ސަރުކާރުގައި މަސައްކަތްކުރައްވާ ސިވިލްސާވެންޓުން ގަވާޢިދާޚިލާފަށް ހިންގާކަންކަމަށް ހިތްވަރުލިބޭފަދަ ގޮތަކަށް ކަންކަން ނިންމެވުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި މިކަންކަން ބައްލަވާދެއްވުމަށް ސިވިލްސާވިސްކޮމިސަނުގައި އިސްކޮށްތިއްބެވި ވެރިންނަށް ގޮވާލަން.

July 2, 2009 · Filed Under Articles 

ޞިއްޙީދާއިރާތައް ހިންގަންތިބި ވެރިންނަކީ ނިމިގެންދިޔަ ސަރުކާރުން މޮހޮނަށްދޯނިދިން ބީދައިން ވެރިކަން ހަވާލުކޮށްފައިވާ ބައެއް ފަދައިން، ސިވިލްސާރވިސްކޮމިސަނުން ދެކެމުންދާދެކުން ވީއެންމެއަވަހަކަށް ނިމުމަކަށްގެނަސް ސިއްކަ ޖެހުމުންމެނުވީ މިތަން ތަނުން ރައްޔިތުންނަށް ދެމުންގެންދާ އިންސާނީ ޚިދުމަތް ރަނގަޅެއް ނުކުރެވޭނެއެވެ. އެހެންކަމުން މިހާރު މިގައުމުގައި މިއޮތް އެމްޑިޕީ އިއްތިހާދުގެ ސަރުކާރުން ވަރަށްއަވަހަށް ސިވިލްސާވިސްކޮމިސަނުގެ ވެރިންނާއި، އަދި، ޕާމަނަންޓް ސެކްރެޓަރީން ނަކީ އިންސާފުން ކަންތައްތައްކުރާ ބައެއްގެގޮތުގައި ހައްދަވަން ވަރަށްބޮޑަށް މަސައްކަތްކުރަން އެބަޖެހެއެވެ. ހެޔޮވެރި ކަމެއް ކުރެވޭނީ މިނިވަން މުވައްސަސާތަކުގައި ތިބި ވެރިންގެގައިގާ ވަކިހިއްޕާލާފައިއެހުރި ނުބައިވަބާ ނައްތާލެވިގެންނެވެ. ސިވިލްސާރވިސްކޮމިސަ ނަކީ މިނިވަން މުވައްސަސާއެއްކަމުގައިވަނީނަމަ މައްސަލަތައް ބެއްލެވުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުއްވަންޖެހޭނެއެވެ. ގަވާއިދާ އެއްގޮތަށް މައްސަލައެއް ހުށަހެޅުމުން، އެމައްސަލައެއް ގަވާއިދުން ބެއްލެވެންވާނެއެވެ.

ރާއްޖޭގައި އުފައްދާފައިވާ މިނިވަން މުވައްސަސާތަކުގައި ތިއްބެވިވެރިންނަކީ ވަކިފަރާތަކަށް ނުޖެހި ސިޔާސީ ޒާތީ ވަކިތަކުން ސަލާމަތްތެރިވެ މަސައްކަތްކުރާ ބަޔަކަށްވެގެން މެނުވީ އެގައުމެއް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތެއްގައި ނުހިންގޭނެކަމީ ކުޑަވެސް ސައްކެއްއޮތް ކަމެއްނޫނެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަންޖެހެނީ މިފަދަ މުވައްސަސާތަކުގައި ތިއްވެރިވެރިންނަކީ ޒިންމާދާރު ވެރިންނެއްނޫނެވެ. މިގޮތުން ސިވިލްސާވިސްކޮމިސަނު ގައި އެންމެ އިސްކޮށްތިއްބެވި ވެރިންނަކީވެސް ޒިންމާދާރު ބައެއްކަމުގައި ދެންނެވޭކަށްނެތެވެ. ހެދިފައިވާގާނޫތަށާއި، އަދި، މުވައްޒަފުންނާބެހޭގޮތުން ސިވިލްސާވިސްކޮމިސަނުގެ ވެރިންނަށް ހުށަހަޅަމުންގެންދާ މައްސަލަތައް ސިވިލްސާރވިސްކޮމިސަނުން ހަދާފައިވާ ގަވާޢިދުތަކާ އެއްގޮތަށް ކަންކަން ތަންފީޒުކުރައްވަމުން ނުގެންދަވާކަމަށްވެއެވެ. އަދި، ގަވާއިދު މާނަކުރެއްވުމުގައި އޮޅުންތަކެއް ހުރިކަމެވެ. ނުވަތަ، އޮޅުވާލުންތަކެއް ގެންގުޅުއްވާކަމަށް ބެލެވެއެވެ. އަދި، ބައެއްފަހަރު ހީވާކަހަލައެވެ. ސިވިލްސާވިސްކޮމިސަނުގައި އާއްމުކޮށްގެންމިއުޅޭ ގަވާޢިދުނޫން އެހެން ގަވާޢިދެއް ކޮމިސަނުގެ ވެރިންގެންގުޅޭހެން،
އެހެނީ، ވަކިހިސާބަކުން، ސިވިލްސާވިސް ކޮމިސަނުގެ ގަވާޢިދުގެ 4 ވަނަ ބައިގެ 42 ގައިބުނާ އެއްޗެއް ކޮމިސަނުގެވެރިން ގެއްލުވާލައެވެ. މިކަން މިބޭފުޅުން ކުރައްވަނީ ސިޔާސީ ބޭނުމެއްގައިކަމަށް ބައެއްތަންތަނުގެ ވެރިންއެބަ ތުހުމަތުކުރައްވައެވެ. އެއީ، ސިވިލްސާވިސް ކޮމިސަނުގެ ގަވާޢިދުގެ 4 ވަނަ ބައިގެ 41 ގައިބުނަނީ ޢާއްމު އުސޫލަކީ އެކުރާކުށަކާގުޅިގެން ފުރަތަމަ ނަޞޭހަތް ދިނުމަށާއި، ނަޞޭހަތްދީގެން އިސްލާހުނުވެއްނެޖަމަ ޖޫރިމަނާކުރުމަށާއި، ޖޫރިމަނާކުރުމައް ފަހުވެސް އިސްލާހުނުވިނަމަ ވަޒީފާއިން ވަކި ކުރެވިދާނެކަމުގެ އިންޒާރުދިނުމަށެވެ. ދެން، އެއާޖެހިގެން މިބުނަނީ:
ނަމަވެސް ކުށުގެކުޑަބޮޑުމިނަށާއި، ކުށުގެބާވަތަށާއި، އެކުށެއްކޮށްފައިވާ ބާވަތަށާއި، އެމުވައްޒަފެއްގެރެކޯޑަށް ބެލުމައްފަހު އެމުވައްޒަފެއްގެ މައްސަލަތައް ހުރިގޮތެއްގެމައްޗަށް ބިނާކޮށް މީގެތެރެއިން އެފަހަރަށް އެކަށީގެންވާކަމަށް އޮފީހުގެކަމާބެހޭ ވެރިޔަކަށް ފެނުނު ފިޔަވަޅެއް އެޅިނާނެކަމުގައެވެ. ދެން އަނެއްކާ އެއާއިޖެހިގެން :
42 ގައިމިބުނަނީ؛ ޢާއްމު އުސޫލެއްގެގޮތުން ވަޒީފާއިން ވަކިކުރުމަކީ އިސްލާހީފިޔަވަޅު އަޅައިގެންވެސް ރަނގަޅުނުވެއްޖެނަމަ ކުރަންއޮންނަ ކަމެއްކަމުގައިވިޔަސް ، ވައްކަން، ޚިޔާނާތް، ތަނުގެމަސްލަހަތު ގެއްލޭފަދަ ބޮޑެތި ކުށްކުރާ މުވައްޒަފުން، އެމުވައްޒަފަކު އެކުރިކުށުގެ ބާވަތުން އިތުރު ފިޔަވަޅެއްނާޅައި ވަކިކުރަންފެންނަނަމަ، ވަޒީފާއިން ވަކިކުރަން ސިވިލްސާވިސް ކޮމިސަނަށް ހުށަހެޅިނާނެ ކަމަށެވެ.
މިހެން މިކަންއޮތްއިރު 42 ގައި ފާހަގަކޮށްފައިވާ 3 ކަމުގެތެރެއިން ކަމެއްކޮށްގެ ވަޒީފާއިންވަކިކުރަން ކޮންމެތަނެއްގައި ހުރި ވެރިޔަކު ހުށަހެޅި ކަމުގައިވިޔަސް ހެއްކާއެކު ހުށަހަޅުއްވައިފިނަމަ އެމުވައްޒަފަކު ވަޒީފާއިން ވަކިކުރައްވަންޖެހޭނެއެވެ. ނަމަވެސް ފުރިހަމަ ހެތްކާއެކު ހުށަ ހެޅުމުންވެސް ބައެއް މުވައްޒަފުން ސިވިލްސާވިސްކޮމިސަނުން ވަޒީފާއިން ވަކިނުކޮށް ދެއްވާކަމަށް ވެއެވެ. ދެން، ޖަވާބުގައި މިބުނަނީ ގަވާއިދުން ގަވާޢިދުން މައްސަލަހުށަ ހެޅުމައްކަމަށްވެއެވެ. އެބުނުއްވާ ގަވާއިދެއް ހަމަ އެއްގޮތަކައް ވެސް ނޭގެއެވެ. ސިވިލްސާވިސް ކޮމިސަނުގެ ގަވާއިދު، އެކެއް، ދޭއް، އޮންނަކަމެއް ހުދު، އަޅުގަނޑުވެސް ނުދެނެހުރީމެވެ.
އަދި، އެނގިފައިވާގޮތުގައި ދެންއޮންނަނީ ވަޒީފާއާބެހޭ ޤާނޫނެކެވެ. ( ޤާނޫނު ނަމަބަރ؛ 8002/2 ) އަދި، މިޤާނޫނުގެ 4 ވަނަ ބާބުގެ ދަށުގައި މަސައްކަތު އަޚުލާޤު، އަދި، ވަޒީފާއިން ވަކިކުރުން މިހެން އޮންނަބައެއް އޮވެއެވެ. އަދި، ސިވިލްސާވިސް ކޮމިސަނުގެ ފަރާތުން، މިޤާނޫނުގެ ދަށުން މިއޮންނަނީ ގަވާޢިދެއް ހަދާފަކަންވެސް އެނގެއެވެ.
ނަމަވެސް ހިތާމައާއކު ދަންނަވަންޖެހެނީ، ޞިއްޙީދާއިރާގަތަކުގައި އިސްކޮށްތިބޭ ގިނަ މީހުންނަކީ ކުރީގެ ސަރުކާރުންވެސް ވަރަށް ތަފާތު ސިފަސިފައިގާ ބިރުދެއްކުމާއި، ތަފާތުއަނިޔާތައް ދީފައިވާބައެވެ. އަދި، އޭރުގެ ސަރުކާރު ވެރިންގެފައިބުޑަށް ކުޑަކަކޫ ޖައްސުވާފައެވެ. އަންނަ ކޮންމެ އިންތިހާބެއްގައި މިބައިމީހުންގެ ދުލަށްދަމާ، ކަރަންއަރަން ފަށާނެއެވެ. އެސަރުކާރުން ކަންތައްތައް ކުރިގޮތަށް މިހާރު އިންސާނީ ޚިދުމަތްދިނުމުގައި އެންމެ އިސްކޮށްތިބި ވެރިންނަށް މިހާރު ސިވިލްސާވިސްކޮމިސަނުން ތަފާތު އުނދަގޫތައް ކުރިމަތިކުރުވާ، ބިރުދައްކާ އަނިޔާވެރިވާން ވެއްޖެނަމަ، ސިވިލްސާވިސް ކޮމިސަން އޮތުމުގެ އެއްވެސް ބޭނުމެއްނެތެވެ. އަދި، ކޮމިސަނުގެ އިސްވެރިން ވެރިން އެބީދައިން ކަންތައްތައް ކުރަން ނޫޅުއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސް އެކެވެ. ޞިއްޚީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތްކުރާ މީހުންވާންޖެހޭނީ ރައްޔިތުންނާ ވަރަށްގާތްގުޅުމެއް އޮންނަ ބަޔަކަށް.! އެކަންކަން ގަބޫލުނުކޮށް ތިމާހިތުހުރިގޮތަކަށް މިތަންތަނުގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އުލެވިގެން ނުވާނެ.!

Received from: hussan adam (dog-09@live.com), Thu, Jul 2, 2009 at 1:18 PM
Maldives Health Workers
email: info@dhihealthworkers.net / dhihealthworkers@gmail.com

Comments

2 Responses to “ސަރުކާރުގައި މަސައްކަތްކުރައްވާ ސިވިލްސާވެންޓުން ގަވާޢިދާޚިލާފަށް ހިންގާކަންކަމަށް ހިތްވަރުލިބޭފަދަ ގޮތަކަށް ކަންކަން ނިންމެވުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި މިކަންކަން ބައްލަވާދެއްވުމަށް ސިވިލްސާވިސްކޮމިސަނުގައި އިސްކޮށްތިއްބެވި ވެރިންނަށް ގޮވާލަން.”

  1. gasim on July 3rd, 2009 12:00 pm

    ސިވިލްސާވިސްކޮމިސަނުގެ ވެރިންނެއްކަމަކު، އަދި، ހެލްތްމިނިސްޓްރީގެ ވެރިންނެއްކަމަކު މުވައްޒަފުންގެ ގާނޫނުގައިބުނެފައިވާގޮތާޚިލާފަށް ތިމާމެންނަފެންނަ ކުލަތަކެއްޖައްސައިގެން ގަވާއިދުތަކެއްނެހެދޭނެ، މިކަންކަން ބައްލަވާދެއްވުމަށް ސަރުކާރަށް އަޅުގަނޑުވެސް ގޮވާލަމެވެ. މުވައްޒަފުންނާބެހޭގޮތުން ހަދާފައިވާ ގާނޫނަކާއި، ސިވިލްސާވިސްކޮމިސަނުން މުވައްޒަފުންނާބެހޭގޮތުން ހަދާފައިވާ ގަވާއިދާދިމަލެއްނޫނުވޭ، ވީމާ، ވީއެންމެއަވަހަކަށް މިދޭތި އެއްގޮތްކުރެއްވުމައްވެސް އަޅުގަނޑު ގޮވާލަމެވެ.

  2. zakiyya on July 7th, 2009 11:10 am

    adhives nufooz .baaruge beynunkurun .gaavidhu a e ar dhai ge dhera muvathzafunnan hedhifaivaa eth cheth. .civilservicege muzafun.civilcervisege gavaadhu nameth ga .hithama kuranjehy varu kameth kath .thanuge vaerin hadhaifiyaa konme kameth ves adives sarukaarun balagannanee rangalhukamth. dhiri ulhenee firimeemeege rashuga .firimeehaage gedhoruga.namaves rashun beyru muvathzafunnan dhinumath hamajehifaivaa alavance dhevey .miee verimeehaage siruthath hifahath taadhey thi komehen ves dhen jehy .namaves rashun bey rumasath kath kuraamuvath zafunnan alavance dhen jahy haalath tha varath thafseelu koth gavaaidhu ga eba ovey;mikan balan thibee lobivaa verin.mi naruhakaa medhu orgaatheivumuge gothun verimeehaa koth dheefai vaakameth;

Leave a Reply