ހެލްތް މިނިސްޓަރުގެ ސަމާލުކަމަށާއި، އަދި، ސަރުކާރުގެ ސަމާލުކަމަށް. !
ރާއްޖެތެރޭގައިހުރި ހޮސްޕިޓަލުތަކަށާއި، ޞިއްޚީމަރުކަޒުތަކަށް މުވައްޒަފުން ވެއްދުމުގައި އެތަންތަނުގެ މަސްލަހަތަށް ނުބައްލަވާ އެތަންތަނަށް މިހާރުވެސް މުވައްޒަފުންލައްވަމުން އެބަގެންދަވާކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. ޞިއްޙީ ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ނަމޫނާ މުވައްޒަފުންނަށް ވާންޖެހެއެވެ. އެހެނީ، މިތަންތަނަކީ ސަރުކާރުގެ އެހެން އޮފީސްތަކާ ޚިލާފަށް ހިނގަމުންދާ އަދި، ރައްޔިތުންނާއިވެސް ވަރަށް ގާތްގުޅުމެއް އޮންނަންޖެހޭ، އަދި، އެތަންތަނުގެ މުވައްޒަފުންނަކީ އަޚުލާޤީ ގޮތުންވެސް ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭބައެވެ. Read more
ސިވިލް ސާރވިސް ކޮމިސަންގެ ސަމާލުކަމަށްޓަކައި
މިނިސްޓްރީ އޮފް ހެލްތް އެނޑް ފެމިލީގެ ސިވިލް ސާރވިސްގެ މަޤާމެއްގައި އެންމެ އިސްކޮށް ހުރި ބޭފުޅަކީ މިމަޤާމުފުރުއްވޭފަދަ ބޭފުޅެއްކަމާއިމެދު ސުވާލު އުފެދެއެވެ. މިދާގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާބަޔާންތައްވެސް ތައްޔާރުކޮށް ނިންމާ އަދިވެސް ރާއްޖެތެރޭގައި މަސައްކަތްކުރާ އެއްވެސް ހެލްތްސެންޓަރަކަށް ނުލިބޭކަމަށްވެއެވެ. ރާއްޖެތެރޭގައިހުރި ޞިއްހީޚިދުމަތްދޭތަންތަނަށް އެތަންތަނުގެ މުވައްޒަފުންގެ ވަޒީފާގެބަޔާން ތައްޔާރުކޮށްފަ ފޮނުވަންއަންގައިގެން އެލިޔުންތައް މިނިސްޓްރީއަށް ފޮނުވިފަހުން ހަތަރުމަސްވެގެންދިޔަ އިރުވެސް އެލިޔުންތައް އިސްލާހުކުރުމަށްފަހު އަނބުރާ އަދިވެސް ހެލްތްމިނިސްޓްރީއިން އެތަންތަނަށް ނުފޮނުވާފައިވާތީ މިހާރު އެތަންތަނުގެ މުވައްޒަފުން މަސައްކަތްކުރަމުން އެގެންދަނީ ވަޒީފާބަޔާނެއްނެތި އަދި، ސިވިލްސާރވިސްކޮމިސަނުގެ، ޤަވާޢިދާ ޤާނޫނާއިވެސް ޚިލާފަށްކަމަށްވެއެވެ. Read more
ހައްތަހާވެސް ފަލްސަފާ!
01 ފެބްރުއަރީ 2009 ން ފެށިގެން ހިޖުރަވެގެން ދިޔަ އޮނިގަނޑުގައި އެޑްވާންސް ސެޓްފިކެޓް ހަދާފައި ތިބި ފެމެލީ ހެލްތް ވޯކަރުންނަށް ލިބިގެން ދިޔަ ދެރަގޮތުގެ ބަދަލުގައި ރަނގަޅު ގޮތެއް ވެގެންދާނެ ކަމުގެ ފޮނި އުއްމީދުއާވެގެން ދިޔައީ އޮނިގަނޑު އިޞްލާޙުކުރުމުގެ ނަމުގައި ޞިއްޙީ ދާއިރާގެ ބައެއް އިސްވެރިންނާއެކު މިނިސްޓްރީއިން ބޭއްވި ސިލްސިލާ ބައްދަލުވުންތަކެއް ބޭއްވިގެން ދިއުމުންނެވެ. ނަމަވެސް މިދެންނެވި ބައްދަލުވުންތަކަށްފަހު އެކަމުގެ އެއްވެސް ޚަބަރެއް ނުވާތާ ލައްކަ ދުވަސްވެގެން މިދިޔައީއެވެ. Read more
ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކުދޭހުގައި ގިސްލަމުން ހިތިކަރުނަ އޮއްސަން ޖެހިދެޔޭ ޢުމުރަށް މުޅިން.!
މިދުވަސްވަރަކީ ޞިއްޙީދާއިރާގެ ކަންތައްތައް ދުވަހެއްދުވަކަށް ދަށަށްދާކަމަށް މީޑިޔާގައި ފެތުރެ މުންދާ ދުވަސްވަރެކެވެ. އެކަން ވާނީވެސް އެހެނެވެ. ޞިއްޚީދާއިރާގެ މައިމުގުލުގައި އިސްކޮށް އަދިވެސްތިއްބެވި ވެރިންނަކީ ނިމިގެންދިޔަ އަނިޔާވެރި ވެރިކަމުގައި ވެރިންގެގޮތުގައި ތިބި ވެރިންނެވެ. އެވެރިންނަކީ މިހާރުގެވެރިކަން ނިމުމަކަށް އަންނާނީ ކިހާ އަވަހަކަށްބާއޭ ހިތުއަޅައި ފަރްލު ފަސްނަމާދުކޮށް ދުޢާކުރާ މީހުންކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިގޮތުން ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނެވި ދަގަނޑު އަންހެނާގެ ނަމުން މަސްހޫރުވެފައިވާ މެޑަމް ވަރަށްބޮޑަށް ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މެޑަމް އަށް މިހާރުވެސް އެތަށްބާރުތަކެއް ދީފައިވާއިރު އެބާރުތައް ދެއްވައިގެން އެތިއްބެވި މިނިސްޓރުންނަށް ހަމަ ކުޑަ ކޮށްވެސް މިދެންނެވި މެޑަމްގެ ދެފުށްދެގޮތް މުނާފިޤުކަން ނޭގެނީބާއޭ ހިތަށްއަރައެވެ. މީހުންގެ ކުރިމަތީގައި ވާހަކަދައްކަވާއިރު އެއީ ކާކުކަން ނޭގޭ ފެންވަރަށް މޮޅަށް ރީތިކޮށް ވާހަކަދެއްކުމުގެ ހުނަރު މެޑަމްއަށް ﷲ ދެއްވާފައިވެއެވެ. ނަމަވެސް މެޑަމްއަކީ މޫނުމަތީގައި ކިތަންމެ ރީތިކޮށް ވާހަދައްކާ މީހަކަށްވިޔަސް މީނާއަކީ ދެފުށްދެގޮތް ރަންގަނޑެއްފަދަ މުނާފިގެކެވެ. Read more
ސަރުކާރުގައި މަސައްކަތްކުރައްވާ ސިވިލްސާވެންޓުން ގަވާޢިދާޚިލާފަށް ހިންގާކަންކަމަށް ހިތްވަރުލިބޭފަދަ ގޮތަކަށް ކަންކަން ނިންމެވުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި މިކަންކަން ބައްލަވާދެއްވުމަށް ސިވިލްސާވިސްކޮމިސަނުގައި އިސްކޮށްތިއްބެވި ވެރިންނަށް ގޮވާލަން.
ޞިއްޙީދާއިރާތައް ހިންގަންތިބި ވެރިންނަކީ ނިމިގެންދިޔަ ސަރުކާރުން މޮހޮނަށްދޯނިދިން ބީދައިން ވެރިކަން ހަވާލުކޮށްފައިވާ ބައެއް ފަދައިން، ސިވިލްސާރވިސްކޮމިސަނުން ދެކެމުންދާދެކުން ވީއެންމެއަވަހަކަށް ނިމުމަކަށްގެނަސް ސިއްކަ ޖެހުމުންމެނުވީ މިތަން ތަނުން ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ ޚިދުމަތް ރަނގަޅެއް ނުކުރެވޭނެއެވެ. އެހެންކަމުން މިހާރު މިގައުމުގައި މިއޮތް އެމްޑިޕީ އިއްތިހާދުގެ ސަރުކާރުން ވަރަށްއަވަހަށް ސިވިލްސާވިސްކޮމިސަނުގެ ވެރިންނާއި، އަދި، ޕާމަނަންޓް ސެކްރެޓަރީން ނަކީ އިންސާފުން ކަންތައްތައްކުރާ ބައެއްގެގޮތުގައި ހައްދަވަން ވަރަށްބޮޑަށް މަސައްކަތްކުރަން އެބަޖެހެއެވެ. ހެޔޮވެރި ކަމެއް ކުރެވޭނީ މިނިވަން މުވައްސަސާތަކުގައި ތިބި ވެރިންގެގައިގާ ވަކިހިއްޕާލާފައިއެހުރި ނުބައިވަބާ ނައްތާލެވިގެންނެވެ. ސިވިލްސާރވިސްކޮމިސަ ނަކީ މިނިވަން މުވައްސަސާއެއްކަމުގައިވަނީނަމަ މައްސަލަތައް ބެއްލެވުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުއްވަންޖެހޭނެއެވެ. ގަވާއިދާ އެއްގޮތަށް މައްސަލައެއް ހުށަހެޅުމުން، އެމައްސަލައެއް ގަވާއިދުން ބެއްލެވެންވާނެއެވެ. Read more



