި، ޞިއްޙީމަރުކަޒުތަކާއި، ހެލްތް ޕޯސްޓްތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ އަސާސީ މުސާރަ 1 ސެޕްޓެމްބަރު 2008 ވަނަ ދުވަހުން ފެށިގެން ވަނީ އެއްގޮތް ކުރެވިފައިކަމަށް ޑީއެމްއެސްގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނަރަލް ޢަބްދުލް ޞަމަދު ޢަބުދުލް ރަހުމާނު ސޮއިކޮށް އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓާތަކަށް ފޮނުވާފައިވާ ނަންނަބަރު: 2655/2008/ޑީއެމްއެސް/ޕީސީ-183 (14 ސެޕްޓެމްބަރ 2008) މެސެޖްގައި ބަޔާން ކުރައްވާފައިވެއެވެ.
މީގެ ކުރިން އަތޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނަށް ދެއްވަމުން ގެންދެވި މުސާރައަކީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުން ދެއްވަމުން ގެންދެވި މުސާރައަށް ވުރެ ކުޑަ މުސާރައެވެ. އެހެންކަމުން ސަރުކާރުން މިކޮށްދެއްވީ ވަރަށް ރަގަޅުކަމެއްކަމުގައި މިމުވައްޒަފުން އެބަދެކެއެވެ.
ޅ، އަތޮޅު ހޮސްޕިޓަލު ލޯންޗަކީ އަބިގޮއްޔެ ގޮވައިގެން ފިނިބުރުޖަހަން އޮތްއެއްޗެއްތަ؟
ބަލިމީހުންގެ ފަސޭހަޔަކަށޭކިޔައިގެން ސަރުކާރުން ހޮސްޕިޓަލުތަކަށް ފޮނުވާފައިވާ ލޯންޗެއްގައި ފޫކޮޅު ޖައްސާ ލުމަކީ ދެރަފަގީރަކަށް ކީއްތޯ މެދުފަންތީގެ މީހަކައްވެސް ކުޅަދާނަކަމަކަށް ނުވާނެއެވެ. އެހެނީ، ލޯންޗު ތަކުންކުރާ ދަތުރުގެ ތެލަށް ފައިސާގެނުމުގެ އިތުރުން ލޯންޗްގެ ކޮންމެފަޅުވެރިޔަކަށް ދުވަހަކަށް 300 ރުފިޔާ ލޯންޗު ކުއްޔަށް ހިފާ މީހާގެ އަތުން އަތުލުމުގެ އިތުރުން އަދި، ބައެއްހޮސްޕިޓަލުތައް ހިންގަންތިބޭވެރިންވެސް ނާއިޒު ފައިދާތައް އެކިގޮތްގޮތުން ނަގަމުން ގެންދާކަން ފާހަގަކުރެވެއެވެ. އަދި، މިގޮތަށް އެންމެބޮޑަށް މިކަމުގެ ފައިދާނަގާ މީހަކީ ޅ، އަތޮޅު ހޮސްޕިޓަލު ހިންގުމާއިހަވާލުހުރި މޭފުއްޕާ މެނޭޖަރުކަން ނައިފަރުގެ އެންމެންނައްވެސް އެނގެއެވެ. Read more
ހެލްތު މިނިސްޓްރީގެ ޢަލީ ޢާރިފް ގެ ޚަގީގަތެއް ނޭނގޭނެ
މިހާރަކަށް އައިސް ޢާރިފަކީ ގަވާޢިދާ ޚީލާފަށް މަސައްކަތް ކުރަމުން އަންނަ ފަރާތެއްކަން ވަނީ ފާހާހަގަ ކުރެވިފއެވެ.ހެލްތު މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާ މަސައްކަތްތައް ހިނގާނުހިނގާގޮތް އެއްވެސް ވަރަކަށް ނުބައްލްވާ ކަން ސާބިތުވާން އެބަހުއްޓެވެ. މިހެން ވަނީ ކޮންޓެކްޓަރުންނަށް އެމީހުން ބޭނުންވާ ގޮތަކަށް މަސައްކަތްތައް ހިލާލުމަށް ޢާރިފު އެފަރާތްތަކަށް ހުއްދަދެއްވާފައި ވާތީއެވެ.އެހެން ކަމުން ކޮންޓެކްޓަރުން އެމަސައްކަތް ނިންމުމަށްފަހު އެމަރުކަޒަކަށް އިންސްޕެކްޓް ކުރައްވަން އަންގަވާފައި އެމަސައްކަތް ރަނގަޅުނޫން ކަމަށް އެންގުމުންވެސް ،ޢާރިފު އެކަން ގަބޫލެއް ނުކުރައްވައެވެ.މީގެ ސަބަބަކީ ކޮންޓެކްޓަރުން ޢާރިފުއަށް ވަރަށްބޮޑު ދޭތީކަމަށް ގަބޫޅުކުރެވެއެވެ.
އަތޮޅުތަކުގައި ކުރެވެމުންދާ ތަފާތު ގިނަ މަސައްކަތް ތަކަކީ މިނިސްޓްރީ އޮފް ހެލްތުން ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވާ ކަންކަމަށް ވުމާއިއެކު އެމަސައްކަތްތައް ބަލާ ސްޕަރ ވައިސް ކުރުމަށް އެއްވެސް މަރުކަޒަކާ ހަވާލުނުކުރައްވައެވެ.އެހެންކަމުން ކޮންޓްރެކްޓަށް ހީވެފައި އޮންނަނީ އެމަސައްކަތް ބަލަން އަންނަން ޖެހޭނީ ޢަލީޢާރިފް ކަމަށެވެ.
ރިސްވަތު ހިފިއަސް މިއީ ބޮޑުވަރެއް އެހެންނޫންތޯ.؟ ތިމާމެންނަށް ފައިދާ އެއްނުކުރާ ކަންތައްތައް ހޮސްޕިޓަލްތަކާއި ޒިންމާކުރުވުމުގެ



