މިއީ، އަރަތެއް! މިއީ، ކޮންބައެއްގެ ޒިންމާއެއްބާ؟ މިއީ، އެކަމަކު މިކަންވެގެންވާނެގޮތެއް ނޫން.!!!
މިހާރު ޞިއްޙީދާއިރާގައި މަސައްކަތްކުރާ ތަންތަނުގެ މުވައްޒަފުންނަށް ކުރިމަތިމަތިވެގެންމިއުޅެނީ ވަރަށްތާކުން ތާކުނުޖެހޭކަމެކެވެ. އެހެނީ، މިދާއިރާގައި މަސައްކަތްކުރާ ސީނިއަރ އެޑްމިނިސްޓްރޭޓަރުންނަށްވުރެ ޑިޔުޓީ އުސޫލުން މަސައްކަތްކުރާ އެޓެންޑެންޓަކަށް މަހެއްގެ މައްޗަށް ގެއަށްގެންދާންލިބޭ ފައިސާގިނައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ޞިއްޙީމަރުކަޒުތަކުގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށް އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް އިތުރުގަޑި މިހާރު އެއްގޮތަކައްވެސް ލިބެމުންނުދާކަމަށް ވެއެވެ. ނަމަވެސް ހެލްތް ސެންޓަރުތަކުގައި މިމަގާމު އަދާކުރަމުންގެންދާ މުވައްޒަފުންނަކީ އޯލެވެލް، އަދި، އޭލަވަން، ނިންމާފައިވާ މީހުންނޫނީނުވާނެއެވެ. އަދި، މިމަގާމުތަކުގައި މަދުންނަމަވެސް ވަރަށްދިގުމުއްދަތެއްގައި ޚިދުމަތްކޮށްފައިވާ ބޭފުޅުންތިބިކަން ފާހަގަކުރެވެއެވެ. އެހެންވީއިރު މިމަޤާމުތަކުގައި މަސައްކަތްކުރައްވަންތިބި ބޭފުޅުންނަށް މިއީ، ލިބެމުންދާ ވަރަށް ލަދުވެތިކަމެކެވެ. އަދި، ވަރަށް ހިތްދަތިވެސް ކަމެކެވެ. Read more
ޞިއްޙީދާއިރާގެ ކަންތައް ރަނގަޅުކުރައްވަން ބޭނުންފުޅުނަމަ މިދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅުން ސިޔާސީ ކަންތައްތަކުން އެއްކިބާ ކުރަންޖެހެއެވެ.
މިދާއިރާގެ ކަންތައްތައް ރަނގަޅުކުރެވޭނީ މިދާއިރާގެ މަސައްކަތްތަކުގައި އިސްކޮށް އުޅޭމީހުން ރައްޔިތުންގެ ކުރިމަތީގައި އިތުބާރު ހިފޭ ބައެއްގެގޮތުގައި ތިބެގެންކަމާމދު ކުޑަވެސް ސައްކެއްނެތެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ، މިދާއިރާގައި އިސްކޮށް މަސައްކަތްކުރާ ގިނަމީހުންނަކީ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ސިޔާސީ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވަމުން އަންނަބައެއްކަމުގައެވެ. Read more



