ރާއްޖެތެރޭގައިހުރި ހޮސްޕިޓަލުތަކާއި، ޞިއްޙީމަރުކަޒުތަކުގެ ކަންތައްތައް ރަނގަޅުކުރެވޭނީ ޑިޕާރޓް މަންޓް އޮފް މެޑިކަލްސާރވިސްގެ ހިންގުން ގައްދޫސޮމަދު އަތުން ނަންގަވާ އޭނާ އެތަނުގެ ފުރާޅުންވެސް ބޭރުކުރެއްވި ދުވަހަކުން. !

December 28, 2008 · Filed Under Articles · 2 Comments 

ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސް ( ޑީ، އެމް، އެސް ) ގެ ހިންގުންހަވާލުކުރައްވާފައިވާ ގައްދޫ ސޮމަދު އެތަނުން ބޭރުކޮށްގެން މެނުވީ ޞިއްހީދާއިރާތަކުގެ ކަންތައްތައް ހަރުދަނާވެގެނެއްނުދާނެއެވެ. ގައްދޫ ސޮމަދަކީ ފޫޅުމައެއްގެ ފެންވަރަށްވުރެވެސް ތަޢުލީމީގޮތުން ދަށް މީހެކެވެ. މީގެ ހަތަރު އަހަރެއްގެކުރިން، ކުރިން ވެރިކަންކުރި ސަރުކާރުން ބާރާއިނުފޫޒު ބޭނުންކޮށްގެން މީނާގެވަޒީފާ ވަނީ މާލެ ބަދަލު ކޮށްފައެވެ. މީނާއަކީ އޭގެކުރިން ގައްދޫ ހެލްތްސެންޓަރު ހިންގަންހުރި ހެލްތްވޯކަރެވެ. Read more

ސިވިލްސާރވިސްގެ މުވައްޒަފުން ސިޔާސީ ޚަރަކާތްތަކުގައި ބައިވެރިވުމަކީ އެކަމުން ރައްޔިތުންނަށް ވަރަށްބޮޑަށް ނިކަމެތިކަން ލިބިގެންދާނެކަމެއް !

December 26, 2008 · Filed Under Articles · Comment 

ސިވިލްސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރައްޔިތުންގެ ޚާދިމުންނެވެ. އެހެންކަމުން މިބައިމީހުންގެ ގާތަށް ޚިދުމަތްހޯދު މަށްދަނީ ވަކިޕާރޓީއަކަށް ނިސްބަތްވާބައެއްނޫނެވެ. ނަމަވެސް ހިތާމައަކީ ސިޔާސީ ޕާރޓީތައް އުފެދުނުފަހުން މިގައުމުގެ މަސްރަހު ވަނީ މިހާރު ވަރައްވެސްބޮޑަށް ބަދަލުވެފައެވެ. ދޭދޭމީހުންގެ މެދުގައި ތަފާތު މައްސަލަތައްޖެހުމާއި، ޢާއިލާތައްވަނީ ފުނޑުފުނޑު ވެފައެވެ. ރަހުމަތްތެރިންގެ ތެރޭގައިވެސްވަނީ ތަފާތު މައްސަލަ ތަށްޖެހިފައެވެ. އަދި، މީގެއިތުރުން މީހުންގެ ގެދޮރާއި، މުދަލުގައި ދަނީ އަލިފާންޖަހާ ރޯކުރަމުންނެވެ. މީހުންނަށް އަނިޔާތައްކުރުމާއި، މީހުންމަރަންވެސްވަނީ މިހާރުފަށާފައެވެ. Read more

Hospital managers visits thailand for training

December 22, 2008 · Filed Under Uncategorized · Comment 

training was organized by ministry of health maldives with collaboration of WHO ,which was  a very valuable training for such people specially for health service managers. Thank you

ފާދިއްޕޮޅު އަތޮޅުހޮސްޕިޓަލު ހިންގުން ހަވާލުކޮށްފައިވާ ފައިސަލް އިބުރާހީމުއަކީ އަތޮޅުގެތޭގައި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރާ މީހެއްކަމުން މީނާ މިއަތޮޅުން ބޭރުކުރުމަށް ހެލްތްމިނިސްޓަރަށް ގޮވާލަން.!

December 20, 2008 · Filed Under Articles · 1 Comment 

ޅ، އަތޮޅުހޮސްޕިޓަލުހިންގުމާއި ހަވާލުވެހުރި ފައިސަލް އިބުރާހީމަކީ މިއަތޮޅުގެ ޞިއްޙީދާއިރާގައި އިސްކޮށް ޚަރަކާތްތެރިވާ މީހުންނާއި، އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޖެއްސުމަށް ސީދާގޮތުންނާއި، އަދި، ނުސީދާ ގޮތުންވެސް މަސައްކަތްކުރާ ވަރަށްގޮތްކުޑަ މީހެކެވެ. އަދި، މީގެއިތުރުން މީނާއާއި، ޚިޔާލުތަފާތުވާ މީހުން ގެ ދުވަސްދުއްވާލުމަށް ކުރީގެ ސަރުކާރު ހިންގަން އިސްކޮށްތިބި ވެރިންނާއިގުޅައިގެން މަސައްކަތް ކޮށްފައިވާ މީހެކެވެ. Read more

ހައިކޯޓްގެ ފަޑިޔާރު އިސްތިއުފާދިނުމަށް ހެލްތް ވޯކަރަކު ގޮވާލައިފި

December 18, 2008 · Filed Under Articles · Comment 

ހައިކޯޓުން ސަރުކާރުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެވޭގޮތަށް ސިވިލްސާވިސްއިން ހަމަޖައް ސަވާފައިވަނިކޮށް ހައިކޯޓުން މިކަން ބާތިލްކުރެއްވުން އަޅުގަނޑު ޞިއްޙީޚިދުމަތްތެރިއެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ހައިކޯޓުގެ ފަނޑިޔާރު ކުށްވެރިކުރަމެވެ.

އެހެނީ، އަޅުގަނޑުދެކޭގޮތުގައި ސިޔާސީހަރަކާތްތަކުގައި ސަރުކާރުގެ މުވައްޒަފުން ބައިވެރިވުމަކީ ދެރަނިކަމެތި ރައްޔި ތުންނަށް ސަރުކާރުގެ މުވައްޒަފުންގެ ފަރާތުންލިބެންޖެހޭނެ ޚިދުމަތަށް ވަރަށްބޮޑަށްހުރަސްތައް ކުރިމަތިވެގެންދާނެ ކަމެ އްކަންކަށަވަރެވެ. ސަރުކާރުގެ މުވައްޒަފުންނާބެހޭ ގާނޫނުގައި ސިޔާސީހަރަކާތްތަކުގައި ސަރުކާރުގެ މުވައްޒަފުން ނަށް ބައިވެރިވެވޭގޮތަށް އޮތްކަމަށްވާނަމަ މިމާއްދާ އިސްލާހުކުރެއްވުމަށް ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނަށް، އަދި، ރައީސް މުހައްމަދު ނަސީދަށް އަޅުގަނޑު އިހުލާސްތެރިކަމާއެކު ގޮވާލަމެވެ. Read more

ރީޖަނަލް ހޮސްޕިޓަލެއްގެ ތަޖުރިބާ

December 14, 2008 · Filed Under Articles · Comment 

މިދާކަށްދުވަހު އަޅުގަނޑު ރާއްޖޭގެ މައްސޫރު އެއް ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރަކަށް ދައްކަންދިޔައީމެވެ. އެއީ އަތުގައި ފާޑެއްގެ ބިހިތަކެއްނަގައި ހިރުވާތީއެވެ. އެބިހިތައް ހުންނަނީ ނުފެތުރި ރޮގަކަށް ވާގޮތަށެވެ.

ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރަށް ގޮސް ތިއްބެވި ޑޮކްޓަރުންނަކީ ކޮބައިތޯ އަހާލަމުން ތިބި ޑޮކްޓަރުންގެ ލިސްޓް ފައްޗަކަށް އަމުނާލައިފިއެވެ. އަތޮޅުތެރޭގައި ހަމުގެ ޑޮކްޓަރެއް ނެތުމުން އަޅުގަނޑު އެދުނީ އާދައިގެ ބަލިތައް ބައްލަވާ ޑޮކްޓަރެއްގެ ނަންބަރެއް ދިނުމަށެވެ. ނަންބަރު ލިބުމުން އަވަހަށްގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވަދެ ބަލިމީހުން އިށީންނަ ގޮޑީގައި އިށީންދެފައި އަތް ޑޮކްޓަރަށް ދައްކާލާފީމުއެވެ. ކުއްލި ބަޑިއެއްޖެހިހެން ޑޮކްޓަރު ބުނީ ތިޔަތަން އޮޕަރޭޝަނާއި ބެހޭ ޑޮކްޓަރަށް ދެއްކެވުމަށެވެ. ރަގަޅަށް ބަލާވެސް ނުލާ، ވީ ކިހިނެއްތޯ އަހާވެސްނުލާ ވަރަށް ފަށޭހައިން އޮޕަރޭޝަންގެ ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލާފިއެވެ. Read more