ޞިއްހީމަރުކަޒުތަކަށް އިތުރުކުރަންވީ ބޭކާރު މުވައްޒަފުންތަކެއްނޫން. އިތުރުކުރަންވީ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ޓްރޭނިންގ ނަރުހުން.!!!!! އޭރުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިގަންނާނީ.
ފިއްލަވައިގެންތިބެ ރާއްޖެތެރޭގައި ހުރި އެޑިޔުކޭސަންގެ ދާއިރާތަކަށް ނުގަވާއިދުން މަގާމުތައް ހަމަޖައްސަމުން ގެންދަވާހެން އާބާދީބޮޑެތި ރަށްރަށުގައިހުރި ހެލްތް ސެންޓަރުތަކަށް ހެލްތް އޮގްޒިލިއަރީން ވެއްދުން ވަގުތުން ހުއްޓާލުމަށް ސިވިލް ސާވިސްކޮމިސަނަށް އަޅުގަނޑު މިގޮވާލަނީ ވަރަށްވެސް ހަރުކަށި ޢިބާރާތުންނެވެ. މިބީދައިން އަޅުގަނޑު މިގޮވާލީ ސަރުކާރުގެ އޮފީސްތަކަށް ސިވިލްސާވެންޓުން ވައްދާކަމަށްވާނަމަ އެކަމެއްކުރުމުގެކުރިން ވަރަށްބޮޑެތި ސާރވޭތަކެއްކޮށް ވަރަށް ރަނގަޅަށް ބައްލަވަން ޖެހޭނެކަމަށް އަޅުގަނޑު ދެކޭތީއެވެ.
އެންމެފަހުވަގުތު ސިވިލްސާވިސްގެ ވެރިންވެސް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ސިވިލްސާވިސް ކޮމިސަނުގެ ބައެއް، ޕާމަނަންޓް ސެކްރެޓަރީންނާއި، އަދި، ސިވިލްސާވިސްގެ ކޮމިސަންގެ އެކިގިންތީގެ ވެރިން ބައިވެރިވެފައިވާކަން ހުދު އަޅުގަނޑަށް ހެކިދެއްކެން އެބަހުއްޓެވެ. އެމައްސަލަތައް އައުރައީސް މުހައްމަދު ނަސީދު (އަންނި)އަށް އަޅުގަނޑުމެން ހުށަހަޅާނަމެވެ. އަދި، މިހާރުވެސްވާނީ އަންނިއާއި ހަމަޔަށް އެހަބަރުތައް ފޯރުކޮށްދީފައެވެ.
ރާއްޖެތެރޭގައި ނިމިގެންދިޔަ އަނިޔާވެރި ސަރުކާރުން ކިތަންމެގިނަ ޞިއްހީ ޚިދުމަތްދޭ މަރުކަޒުތައް އެޅިކަމަށް ފަހުރު ވެރިކަމާއެކު ރައްޔިތުންގެ ޓީވީއިންނާއި، ރޭޑިޔޯއިން ގޮވިކަމުގައި ވީނަމަވެސް މިތަންތަނުން ދެމުންދެމުންގެންދާ ޚިދުމަތް ބަލާގަންނަނީ ވަރަށް މަދުބައެކެވެ. ދެމުންގެންދާ ޚިދުމަތުގެ ކޮލިޓީ ހަމަ އެއްގޮތަކައްވެސް ނެތީއެވެ. އަދި، މިތަންތަން ނިމިގެންދިޔަ ސަރުކާރުން ހުޅުވާފައިވަނީ އެތަންތަނުގައި ޚިދުމަތްދެނީ ރަނގަޅުމީހުން ނުހޯދައެވެ. ވަގުތީ ގޮތުން، ޓްރޭނިންއެއްނެތް ނަރުހުން ކޮންމެނަމެއް ކިޔާފަ ވެއްދި ކަމުގައިވިޔަސް މިހާރު ރައްޔިތުންނެއް އެމީހުންގެ ޚިދުމަތް ބަލައެއް ނުގަނެއެވެ. އެހެންކަމުން، ރަނގަޅު ނަރުހުން ބޮޑެތި ޚަރަދުކޮށްގެން ނަމަވެސް އަވަހަށް ތަމުރީނު ކުރެވޭތޯ ބަލަންވީއެވެ. އަދި، ނަރުހުން ތަމުރީނު ކުރެވެންދެންވެސް މިތަންތަނަށް ބޭރު ނަރުހުން ނަމަވެސް ފޮނުއްވަންވީއެވެ.
އެއްވަނަ ދަރަޖައޭ، ދެވަނަދަރަޖައޭ، ކިޔައިގެން ބޭކާރު މުވައްޒަފުން މިތަންތަނަށް ވެއްދުން ވަގުތުން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަމެވެ. އަދި، މިތަންތަނަށް މިހާރުން މިހާރަށް ބޭނުންވަނީ ކޮންކަހަ މަގާމުތަކެއްތޯ އެތަންތަނުގައި ތިބި ވެރިންގެގާތުގައިވެސް އެއްވެސް އަހާލުުމަކާނުލާ ހަމަ މިކަން މިކުރެއްވީއެވެ. މިބައިމީހުން ހެޔޮއެއްޗެއް ނަހަދާނެއެވެ. ސާމާނުގަނޑު ބޮލަށްއެރީމާ، ދެން، ކުރެވޭނީވެސްް މިކަހަލަ ހުޑަހައްކާޅު ކަންތައްތަކެވެ.
އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މީގެތެރެއިން ބައެއްމަގާމުތަކަކީ މިހާރުން މިހާރައްވެސް މިތަންތަނަށް ބޭނުންވާ މަގާމުތަކެވެ. ނަމަވެސް މީގެތެރޭގައި މިވަގުތަށް ބޭކާރު މަގާމުތައްވެސް އެބަހުއްޓެވެ. މިފަދަ، ކަންތައްތައް ނިންމަވަންޖެހޭނީ ހެލްތް ސެންޓަރުތައްވެސް ހިންގަންތިބޭ ވެރިންގެވެސް މަސްވަރާ ހޯދައިގެންނެވެ. ކޮންމެހެން ހަދަންޖެހޭނީ ހަމައެކަނި ހޮސްޕިޓަލުތައް ހިންގަންތިބޭ ބަޔަކު ނުވަތަ ޑީ،އެމް،އެސް، އޭ ތިޔަކިޔާ ގުދަނުގައިތިބޭ ހުހިން ބުނާހާ ގޮތެއްވެސް ނޫނެވެ. އަދި، މިހުރިހާ މުވައްޒަފުން މިހާރު ވައްދައިގެން އެމީހުން މިތަންތަނުގައި ބައިތިއްބާނެ ޖާގައެއްވެސް ނެތެވެ.
ސިވިލްސާވިސް ކޮމިސަންގެ ވެރިން މިކަންކަން ނިންމަންޖެހޭނީ ވަރަށްބޮޑަށް ބަލާފައެވެ. އަދި، ފިނޭންސް މިނިސްޓަރާއި، މިކަމާގުޅޭ އެހެން ތަންތަނުގެ އެންމެ އިސްވެރިންވެސް ކަމެއްކުރާއިރު މިކަހަލަ ކަންތައްތަކާ މެދުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ ” 1 ވަނަ ދަރަޖައިގެ ހެލްތް ސެންޓަރުތަކަށް ” ހަގީގަތުގައި މިހާރުން މިހާރަށް ބޭނުން ވަނީ ރަނގަޅު، އިތުރު ޑޮކްޓަރުންނާއި، ފެންވަރު ރަނގަޅު ޓްރޭން ކުރެވިފައިވާ ނަރުހުންނެވެ. އޭގެ އިތުރުން ދެން ގިނަ ވެގެން މިތަން ތަނުގައި ތިބެންޖެހޭނީ މިދަންނަވާ މުވައްޒަފުންނެވެ.
10 ނަރުހުން، 2 ސެކްރެޓަރީން. 1 ކޭސިއަރ، 1 ހައުސްކީޕަރ، 1 ސްޓޮކްކީޕަރ، 3 އެޓެންޑެންޓުން، 3 މަސައްކަތުމީހުން، 3 ވޮޗަރުން، 2 ޑްރައިވަރުން، 2 އެމްބިއުލަންސް އެޓެންޑެންޓް، 3 ދޮންނަ، 1 ކައްކާ، 3 ޑޮކްޓަރުން، 3 ތަރުޖަމާނުންނެވެ. އަދި، 2 ހެލްތް ވޯކަރުންނާއި، 2 ފެމެލީ ހެލްތު ވޯކަރުންނެވެ. މިހާރުގެ ހެލްތް މިނިސްޓްރު މިކަމާމެދު ވިސްނާނެކަމަށް އުއްމީދުކުރަމެވެ.
Received on Wed, Nov 19, 2008 at 6:55 PMemail: info@dhihealthworkers.net OR dhihealthworkers@gmail.com
Maldives Health Workers
Comments
Leave a Reply


