އެއޮތީ ވާ އޮނިގަނޑެއް
އޮނިގަނޑު ހަދައިގެން ހައްގުތައް ހޯދައިދެވޭތޯ އެ އުޅެނީ
އޮޅިގަނޑު ގިރާކޮށް ދާނެގޮތް އަދިވެސް ނެތޭ ހަމަ ބުނެވެނީ
ފޮނި ހުވަފެނެއްގައި އަހަރެމެން އަބަދާ އަބަދު ބައިތިއްބުމަށް
ފޮނިފޮނި ދިވެހި ގައުމީ ބަހުން ފޮނިފޮނިކޮށޭ ބުނެ އިއްވަނީ
ލޮލުގައި އަނދުން އަޅުވާލަމުން ދެމުމުން ނިކަންދިގު ކޫރު ދެން
ލޮލުގައި މިހެން އަޅުވާ އަނދުން ނުފިލާނެޔޭ ހީކޮށްލަނީ
އޮނިގަނޑުގެ ހުވަފެން ބަލަބަލައި މިތިބީ ނިކަން މާޔޫސްވެފައި
ހިނިގަނޑު ޖަހައި އެކިއެކި ބޮޑުން ބޮޑުދޮގުތަކެއް ހަދަމުންދަނީ
ތަކުރާރުކޮށް އެއްހުވަފެނެއް ބެލުމަށް ނުހަނު ފޫއްސޭ ވަނީ
ތަކުރާ! އެހެން ހުވަފެންތަކެއް ދައްކާލަދީ! މޮޅިއޭ ވަނީ
* * * * * * * * * * * *
ފެމެލީ ހެލްތް ވޯކަރުންގެ މަޤާމާއި މުސާރަ ދަށްކޮށްފި!
ސިވިލްސަރވިސް ކޮމިޝަނުން އަލަށް އެކުލަވާލެވުނު (01 ފެބްރުއަރީ 2009 ން ފެށިގެން) އޮނިގަނޑުގައިވާ ގޮތުން ފެމެލީ ހެލްތް ވޯކަރުންނާއި އެޑްވާންސް ސެޓްފިކެޓް އިން ޕްރައިމަރީ ހެލްތް ކެއަރ ހަދާފައިވާ ކޮމިއުނިޓީ ހެލްތް ވޯކަރުން ވަނީ އެއްހަމައެއް ކުރެވިފައެވެ. މިގޮތުން މުސާރައާއި މަޤާމްވަނީ ހަމަ އެއްހަމައެއް ކުރެވިފައެވެ. އެހެންނަމަވެސް މި މާރޗް މަހުގެ 20 ގައި ސިވިލްސަރވިސް އިންވަނީ ފެމެލީ ހެލްތް ވޯކަރުންގެ މުސާރަ ދަށްކޮށް “ފެމެލީ ހެލްތް އޮފިސަރ” ގެ މަޤާމަށް ބަދަލުކޮށްފައެވެ. Read more
ރިސްކް އެލަވަންސް ލިބޭ ވަޒީފާގެ ކެޓަގަރީ އާއި ރިސްކް އެލަވަންސްތަކާއި ރިސްކްގެ މިންވަރު
ތިރީގައިވާ މަޢުލޫމާތަކީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީން ލިބިފައިވާ މަޢުލޫމާތުތަކެކެވެ. Read more
2008 ވަނަ އަހަރު ފެކަލްޓީ އޮފް ހެލްތު ސައިންސް އިން ކިޔަވާ ނިންމި ކޮމިއުނިޓި ހެލްތު ވޯރކަރުންގެ ވަޒީފާ ހަމަޖެއްސުމަށް ސަރުތުކޮށް، މިހާރު އޮނިގަނޑުގައި ކަނޑައަޅާފައިވާ މުސާރައާއި މަޤާމާމެދު އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ލިއުމެއް ބޭނުންވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވައިފި.
2008 ވަނަ އަހަރު ފެކަލްޓީ އޮފް ހެލް ސައިންސް އިން ކިޔަވާ ނިންމި 30 ކޮމިއުނިޓީ ހެލްތު ވޯކަރުންގެ ތެރެއިން 2 ކޮމިއުނިޓީ ހެލްތު ވޯރކަރުން ފިޔަވައި ބާކީ ތިބި 28 ކޮމިއުނިޓީ ހެލްތު ވޯރކަރުންގެ ވަޒީފާ 3 މަސްދުވަސް ވީއިރުވެސް ހަމައެއް ނުޖެހެއެވެ. މީގެ ތެރޭގައި ޑިޕްލޮމާ އިން ޕްރައިމަރީ ހެލް ކެއަރ ކޯސް މާލޭގައި ހެދި 8 ކުދިންނާއި، އެޑްވާންސް ސަރޓިފިކެޓް އިން ޕްރައިމަރީ ހެލްތު ކެއަރ ކޯސް މާލޭގައި ހެދި 14 ކުދިންނާއި، އެޑްވާންސް ސަރޓިފިކެޓް އިން ޕްރައިމަރީ ހެލްތު ކެއަރ ކޯސް ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ހެދި 8 ކުދިންނަށް، ވަޒީފާއަށް ނުކުންނަން އަންގާފައިވާތީ އެކި އަތޮޅުތަކުގެ ސިއްޙީ ޙިދުމަތްދޭ ތަންތާގައި އެކުދިން ވަޒީފާ އަދާ ކުރަމުންދާތާ މިހާރު 3 މަސްދުވަސްވީއެވެ. އެކުދިންނަށް ވަޒީފާ ހަމަނުޖެހި މުސާރަ ނުލިބޭތީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންދެއެވެ. ނަމަވެސް މިހާތަނަށް އެކުދިންގެ ވަޒީފާ ހަމަނުޖެހިފައިވަނީ ޖެނުއަރީ 27 ގެ ކުރިން ސިވިލް ސަރވިސްއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑީ.އެމް.އެސް އިން ފޮނުވާފައި ނުވުމުން އެ ލިޔެކިޔުންތައް ސިވިލް ސަރވިސް އިން ބަލައި ގަނެފައި ނުވާތީއެވެ. Read more
ސިވިލް ސަރވިސް އާއި ބެހޭ ބައި
ސިވިލް ސަރވިސްގެ ނޫސް ބަޔާން - ދިވެހި ސިވިލް ސަރވިސްގެ މަގާމްތަކުގެ އޮނިގަނޑެއް އެކުލަވާލައި ދާއިރާތަކުގެ އޮނިގަނޑުތައް ހަމަތަކަކަށް ފެއްތުން
ހެލްތް ވޯކަރުން ނިކަމެތިވާގޮތަށް އޮނިގަނޑު އިސްލާހުކުރަން އެބައުޅެޔޯ!
1 އޮގަސްޓް 2008 ކުން ފެށިގެން އަމަލު ކުރަންފެށި އޮނިގަނޑުގައި ޞިއްޙީދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އޮނިގަނޑުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަމަށް އެންމެންވެސް އެއްބަސްވެއެވެ. އެހެންކަމުން މިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އޮނިގަނޑު އިސްލާހު ކުރަމުން އެބަދެއެވެ. ނަމަވެސް މިކަމުގައި ވަރަށްބޮޑު ދެބަސްވުންތަކެއް އުޅޭކަމަށް ވެއެވެ.
ވަރަށް އިތުބާރު ހުރިފަރާތަކުން މަޢުލޫމާތު ދިންގޮތުގައި ހެލްތް މިނިސްޓްރީގެ ބައެއް ވެރިންނާއި ސިވިލް ސާރވިސްގެ ބައެއް ވެރިން ބޭނުންވަނީ ޑިޕްލޮމާ ހަދާފައިވާ ނަރުހުން 12 އަހަރު ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ލެވެލް އަށް ދެވޭގޮތައް، އަދި ޑިޕްލޮމާ ހަދާފައިވާ ލެބޯޓްރީ ޓެކްލޮނިޖިސްޓުން 15 އަހަރު ދުވަހުގެ ތެރޭގައި ޑިރެކްޓަރުންގެ ލެވެލްއަށް ދެވޭގޮތަށް އަދި ޑިޕްލޮމާ ހަދާފައިވާ ހެލްތް ވޯކަރުން 20 އަހަރު ދުވަހުގެ ތެރޭގައި އެ ލަވަލް އަށް ދެވޭގޮތަށެވެ. ނަމަވެސް ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓްރީ ޑރ. ޝީނާ މޫސާ އާއި ގައްދޫ ޞަމަދު އަދި ބައެއް ވެރިން ބޭނުން ފުޅުވަނީ ހެލްތް ވޯކަރުންނާއި، ނަރުހުން އަދި ލެބޯޓްރީ ޓެކްނޮލިޖިސްޓުންވެސް އެއް މުއްދަތެއްގެ ތެރޭގައި އެލެވެލް އަށް ދާގޮތަށް އިސްލާހު ކުރުމަށެވެ.
ތ.މަޑިފުށީ ޞިއްހީ މަރުކަޒުގައި ހުރި ކ ހ އ ރޭ އެރަށުން ބޭރުކޮށްފި
މިހާރު އެރަށުގައި ޞިއްހީ ޚިދުމަތް ދޭނެ ޑޮކްޓަރު އަދި ހެލްތުވޯކަރަކުވެސް ނެތް. ރައްޔްތުން ބޭނުންވަނީ ވަކިބަޔަކަށް ސަޕޯރޓް ކުރާމީހެއް .އެފަދަ މީހެއް އެރަށަކުން ތަމްރިނު ވެފައެއް އަދި ނެތް ..މިކަމަކީ ޒާތީ ކަމެއް ކަމުގައި ބެލެވޭ … މިކަހަލަ ކަންތައްތައް ބަލާ ދިރާސާކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ދެކެމެވެ. އޭނާގެ ކިބައިގައި ކުށެއް ހުރިތޯ ނުވަތަ ނޫންތޯ ބެލުމަކީ ވަރަށް މުހިންމުކަމެއް.
ސިއްޙީ ދާއިރާއަށް މިއުޅެނީ މުޞީބާތެއް ޖެހިގެންތަ؟
ސިއްޙީ ދާއިރާނޫން އެހެން ދާއިރާތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ފެބްރުއަރީ މަހުގެ މުސާރަ ލިބުނު އިރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރަމުންދާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުލިބެއެވެ. މުސާރަ ނުލިބި ލަސްވަނީ ކޮންސަބަބަކާހެދިތޯ ބައެއް ހޮސްޕިޓަލްތަކުގެ ބަޖެޓް އޮފިސަރުންނާއި ވާހަކަދައްކާލުމުން ބުނަނީ މުސާރަ އަދިވެސް ޖަމާ ނުކޮށްދޭކަމުގައެވެ. ” މުސާރަ ޖަމާ ނުކޮށްދެންޏާ ކިހިނެއް މުސާރަ ދޭނީ. ތިޔަކަންތަކާ އިއްޔެއާއި މިއަދު ފިނޭންސް މިނިސްޓްރީއަށް ގުޅާ ގުޅާ އެތަނުން މީހަކު ފޯނެއް ނުނަގާ. އަހަރުމެންވެސް މިތިބީ ހޮސްޕިޓަލްގެ މުވައްޒަފުންނަށްވެސް މުސާރަ ނުދެވިފައި” ނަން ހާމަކުރަން ނޭދޭ ބަޖެޓް އޮފިސަރަކު ހާމަކުރިއެވެ. މިއީ ސަރުކާރު އޮފީސްތަކުގެ ހާލަތެވެ. ޚިދުމަތެއް ހޯދަން ޑީ. އެމް. އެސް އަށް ގުޅިއަސް ސަރުކާރުގެ ވުޒާރާއަކަށް ގުޅިއަސް އެތަނުން މީހަކު ފޯނަށް ޖަވާބެއްނުދެއެވެ. މިވަރުގެ ތަންތާގައި ފޯނުލާފައި ބެހެއްޓުމުގެ ބޭނުމެއް ކޮބައިތޯއެވެ؟ Read more
ހެލްތް ވޯކަރުންގެ އޮނިގަނޑު
މި އޮނިގަނޑަކީ 1 ފެބުރުއަރީ 2009 ން ފެށިގެން އަމަލުކުރަންފެށި އޮނިގަނޑެވެ. މިއޮނިގަނޑާއި މެދު ހެލްތް ވޯކަރުން ވަރަށް ކަންބޮޑުވާކަން ދަނީ ހާމަކުރަމުންނެވެ.
ޞިއްޙީދާއިރާގައި މަސައްކަތްކުރާ މީހުންގެ އޮނިގަނޑަށް ބަދަލުގެނަސް މުސާރަ ހަމަޖައްސާފައިމިވަނީ އެކަންކުރިބަޔަކު ހަމަހޭގައި ތިބެގެންބާ؟
ޞިއްޙީދާއިރާގައި މަސައްކަތްކުރާމީހުންގެ އޮނިގަނޑު ހަމަޖައްސާ މުސާރަ ހަމަޖައްސާފައިވަނީ ވަރަށްވެސް ބޭއިންސާފުންނެވެ. ފޫޅުމައިންނާއި، ފެމެލީހެލްތްވޯކަރުންނެކޭ ނަރުހުންނެކޭ ކޮމިޔިނިޓީ ހެލްތް ވޯކަރުންނާއި، ކޮމިޔުޓީ ހެލްތް ސްޕަވައިޒަރުންގެ އެއްވެސް ތަފާތެއްނެތެވެ. ނަމަވެސް މިހާރު ފޫޅުމައިންނާއި، ފެމިލީހެލްތް ވޯކަރުންނަކީ އެއްވެސް މަސައްކަތެއްކުރާ ބައެއްނޫނެވެ. އަދި، މިމީހުންނަކީ އެންމެ ހައެއްކަމަސްދުވަހުގެ ޓްރޭނިންގ އެއް ހަދާފައިވާ ބަޔެ ކެވެ. އަދި، މިބައިމީހުންނަކީ މިދާއިރާއާއިބެހޭ މަޢުލޫމާތުވެސް ރަނގަޅަށް ނޭގުމުގެ އިތުރުން ރަސްމީގަޑީގައި ގިނަ ވަގުތު އޮފީހުންބޭރުގައި އުލެމުންގެންދާ އަދި، އެހާމެ މަސައްކަތައްވެސް މަކަރުހަދާ ފަރުވާކުޑަބައެކެވެ. ނަމަވެސް ހިތާމައަކީ މިފަހަރު މުސާރަ ބޮޑުކުރިއިރު ސަތޭކަޕަސެންޓަށްވުރެ ބޮޑަށް މުސާރަ ބޮޑުކޮށްފާވެއެވެ. އަދި، މިބައިމީހުން ނަށްދޭން ނިންމާފައިވާ ރިސްކް އެލަވަންސް އެހާމެބޮޑެވެ. Read more




