އަދިވެސް އެންމެ ހިއްވަރުގަދަ އަދި ހެޔޮވިސްނޭބަޔަކީ ހެލްތުވޯކަރުން

February 28, 2009 · Filed Under Articles · Comment 

މުސާރައިގާ އެންމެ ނިކަމެތީ ހެލްތުވޯކަރުންނެވެ. ނަމަވެސް ހެލްތުވޯކަރުން އިހްތިޖާޖް ކުރުމުގެ ގޮތުން ވަޒީފާއަށް ނުނިކުތުނެވެގެންދާނީ ގައުމަށް އަންނަ ވަރަށްބޮޑު ލޮޅުމަކަށެވެ. ސަބަބަކީ އަދިވެސް ގިނަރައްރަށުގައި ހެލްތުވޮކަރުންނާއިނުލާ އެއްވެސްކަމެއްނުވާކަމެވެ. ރާއްޖޭގައި ޑޮކްޓަރަކު ނަރުހަކު ނެތް ރައްރައް މަދެއްނޫނެވެ. މިފަދަ ރައްރަށުމިހުންވެސް ބަލިވެއެވެ. އެމީހުންގެ ބަލި ބެލުމުގެ އިތުރުން ނާރސިންގ ކެއަރވެސްދެނީ ހަމަ މިނިކަމެތި ހެލްތުވޮކަރުންނެވެ. Read more

ފާރިސީންގެ އަލިފާންގަނޑު ނިވުނުނަމަވެސް ނުނިވޭ އަލިފާންގަނޑެއް މަތި އުތުރު ޕްރޮވިންސްގައި ރޯކޮށްފި

February 27, 2009 · Filed Under Articles · Comment 

އިހަވަންދޫ ތަރުޖަމާނެއްކަމުގައިވާ ޢަދުނާނު ވިދާޅުވާ ގޮތުގައި، އިހަވަންދޫގައި އުޅޭ މީހުންގެ އަނބީންގަޔަށް އެރުމާއި މީހުންގެ މުދާ ލޫޓްވުމުގެ ގޮތުގައި ޝަރީޢަތުން ތަކުރާރުކޮށް އަދަބުދެވިފައވާ މަޝްހޫރުނަމުންނަމަ، ގުއިކުނާ ނަޖިސް މުޙަންމަދު އަސްލަމްއާއި، ބުއްދި ހަމަނުޖެހޭ ގާބޯ ފިޓްބަލީގެ މީހެއްކަމުގައިވާ އިބްރާހީމް ޝަރީފް އާއި ނުކިޔަވައި ބޮޑުވެފައިވާ ކަނުއަނދިރި ޖުނުބު ހިނަންވެސް ނޭނގޭ މަޑި އިބްރާހީމް ރާވައިގެން އިހަވަންދޫ ޞިއްޙީ މަރުކަޒު ޤާނޫނީ ގޮތުން ޙިޞާރުކުރި އެތަނުގެ ޑްރައިވަރަށް ޤާނޫނު ހޯދައިދޭ ޙައްޤަކުން ލިބިދޭ އިތުރު ގަޑީގެ ފައިސާ މާގިނަވެގެން ހީވި ޢަދާޥާތްތެރި ކަމެއްގެ ތެރޭންނެވެ. ނަމަވެސް ޣައިރު މުސްލިމް ޤަޥްމުތަކުގެ އަސާސްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން ގެންދާ މީސްތަކުންގެ ޙައްޤުތަކާއި ޢަދުލް އިންޞާފާއި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމެއްނެތް މިހާރުގެ ސަރުކާރާއި، ދިވެހި ސިވިލް ސާރވިސްގެ މޫނު އަނދައި ކަޅުގަނެފައިވަނީ އިންތިހާއަށެވެ. އެއީ، ކުށް ސާބިތުކުރުމެއްނެތި އިހަވަންދޫ ޞިއްޙީ މަރުކަޒުގެ ޑްރައިވަރ ފީވަކު މުޙައްމަދުއާއި އޭނާގެ އަނބި ދަރީންގެ ޙައްޤުތަކަށް ދިވެހި ސިވިލްސާރވިސްއިން އަރައިގަނެ، ޤާނޫނާއި ޤަޥާޢިދާއި ޚިލާފަށް ދިގުމުއްދަތެއްގައި ގޭގައި ބަހަށްޓައި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސާރވިސްގެ ޙައްދު ފަހަނަ އަޅާފައިވާ ޢަމަލު ތަކަކުންނެވެ. ހަމަ މި އަނިޔާތަކުގައި ޙައްޤެއްނެތި އެތަނުގެ ހެލްތް ސްޕަވައިޒަރ އިބްރާހީމް ރަޝީދުވެސް ޤާނޫނާއި ޤަޥާޢިދާއި ޚިލާފަށް ޣަރަޤުކޮށްލާފައެވެ. Read more

މިއަހަރު ބަޖެޓުން އެއްވެސް މުވައްޒިފަކަށް ޕޭލީވް ނުދޭގޮތަށް މެޑިކަލް ސާރވިސަސް ހަމަޖެއްސެވުމުން ހެލްތް ވޯކަރުން މިކަމާއިމެދު ދެކޭގޮތަކީ ކޮބާ؟

February 27, 2009 · Filed Under holhuashi · 2 Comments 

މިއަހަރު ބަޖެޓުން އެއްވެސް މުވައްޒިފަކަށް ޕޭލީވް ނުދޭގޮތަށް މެޑިކަލް ސާރވިސަސް ހަމަޖެއްސެވުމުން ހެލްތް ވޯކަރުން މިކަމާއިމެދު ފާޅުކުރަން ބޭނުންފުޅުވާ ހިޔާލުތައް ފާޅުކުރެއްވުން އެދެމެވެ.

ށ. އަތޮޅުގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިންގެ މެދުގައި ޓެލެކޮންފަރެސްއެއް ކުރިއަށް އެބަދޭ

February 27, 2009 · Filed Under News · 1 Comment 

ށ. އަތޮޅުގެ ހުރިހާ ރަށެއްގެ ޖަމާޢަތުގެ ސިއްޙީ އެހީތެރިންގެ މެދުގައި ޓެލެކޮންފަރެސްއެއް މިއަދު 14.30 ފެށިގެން ކުރިއަށް އެބަދެއެވެ. މިޓެލެކޮންފަރެސްގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކަމުން ދަނީ މިހާރު ހުރިހާ ސިއްޙީ ޚިދުމަތްދޭ ތަންތާގައި ތައްޔާރު ކުރަމުންދާ ވަޒީފާގެ ބަޔާނާ ބެހޭގޮތުންނެވެ. މިއަތޮޅުގެ ރަށްރަށުގައި މަސައްކަތްކުރަމުންދާ ހުރިހާ ސިއްޙީ އެހީތެރިން މިޓެލެކޮންފަރެސްގައި ބައިވެރިވިއެވެ. މިޓެލެކޮންފަރެސްގައި އިސްވެ މަޢުލޫމާތުދެއްވާފައިވަނީ ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުންނެވެ.

“މަދަނަ” އިންޝުއަރެންސުން މުވައްޒަފުންނަށް ލިބެނީ ގެއްލުން

February 27, 2009 · Filed Under Articles · Comment 

ސަރުކާރު ހުރިހާ މުޢައްޒަފުން އިންޝުއަރެންސް ކުރުމަށްފަހު އެލައިޑަށް އަހަރަކު ކޮންމެ މުޢައްޒަފަކަށް އެއްލައްކަ ރުފިޔާ ދެއެވެ. ނަމަވެސް މިފައިސާއަކީ މުޢައްޒަފުންނަށް މީގެއިން އެއްވެސް ފައިދާއެއް ކުރާ އެއްޗެއްނޫނެވެ. ހާއްސަކޮށް ރާއްޖެތެރޭގައި މަސައްކަތްކުރާ މުޢައްޒަފުންނަށް މީގެއިން ލިބެނީ ގެއްލުމެވެ. ސަބަބަކީ ރާއްޖެތެރޭގެ ގިނަ ސިއްޙީ ޙިދުމަތްދޭ ތަންތަނަކީ ހިލޭ ބޭސްފަރުވާ ކުރެވޭ ތަންތަން ކަމަށްވެފައި އެމީހުން ފައިސާދައްކަން ޖެހެނީ ހަމައެކަނި ބޭސް ސިޓީ އަށެވެ. ބޭސް ސިޓީ އަށް ބޭސް ނަގަންދާއިރު ބޭސްފިހާރައަށް ސާޅީސް ރުފިޔާ އަމިއްލަ އަތުން ދައްކަންޖެހެއެވެ. ގިނަފަހަރު ސާޅީސް ރުފިޔާއަށްވުރެ އިތުރަކަށް ނާރާނެއެވެ. ވީމާ މިކަމާ ސަރުކާރުން ވިސްނާލުން ވަރަށް މުޙިއްމެވެ. ނަމަވެސް ސަރުކާރުންބުނަނީ މިކަމާ އެއްވެސްފަރާތަކުން ޝަކުވާއެއްގެ ގޮތުގައި ސިޓީފޮނުވާފައިނުވާ ވާހަކައެވެ.

Received on Wed, Feb 25, 2009 at 2:35 PM
Maldives Health Workers
e-mail: info@dhihealthworkers.net / dhihealthworkers@gmail.com

‘ޖަމާތުގެ ޞިއްޙީ އެހީތެރިން’ ޖަމާތަށް ކިހާއެހީތެރިބައެއް؟

February 26, 2009 · Filed Under Articles · 4 Comments 

ލިޔުނީ: ހެލްތްކެއަރ ޖާނަލިސްޓް

“ސ. ހިތަދޫގަ، ޏ ފޯއްމުލަކުގަ، ގދ ތިނަދޫގައި، ގއ ވިލިނގިލީގަ، ލ ގަމުގައި، ތ ވޭމަންޑޫގައި، މިހެން ގޮސް ހުރިހާ ރީޖަނަލް ހޮސްޕިޓަލާއި އަތޮޅު ހޮސްޕިޓަލެއް ހިމެނޭ ރަށްތަކުގައި ޖަމާތުގެ ޞިއްހީ އެހީތެރިން ހޯމް ވިޒިޓް ނަހަދާތާ ގާތްގަޑަކަށް މިހާރު 15 އަހަރު ވެދާނެ” ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒްކޮންޓްރޯލުގެ ޑެޕިއުޓީ ޑިރެކްޓަރު ކޮފީ މޭޒު ދޮށުގައި އިންނަވާގެން ދާދި އިހަކަށް ދުވަހު އަޅުގަނޑު ކާރީގައި ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި ޖަމާތުގެޞިއްހީއެހީތެރިންނަކީ މިހާރު ޖަމާތަށް އެއްވެސް ފައިދާހުރިބައެއް ނޫނެވެ. ރާއްޖޭގެ ޞިއްހީ ދާއިރާ އަށް މިއަންނަ ހަލުވި ބަދަލުތަކާއި ގުޅިގެން ޖަމާތުގެ ޞިއްހީ އެހީތެރިންގެ ޒިންމާ ދުވަހަކަށްވުރެ ދުވަހެއް ދަނީ ކުޑަވަމުންނެވެ. އަދި މިހާރުގެ ސަރުކާރުގެ ޞިއްހަތާއި ބެހޭ ޞިޔާސަތު ބިނާވެފައިވާ ގޮތުން މި ސަރުކާރުގެ މިޑްޓާމުގައި ޖަމާތުގެ ޞިއްހީ އެހީތެރިންގެ ތެރެއިން %50 މީހުންގެ ވަޒީފާ ގެއްލޭނެވެ. މީގެ ސަބަބު ހާމަކުރައްވަމުން އޭނާ ވިދާޅުވީ ވަރަށް އަވަހަށް ރާއްޖޭގެ 4 ސަރަހައްދެއް ( 4 ރީޖަނަލް ހޮސްޕިޓަލް) ބޭރުގެ ބަޔަކާއި ވިޔަފާރި އުސޫލުން ހިންގުމަށް ހަވާލުކުރާނެ ކަމަށާއި އޭރުން އެތަންތަން ހިންގުމުގައި އެމީހުން ގެންގުޅޭ ސްޓްރެޓެޖީ މުޅިން ތަފާތު ވާނެކަމާއި އަދި އެމީހުން ދޭނީ ‘ކިއުރޭޓިވް އޮރިއެންޓެޑް’ ސާވިސެއް ކަމަށެވެ. Read more

ހެލްތް ވޯކަރުންގެ އޮނިގަނޑާއި މުސާރައިގެ ކުރިއެރުމާއި މެދު ހިތްހަމަނުޖެހިގެން ފޮނުވަންޖެހޭ ސިޓީގެ ނަމޫނާ

February 23, 2009 · Filed Under Important Doc · Comment 

ތިރީގައިވާ ސިޓީއަކީ 01 ފެބުރުއަރީ 2009 ން ފެށިގެން އަމަލުކުރަން ފެށި ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުންގެ މުސާރަ އާއި އެލެވެންސް އަދި މުވައްޒިފުންގެ މަގާމުތަކަށް ގެނެވުނު ބަދަލުތަކުގައި ރާއްޖޭގެ ޞިއްޙީދާއިރާގައި މަސައްކަތްކުރަމުންދާ ކޮމިއުނިޓީ ހެލްތް ވޯކަރުންނާއި، ހައްގުތަކެއް ގެއްލިފައިވާކަން ފާހަގަ ކުރެވޭތީ އެކަމާމެދު ކަމާބެހޭ ފަރާތައް ފޮނުވުމަށް ޑްރާފްކޮށްފައިވާ ސިޓީއެކެވެ. މިސިޓީއަށް އުނިއިތުރު ގެނެސް ކޮންމެ ހެލްތް ފެސިލިޓީއަކުން މުވައްޒަފުންގެ މުސާރައާއި މުގާމުގެ ކުރިއެރުމާއި ބެހޭގޮތުން އެބޭފުޅުން ބޭނުންފުޅުވާ ހިޔާލު މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީއަށް ފޮނުވުން އެދެމެވެ.

ސިޓީ ޑައުންލޯޑް ކުރައްވާ

‘ ހެލްތްވޯކަރުން ‘ މިއީ ބްރޭންޑް ނަމެއްތަ ނޫނީ ޓްރޭޑް މާކެއްތަ؟

February 22, 2009 · Filed Under Articles · 4 Comments 

ލިޔުނީ: ހެލްތްކެއަރ ޖާނަލިސްޓް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ މިންގަޑުތަކަށް ބަލާއިރު ހެލްތްވޯކަރުންނަކީ އެބަޔަކާ ނުލާ ޞިއްހީ ހިދުމަތް ނުދެވޭ ހުރިހާއެންމެނެވެ. މީގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ފާމަސިސްޓުން، ލެބޯރަޓަރީ ޓެކްނީޝަނުން، އިދާރީ މުވައްޒަފުން، އަދި އިދާރީ ގޮތުން މަސައްކަތްކުރުމަށް އެހީތެރިވާ މުވައްޒަފުން މީގެ ތެރޭގައި ކައްކާއިން، ޑްރައިވަރުން، މަސައްކަތު މީހުން އަދި އެޓެންޑެންޓުން ހިމެނެވެ. ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ތަފާސް ހިސަބުތަކުން ދައްކާގޮތުގައި މިވަގުތު ދުނިޔޭގައި 59.8 މިލިޔަން ހެލްތްވޯކަރުން މަސައްކަތްކުރެއެވެ. މީގެ ތެރެއިން ތިންބާކުޅަ އެއްބަޔަކީ ސީދާ ބަލިމީހުންނަށް ފަރުވާދިނުމާއި ގުޅިފައިވާމީހުންނެވެ. Read more

މުސާރައިގެ ހުރި ފަރަގާއިމެދު ހިތްހަމަ ނުޖެހިގެން ހެލްތް ވޯކަރުން ޓެލެ ކޮންފްރެންސް އެއް ބާއްވައިފި

February 22, 2009 · Filed Under News · 1 Comment 

ހެލްތް ވޯކަރުންގެ މުސާރައާއި މެދު ހިތްހަމަ ނުޖެހިގެން އެކަމާ މައްސަވަރާ ކުރުމަށްޓަކައި ހެލްތް ވޯކަރުންގެ ބަޔަކު އިސްނަގައިގެން ޓެލިކޮންފެރެންސް އެއް ބާއްވައިފިއެވެ. މި ކޮންފެރެންސް ފެށުނީ މިއަދު 10:30 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިއަދު މިގޮތަށް ބޭއްވުނު 2 ވަނަ ކޮންފެރެންސްއެވެ. މުސާރައިގެ މައްސަލައަކީ ނަރުހުންވެސް ނަގާ މައްސަލައަކަށް ވަތީވެ، ނަރުހުންވެސް ބައިވެރިކޮށްގެން އިތުރު ކޮންފެރެންސްއެއް މާދަމާ ބާއްވާގޮތަށް މިކޮންފެރެންސްގައި ނިންމެވިއެވެ.

ޞިއްޙީދާއިރާގައި މަސައްކަތްކުރާ މީހުންގެ އޮނިގަނޑާއި، އަދި، މުސާރައިގެ ކުރިއެރުން ހަމަޖައްސާފައިވަނީ އެއްވެސް އިންސާފެއްނެތި!

February 21, 2009 · Filed Under Articles · 10 Comments 

ޞިއްހީދާއިރާގައި މަސައްކަތްކުރާ މީހުންގެ އޮނިގަނޑަށް ބަދަލުގެނަސް މުސާރަ ބޮޑުކޮށްދިންއިރު ބައެއްކަންތައް ވަރަށްބޮޑަށް ބޭއިންސާފުން ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ރާއްޖެތެރޭގައި މަސައްކަތްކުރާ ޞިއްހީ އެހީތެރިންގެ ކަންތައްތައް އަޅުގަނޑު މިފުރުސަތުގައި ފާހަގަކޮށްލަމެވެ.

އެހެނީ، މިގޮތުން މިހާތަނަށް ކޮމިޔުނިޓީ ހެލްތްވޯކަރުންނާއި، ޑިޕްލޮމާހަދާގެން މަސައްކަތްކުރައްވާ ދިވެހި ސްޓާފް ނަރުހުންގެ އޮނިގަނޑަށާއި، މުސާރައިގެ ކުރިއެރުން ދެއްވާފައިވާއިރު، މިހާރަކަށް އައިސް އެއްވެސް މަސައްކަތެއްނުކޮށް ގޭގަޔާއި، ބޭރުތެރޭގައި އުޅެމުންގެންދާ ފެމިލީ ހެލްތްވޯކަރުންނާއި، ފޫޅުމައިންނަށް، ހަމައެކަނި އަޅާކިރާލިޔަސް ކޮމިޔުނިޓީ ހެލްތް ވޯކަރުންނަށާއި، އަދި ސްޓާފްނަރުހުންނަށް ލިބިފައިވާ ކުރިއެރުމަކީ ތާކުންތާކު ނުޖެހޭ ކުރިއެރުމެކެވެ. Read more

Next Page »