ޞިއްޚީ ދާއިރާގައި ސިފްޓް އެލަވަންސް ދިނުމުގައި ގެންގުޅުއްވާ އުސޫލުތަކަކީ ރަނގަޅު އުސޫލުތަކެއްނޫން.
މިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސިފްޓް އެލަވަންސްދިނުމުގައި މިހާރު ގެންގުޅުއްވާ އުސޫލުތަކަށް އެބަބަދަލު ގެންނަންޖެއެވެ. މިހާރު މިއޮންނަގޮތުން ނަރުހުންނެކޭ އެހެން މުވައްޒަފުންނެކޭ ހަމަހަމައެވެ. މިސާލަކަށް އަންނަ ފޯނުތަކަށް ޖަވާބުދިނުމަށް އިންނަ ރިސެޕްސަން ކުލާކައްވެސް އެބަ ޑިޔުޓީ އެލަވަންސް ލިބެއެވެ. ނަމަވެސް މިއީކީ، ހަމަޖެހޭ އުސޫލެއްނޫނެވެ. ފައިސާ ދެއްވަންޖެހޭނީ ކުރާ މަސައްކަތަށެވެ. މިކަން މިގޮތަށް އޮންނަންޖެހޭނީ ހަމަ އެކަނި މުސާރަ ދިނުމުގައެއްނޫނެވެ. މިފަދަ އެލަވަންސްތައްވެސް ދެއްވަންޖެހޭނީ އެމުވައްޒަފަކު ކުރައްވާ މަސައްކަތްތަކަށް ރިޢާޔަތް ކުރެއްވުމަށް ފަހުގައެވެ. ހަމަޖެހޭ އިންސާފުވެރި އުސޫލަކަށްވާނީ އޭރުންނެވެ. Read more



