އައު ހެލްތްމިނިސްޓަރ ޑޮކްޓަރ، އާންތު އަށް ކުރުނީސްކޮށް، ފޮނުވާ އިހުލާސްތެރި ސިޓީ !

November 22, 2008 · Filed Under Articles · 2 Comments 

އަނިޔާވެރި ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެތައްބައެއްގެ ލޮލުން ކަރުނަތައް ގެނުވި ހައްގު ރައީސް މިގައުމުގެ ހިތްތިރި ރައީސް އަންނިގެ ހެލްތް މިނިސްޓަރ ކަމުގެ ތަހުތުގައި އިންނެވި ޑޮކްޓަރ އައިންތުއަށް
ވެދުން ސަލާމަށްފަހު ނުހަނު ތޯޢަތާއެކު ދަންނަވަމެވެ. Read more

ހިންނަވަރު ހެލްތްސެންޓަރުގައި މަސައްކަތްކުރެއްވުމަށް ފޮނުއްވި އަންހެނުންގެ ހާއްސަ ޑޮކްޓަރު ބަލިމީހުން ބައްލަވަމުން ގެންދަވަނީ ވިއްސާކޮޓަރީގައި!

November 21, 2008 · Filed Under Articles · 2 Comments 

ހިންނަވަރު ޞިއްޙީމަރުކަޒުގައި މަސައްކަތްކުރެއްވުމަށް 13 ނޮވެމްބަރ 2008 ވަނަދުވަހު ފޮނުއްވި އަންހެނުންގެ ހާއްޑޮކްޓަރ އެތަނުގައި ޖާގައިގެދަތިކަން ހުރިގޮތުންނާއި، އަދި އެހެން ހަމައެއްވެސް ގޮތެއްނެތިގެން މީނާ މަސައްކަތް ކުރަމުންގެންދަނީ އެމަރުކަޒުގެ ވިއްސާކޮޓަރިއަށް މޭޒުގަނޑެއްވައްދައިގެން އެތަނުގެތެރޭގައި އިނދެގެން ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފާވެއެވެ. Read more

ޞިއްހީމަރުކަޒުތަކަށް އިތުރުކުރަންވީ ބޭކާރު މުވައްޒަފުންތަކެއްނޫން. އިތުރުކުރަންވީ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ޓްރޭނިންގ ނަރުހުން.!!!!! އޭރުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިގަންނާނީ.

November 19, 2008 · Filed Under Articles · Comment 

ފިއްލަވައިގެންތިބެ ރާއްޖެތެރޭގައި ހުރި އެޑިޔުކޭސަންގެ ދާއިރާތަކަށް ނުގަވާއިދުން މަގާމުތައް ހަމަޖައްސަމުން ގެންދަވާހެން އާބާދީބޮޑެތި ރަށްރަށުގައިހުރި ހެލްތް ސެންޓަރުތަކަށް ހެލްތް އޮގްޒިލިއަރީން ވެއްދުން ވަގުތުން ހުއްޓާލުމަށް ސިވިލް ސާވިސްކޮމިސަނަށް އަޅުގަނޑު މިގޮވާލަނީ ވަރަށްވެސް ހަރުކަށި ޢިބާރާތުންނެވެ. މިބީދައިން އަޅުގަނޑު މިގޮވާލީ ސަރުކާރުގެ އޮފީސްތަކަށް ސިވިލްސާވެންޓުން ވައްދާކަމަށްވާނަމަ އެކަމެއްކުރުމުގެކުރިން ވަރަށްބޮޑެތި ސާރވޭތަކެއްކޮށް ވަރަށް ރަނގަޅަށް ބައްލަވަން ޖެހޭނެކަމަށް އަޅުގަނޑު ދެކޭތީއެވެ. Read more

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހާލަތް

November 12, 2008 · Filed Under Articles · Comments Off 

އަޅުގަނޑު މީގެ ހަތަރުމަސް ދުވަސް ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ކުރި ރަސްމީ ދަތުރެއްގައި އެތަނުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ހާލަތް ހުރިގޮތް ފެނުމުން އެތަނުން ފެނުނު މަދުކަމެއް ތިޔަ ކިޔުން ތެރިންނަށް ހިއްސާކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެކެވެ.

އާދެ! ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓްގެ ބޮޑުމިނަކީ ގާތްގަނޑަކަށް، ފުޅާމިނުގައި 18 ފޫޓް އަދި ދިގުމިނުގައި 18 ފޫޓް އެވެ. އެވަގުތު އެތަނުގައި 6 ހެލްތް ވޯކަރުންނާއި 5 ފެމިލީ ހެލްތް ވޯކަރުން އަދި ފޫޅުމައިން މަސައްކަތް ކުރެއެވެ. ނަމަވެސް އެތަނުގައި ހުންނަނީ 7 މޭޒާއި ގޮޑިއެވެ. Read more

މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީގެ ޕާމަނަންޓް ސެކްޓްރީންނަށް މަރުހަބާ

November 12, 2008 · Filed Under Uncategorized · 1 Comment 

މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީގެ ޕާމަނަންޓް ސެކްޓްރީންކަމަށް ހޮވުނު ޑރ. ސީނާ މޫސާ އާއި އަލްފާޞިލާ މަޒީނާ ޖަމީލަށް ދިވެހި ހެލްތް ވޯކަރުންގެ ނަމުގައި ތަހުނިޔާ އާއި މުބާރިކް ބާދީ ދަންނަވަމެވެ. އަޅުގަނޑުމެންގެ އެދުމަކީ ޞިއްޙީ ދާއިރާގައި މިއަދައްވުރެ ފެހި މާދަމާއެއް މެދުވެރިވުމެވެ.

ޕަބްލިކް ހެލްތް ރާއްޖެއިން ނެތިގެން ދިޔުމުގެ ބިރުހީވެފައި

November 11, 2008 · Filed Under Articles · Comment 

މި ލިޔުން ލިޔަން އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ލިޔުމަކީ ކުރަން އެނގޭ ކަމަކަށް ނުވާތީވެ ފަސްޖެހެވިފައި ވަނީއެވެ. ދިވެހިންނަށް މިއަދު މިވަނީ ގައުމުގެ ވެރިކަމުގައި ހިމެނޭ ތިންބާރު ވަކިކުރެވިފައެވެ. އާދެ ބަޔަކު ބުނިގޮތުގައި 2003 ވަނަ އަހަރު ޖަލުގައި ހިނގާދިޔަ މަރުގެ ޚާދިޘާއާއި ގުޅިގެން އުފެދިގެން ދިޔަ ނުތަނަވަސްކަމުގެތެރޭގައި ދިވެހި ވެއްޓަށް އައި ބަދަލުތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމެއްކަމަށެވެ. މިދެންނެވީ މިނިވަން ބަޚުޘްތަކާއި، ޒާތްޒާތުގެ އެއްވުންތަކާއި، މަދަނީ ބަސްނޭހުމާއި، ސިޔާސީ ޕާޓީތަކާއި އިންތިހާބުތައް، އިސްލާޚްކުރެވުނު އައު ޤާނޫނު އަސާސީގެ ވާހަކައެވެ. މަދަނީ ޚިދުމަތުގެ ޤާނޫނާއި ވަޒީފާއާއި ބެހޭ ޤާނޫގެވެސް ވާހަކައެވެ. އަދި ހަމައެހެންމެ ވަތަން އެދޭ ބަދަލުގެ ވާހަކަވެސްމެއެވެ.

އާރޓިކަލް ވިދާޅުވެލައްވާ

ސަރުކާރު ބަދަލުވެ ކަންތައްތައް އިސްލާޙް ކުރެވުނު ކަމަށް ވާނީ ޙައްގުތައް ގެއްލިފައިވާ މީހުންނަށް އޭގެ ބަދަލު ދިނުމާއެކު ޙައްޤު ނޫން އިނާޔަތްތައް ލިބިދީފައިވާ މީހުންނަށް ޙައްޤުވާ މިންވަރަށް ޢިނާޔަތްތައް ތިރިކޮށްގެން.

November 8, 2008 · Filed Under Articles · 3 Comments 

މައުމޫންގެ ޚުދުމުޚުތާރު ސަރުކާރުގައި ވަރަށް ގިނަބަޔަކަށް ވަނީ ޙައްޤު ނޫން އިނާޔަތާއި، މަންފާ އަދި ހައްޤުނޫން ބޮޑެތި އަނިޔާ އާއި ގެއްލުން ދިވެހި ރައްޔިތުންނަށް ދީފައެވެ. މިއީ މިއަދު ދިވެހި ކޮންމެ ދަރިއަކުވެސް ދެބަސްވާނެ ކަމެއް ނޫނެނެވެ. މައުމޫނުގެ ޢާއިލީ ވެރިކަން ރަސްކަމެއްހެން ދެމެހެއްޓުމަށްޓަކައި ވާގިދޭ ކޮންމެމީހަކަށް އަދާކުރަން ނުޖެހޭ ބޮޑެތި ލޯނުތަކާއި ކުފޫ ހަމަނުވާ މަޤާމްތައް ވަނީ ހަދީޔާ ކުރެވިފައެވެ. ހަމަ މިއާ އެއްގޮތަށް މައުމޫނުގެ ޚުދުމުޚުތާރު ސިޔާސަތުތަކަށް ތާއީދު ނުކުރާ ކޮންމެ މީހަކަށް ވަނީ ދަތި ތަކާ ކުރިމަތިކޮށް އަދި ވަޒީފާގައި ކިތަންމެ ރަނގަޅަކަށް މަސައްކަތް ކުރިއަސް ކުރިއެރުމެއް ނުދީ ހިފަހައްޓާފައި ވެއެވެ. Read more

List of Melamine products in Maldives

November 7, 2008 · Filed Under Important Doc · Comment 

List of Melamine products in Maldives :- Download pdf file

ޞިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ތޮއްޖެހެންދެން މުވައްޒަފުން އިތުރުކުރަންވީއެއްނޫން.! ކުރަންވީ ކަމަކީ މިތަންތާތިބޭ ޑޮކްޓަރުންގެ ޚިދުމަތްތައް ރަނގަޅުކުރަންވީއެވެ. ފެންވަރުރަނގަޅު ރަނގަޅު ހީވާގި ނަރުހުން އިތުރުކުރަންވީއެވެ. !

November 7, 2008 · Filed Under Articles · 3 Comments 

ޞިއްޙީމަރުކަޒުތަކަށާއި، ހޮސްޕިޓަލްތަކަށް އެކަށީގެންނުވާ ވަރަށް ބޭކާރުގޮތެއްގައި މުވައްޒަފުންތަކެއް ވެއްދުމުގެ ބަދަލުގައި މިތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފަރާތުން ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ދެވޭތޯ މަސައްކަތް ކުރަންވީއެވެ. އެހެންނޫނީ މިތަންތަނުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިނުގަންނާނެކަން ކަށަވަރެވެ. Read more

އޮކްޓޯބަރ މަހުގެ މުސާރަފައިސާ ނުދީގެން ހިންނަވަރު ހެލްތް ސެންޓަރުގެ މުވައްޒަފުން ދަޢުވާކުރަން ނިންމަވައިފި.!

November 6, 2008 · Filed Under Articles · 3 Comments 

ހިންނަވަރު ޞިއްޙީމަރުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އޮކްޓޯބަރ މަސް ނިމިގެންދިޔައިރު އަދިވެސް މުސާރަ ފައިސާ އަތޮޅު ހޮސްޕިޓަލު ނައިފަރުން ނުފޮނުވާކަމަށްވެއެވެ. އެއަތޮޅުގެ ޞިއްހީ މަރުކަޒުތަކަށް މުސާރަ ފައިސާއާއި، އަދި، އެހެނިހެން ފައިސާ 2008 ޖެނުއަރީން ފެށިގެން ފޮނުވަމުންގެންދަނީ އަތޮޅު ހޮސްޕިޓަލުންކަމަށް މައުލޫމާތު ލިބިފާވެއެވެ. މިކަންވެގެންއުޅޭގޮތެއް ސާފުކޮށްލުމުގެ ގޮތުން ހިންނަވަރު ހެލްތް ސެންޓަރާ ގުޅާލުމުން އެތަނުން ފޯނުނެގި ނަރުހަކު ބުނުއްވީ އޮކްޓޯބަރ މަހުގެ މުސާރަ ފައިސާ އެމީހުން އަދި، ނުލިބޭ ކަމަށާއި، އަދި، މިވެގެންއުޅޭގޮތެއް އޭނާއަށް ނޭގޭކަމަށެވެ. Read more

Next Page »