ޑޮކްޓަންނާއި ނަރުހުން ގެ ވަޒީފާ ބަޔާނަށް އައުކަމެއް އިތުރުވެއްޖެ.

January 22, 2009 · Filed Under Articles · 1 Comment 

ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެތެރެއިންރާއްޖެތެރޭގައި މަސައްކަތް ކުރާ ޑޮކްޓަންނާއި ނަރުހުން އަދި އެހެންވެސް ޞިއްޙީ ޚިދުމަތްތެރިން ކުއްޔަށް ތިއްބަވާ ގެތަށް ފޮޅާސާފުކުރުމާއި ގޯތިތެރެ ކުނިކެހުމާއި ކައްކައިގެން ކެއުމަކީ އެމުވައްޒަފެއްގެ އަމިއްލަކަމެއްކަމުގައި މިނިސްޓްރީއޮފް ހެލްތުން ހަމަޖައްސަވައި އެކަން އެފަރާތްތަކަށް އެންގެވުމަށް ހުރިހާހޮސްޕިޓަލްތަކަށް ސާރކިއުލާރ ފޮނުއްވައިފި.
މިއީހަމަ އެކަނި ޞިއްޙީދާއިރާއަށް އޮންނަގޮތެއްކަން ފާހަގަކުރެވެއެވެ، ބޮޓެތިގެތައް ކުއްޔަށް ހިފާފައި އެތަންތަން ޑޮކްޓަރުން އަމިއްލައަށް ސާފުކުރަންޖެހުމަކީ ޙައްގު ގޮތެއްކަމުގައި ނުބެލެވޭނެއެވެ. ހެޑްމާސްޓަރުންނާއި ކައުންސިލަރުންނަށް އޮންނާނީ ކޮންގޮތެއްބާ؟،،،

ސެންޓަރ ފޮރ ކޮމިއިނިޓީހެލްތު އެންޑް ޑިޒީސް ކޮންޓްރޯގެ ޓީމެއް ތ.އަތޮޅުގައި

January 18, 2009 · Filed Under News · Comment 

ސެންޓަރ ފޮރ ކޮމިއިނިޓީހެލްތު އެންޑް ޑިޒީސް ކޮންޓްރޯގެ ޓީމެއް ތ.އަތޮޅުގައި މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ. މިޓީމުން މިއަތޮޅުގެ ހަރަށަކަށް ޒިޔާރަތް ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ވޭމަންޑޫ،ކިނބިދޫ،ވިލިފުށި،މަޑިފުށި،އަދި ބުރުނި ހިމެނެއެވެ. މި ޓީމުން ކުރާ މައިގަޑު މަސައްކަތްތަކުގެ ތެރޭގައި، ފައިލޭރިޔާ އެލިމިނޭޝަން ޕުރޮގްރާމްގެ ދަށުން ރާއްޖޭގައި ފައިލޭރިޔާ ނެތްކަން ސާބިތު ކުރުމަށްޓަކައި 2 އަހަރާއި 8 އަހަރާއި ދެމެދު އުމުރުފުރައިގެ ކުދިންގެ ގައިން ލޭނަގާ ފައިލޭރިޔާ އަށް ޓެސްޓް ކުރުމާއި، ރާއްޖޭގައި ފައިލޭރިޔާ ފެތުރުން ކޮންޓްރޯލް ކުރެވިފައި އޮތް އޮތުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި ރަށްރަށުގައިމަސައްކަތް ކުރާ ބިދޭސީންގެ ގައިން ރޭގަނޑު ލޭނަގައި ފައިލޭރިޔާއަށް ޓެސްޓްކުރުމާއި، ސްނާމީއަށްފަހު ވިލިފުށި އަލުން އާބާދުކޮށް އެރަށަށް މީހުންބަދަލު ކުރުމުގެކުރިން މިހާރު ވިލިފުށީގައި މަދިރި އާލާވުމަށް ހުރި ފުރުޞަތު ތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން އެރަށުގައި ބަލަންޖެހޭ ބެލުންތަށްވެސް އެސެންޓަރުގެ ޓީމުން ބަލާގޮތަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޓީމު ޒިޔާރަޔްކުރާ ރައްރަށުގައި މަދިރި އާލާވުމަށް މިހާރު ހުރި ފުރުޞަތު ތައްބައްލަވައި ރަށުފެންވަރުގައި އެކަންތައްތައް ޙައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ހަމޖެހިފައިވެއެވެ. މިމަސައްކަތް ކުރިއަށް ގެންދަވަނީ ތ.އަތޮޅުހޮސްޕިޓަލާއި ޑިޕާރޓްމަންޓް އޮފް މެޑިކަލްސާވިސަސް ގުޅިގެން ރަށްރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެކުގައެވެ.

ﷲ ގެ ނިންމެވުމަށް ތަބާވުމަށާއި، އަދި، ޞިއްޙީ ޚިދުމަތްދޭތަންތަން ބަންދުކޮށް ހެދުމުގައި ޚަރަކާތްތެރިވާ މީހުންނާ ބައިވެރި ނުވުމަށް ގޮވާލަމެވެ.

January 17, 2009 · Filed Under Articles · 2 Comments 

މިފަހަކަށްއައިސް ރާއްޖެތެރޭގައި ހިންގަމުންގެންދާ މުޒާހަރާތަކުގައި ރަށްޔިތުންނަށް ޚިދުމަތްދޭ ތަންތަން ބަންދު ކުރަމުންގެންދާއިރު ޞިއްހީޚިދުމަތްދޭ ތަންތަންވެސް ބަންދުކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބެމުންއެބަދެއެވެ. ނަމަވެސް މިއީ މުސްލިމުން އެއްގޮތަކައްވެސް ކޮށްގެންވާނެ ކަމެއްކަމުގައި އަޅުގަނޑު ގަބޫލެއްނުކުރަމެވެ. އަދި، ޞިއްޚީ ޚިދުމަތްދޭ ތަންތަނަށް ހުރަސްއަޅާ މީހުންނަކީ އިންސާނުން ކަމަކައްވެސް އަޅުގަނޑު ގަބޫލެއްނުކުރާނަމެވެ. Read more

ކިތަންމެ ހިތްދަތި ކަމެއްގާ ތިއްބެއްކަމަކު އާ އަހަރުގެ ތަހުނިޔާ އެންމެހާ

January 1, 2009 · Filed Under Articles · 4 Comments 

އައު އަހަރުގެ ތަހުނިހާޔާއި، މުބާރިކްބާދީ އެންމެހާ ފަރާތްތަކަށް މިފޮނުވަނީ ނަމަވެސް ހިތާމައިގާހުރެއެވެ. މިހެން، މިދެންނެވީ މިކަމުގައި ވަރަށްބޮޑު ސަބަބެއްއޮވެގެނެވެ. ފަހަރެއްގައި މައުމޫނުގެ އަނިޔާވެރި 30 އަހަރުގެ ވެރިކަން ނިމުމަށްފަހު އައު ސަރުކާރު އައިފަހުން އައި، ކުރިމަތިވި އައުމީލާދީ އަހަރާގުޅުވައިގެނެއްނޫނެވެ.

އެކަންހަމަޖުކުރަން ނުކުޅަދާނަވެގެން އެއުޅެނީ ތިޔަކިޔާ ދިވެހި ރައްޔިތުންގެ ޕާރޓީގެ ހުޑަހެއްކާޅުންނެވެ. އެމީހުންނަކީ މިންވަރަށް އީމާން ވާން ނޭގޭ ބަޔެކެވެ. އެމީހުންނަކީ ހަމަގައިމުވެސް މުސްލިމުންކަމަކަށް އަޅުގަނޑަށް ބަލައިގަންނަން ދައްޗެވެ. އެހެނީ، އެމީހުން އެއުޅެނީ މުސްލިމުން އުޅެންވާނެގޮތަކަށްނޫނެވެ. ﷲ ގެ ނިންމެވުމަށް ކޮންމެމުސްލިމަކުވެސް ތަބާވާންޖެހޭނެއެވެ.

ނަމަވެސް ދަންކަންމިއުޅެނީކީ ކޮންމެހެން މިވާހަކައެއްނޫނެވެ. އެ މީހުންގެ ވާހަކަދެން ނުދެއްކީޔާ ރަނގަޅުވާނީ، މިޖެހިގެންއުޅޭ ހިތާމައަކީ ޓީޗަރުންނަށް މުސާރަބޮޑުކުރިއިރު އަޅުގަނޑުމެން ޞިއްޙީދާއިރާގައި މިއޮއްބުރަކޮށް މަސައްކަތްކުރާ މީހުންގެ މުސާރަ ބޮޑު ނުކޮށްދިނީމަ، މިދާއިރާއަށް މިނޫން އެހެންގޮތެއްހަމަނެތީއެވެ. ވާނީވެސް އެހެންތާދޯ، ވޭތިވެގެންމިދިޔަ ތިރީސް އަހަރު މިދާއިރާގެ މީހުންނަށް މިދިނީ އަނިޔާއެވެ. Read more