ސްވައިން ފްލޫއަކީ ކޮބާ؟
ސްވައިން ފްލޫއަކީ ކޮބާ؟
ސްވައިން އިންފްލުއެންޒާ ނުވަތަ ސްވައިން ފްލޫއަކީ ސްވައިން އިންފްލުއެންޒާ “އޭ” ވައިރަސްތަކުގެ ތެރެއިން ވައިރަސްއެއްގެ ސަބަބުން ކުއްލިގޮތަކަށް އޫރުގެ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެކެވެ. Read more
ދުނިޔޭގެ ސިއްޙަތު ދުވަސް ތ.އަތޮޅު އޮމަދޫ ސިއްޙީމަރުކަޒުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި.
މިއަހަރު ދުނިޔޭގެ ސިއްޙަތު ދުވަސް ތ. އޮމަދޫ ސިއްޙީމަރުކަޒުން ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. ތ. އޮމަދޫު ސިއްޙީމަރުކަޒާއި ހަވާލުވެގެން ހުންނެވި އ. ކޮމިއުނިޓީ ހެލްތު އޮފިސަރ އަބްދުއްﷲ މަޢުރޫފު ދިވެހި ހެލްތު ވޯކަރުންގެ ސައިޓަށް މަޢުލޫމާތު ދެއްވި ގޮތުގައި ސިއްޙަތު ދުވަސް ފާހަގަ ކުރުމަށްޓަކައި އޭޕްރިލް 7 ން 13 ށް ވަރަށް ގިނަ ޙަރަކާތްތަކެއް އިންތިޒާމްކޮށް ހިންގާފައިވެއެވެ. Read more
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އެބަގެންދަވައެވެ.
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އެބަގެންދަވައެވެ. Read more
ހެލްތް ވޯކަރުންގެ ސައިޓު ހިންގުމަށް ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޓެލެކޮންފެރެންސް އެއް ބާއްވައިފި
ހެލްތް ވޯކަރުންގެ ނަމުގައި ހިންގަމުން ގެންދާ ދިހެލްތް ވޯރކާސް.ކޮމްގެ ބާރު ހެލްތް ވޯކަރުންގެ އަތްމައްޗަށް ގެނުމަށް އެކަމުގައި ބައިވެރި ފަރާތްތަކުގެ މެދުގައި ޓެލެކޮންފެރެންސްއެއް ބާއްވައިފިއެވެ. މިޓެލެކޮންފްރެންސް ފެށުނީ 8 އެޕްރީލް 2009 ވަނަ ދުވަހުގެ މެންދުރުފަހު 2:30ގައި އެވެ.
ޓެލެކޮންފްރެންސްގައި މައިގަނޑުގޮތެއްގައި މަސްވަރާ ކުރެވުނީ މިސައިޓު ހިންގުމައް ކަންތައްތައް ކުރާނެގޮތަށެވެ. މިގޮތުން މިސައިޓުގައި މިހާރު ހުރި ބޭއަދަބީ ބަސްތައް ހިމެނިފައިވާ ލިޔުންތަކާއި ވަކި މީހެއްގެ އަބުރާއި ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކާއި މީހުންނާއި ބެހޭގޮތުން ޒާތީގޮތުން ލިޔެފައިވާ ލިޔުންތައްނަގައި ހެލްތް ވޯކަރުންނަށް ބޭނުންވާ ލިޔުމާއި ތަކެތި ލުމަށެވެ. އަދި ޞިއްޙީ ދާއިރާގައި ހިގާ މުހިންމު ކަންތައްތަކާއި އަތޮޅު ތެރޭގައި ހިންގާ އެކިއކި ހަރަކާތްތަކުގެ މައުލޫމާތު އާންމުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން އެންމެ ހަރަކާތްތެރިވާ ހެލްތް ވޯކަރުންގެ އަގުވަޒަންކޮށް އެކަން އާންމުންނާއި ހަމައަށް ގެންދިނުންވެސް ހިމެނެވެ.
ލޮބުވެތި ހެލްތް ވޯކަރުންނަށް
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
މިސައިޓަކީ ހެލްތް ވޯކަރުންގެ މަދު ހެލްތް ވޯކަރުންކޮޅެއް އަޅުގަނޑުމެންނާއި ގުޅިގެން 2007 ވަނަ އަހަރު އުފެއްދި ސައިޓެކެވެ. އެބޭފުޅުން އޭރު ވިދާޅުވިގޮތުގައި ހެލްތް ވާކަރުންނަކީ އަތޮޅުތެރޭގައި ވަރަށް މަދު ވަޞީލަތްތައް ބޭނުންކޮށްގެން ވަރަށް ބުރަކޮށް އެކިއެކި ޞިއްޙީ ޚިދުމަތްދޭ ބަޔެކެވެ. އެގޮތުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޞިއްޙީ މަޢުލޫމާތު ދިނުމާއި، ބަލިމީހުންބަލާ ފަރުވާ ދިނުމާއި، އަދި އެކި ފެންވަރުގެ ޞިއްޙީ ޚިދުމަތް ދޭ ތަންތަން ހިންގުން ހިމެނެއެވެ. ޞިއްޙީމައުލޫމާތު ދިނުމުގައި އެހީތެރިވުމުގެ ގޮތުން ލީފްލެޓް އާއި ޕްރެޒެންޓޭޝަން އަދި އެހެނިހެން ޞިއްޙަތާއި ގުޅޭ މަޢުލޫމާތު މިސައިޓުން ލިބޭނެގޮތް ހަމަޖެއްސުމަކީ އޭރެ މިސައިޓު އުފެއްދުމުގައި އިސްކޮށްއުޅުނު ހެލްތް ވޯކަރުންގެ އެއް މަޤްޞަދެއްގެ ގޮތުގައިވެއެވެ. އަދި މިސައިޓައް މިފަދަތަކެތި ފޮނުވުމަށް ހުޅުވާވެސްލެވި ބައެއް ފަރާތްތަކުން ތަކެތިވެސް ފޮނުވިއެވެ. Read more



