ޚަރަދުކުޑަކުރުމުގެގޮތުން މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ ބަދަލުގައި މިއަހަރުގެ ފެބްރުއަރީ 1 ން ފެށިގެން ދެމުންގެންދާ ބޭކާރު އެލަވަންސްތައް މިހިދުން މިހިދަށްވެސް ކަނޑާލުމަކީވެސް ވަރަށްބޭނުންތެރިކަމެއް.!
ޚަރަދު ކުޑަކުރުމުގެގޮތުން މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށްވުރެ ފެބްރުއަރީ 1 ންފެށިގެން ދެމުންގެންދާ އެލަވަންސްތައް ކަނޑާލުން މިހާރުންމިހާވެސް މާބޭނުންތެރިއެވެ. 2009 ފެބްރުއަރީ 1 ވަނަ ދުވަހުންފެށިގެން ޞިއްޙީދާއިރާގައި މަސައްކަތްކުރާ ކޮންމެމީހަކަށްވެސް އެކިފާޑުފާޑުގެ ނަންނަން ކިޔާފަ ބޮޑެތި، ތިމާއަށް ހަލާލުވެސް ނުވާވަރުގެ އެލަވަންސްތައް ހެލްތް މިނިސްޓްރީން ދެމުންއެބަގެން ދެއެވެ. އެތަންތަނުގައި އެތިބަ މީހުންނަކީ ނިދިންހޭނާރައިތިބި ބައެއްހެއްޔެވެ. އަދި، ނިކަން ބައްލަވާށެވެ. މިއެލަވަންސްތައް ދެމުންމިގެންދަނީވެސް މުޅިން ޤާވާޢިދާވެސް ޚިލާފަށެވެ. އެތަނުގެ ވެރިންގެ ހާލަތަކީ މިއީއެވެ. Read more
ބަރަކާތްތެރި ރަމަޟާލް މަހުގެ ތަހުނިޔާ.
ބަރަކާތްތެރި ރަމަޟާލްމަހުގެ ތަހުނިޔާ ދިވެހި މުސްލިމު ހުރިހާ ހެލްތްވޯކަރުންނަށާއި، ޞިއްދާއިރާގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކުގެ އިތުރުން ދިވެހި މުސްލިމު ރައްޔިތުންނަށް އަރިސްކުރަމުއެވެ.
Received from hussain adam (whiterose.2009@live.com), on Sat, Aug 22, 2009 at 2:21 PM Maldives Health Workers email: info@dhihealthworkers.net / dhihealthworkers@gmail.com
ވެރިންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމަކީ ޑިކްޓޭޓަރުންގެ އުސޫލެއްބާ ؟؟؟ !!!!
މިއީ އުތުރުޕްރޮވިންސްގެ 2 ވަނަ ދަރަޖައިގެ އަތޮޅު ހޮސްޕިޓަލަކަށް ކުރި ދަތުރުނާމާގެ ހުލާސާ ރިޕޯޓެއް. މިއީ މައިކްރޯސޮފްޓް ވޯޑުގައި އިގިރޭސި ބަހެއްލިޔެ ރައިޓް ކުލިކްކޮށް ސައިނޯނީމް ހައިލައިޓް ކުރުމުން ގުޅޭބަސްތަކަކުން އަމުނާލާ ޕްރޮފެޝަނަލް ރިޕޯޓަކަށް ނުވާހިދު، މިހާރު މިސަރުކާރުން ގަލަމުގެ މިނިވަންކަން ދެއްވާފައިވާތީ ، ވާގިއެދޭހާލް ލިޔެވޭތޯ ފަށައިގަންނަން. Read more
ވަކިބައެއްގެ ވަކިދާއިރާއެއްގެ ސަރުކާރެއްބާ
ހިންގުމުގެ އެލަވަންސް އަދި ފޯނު އެލަވްންސް ދެއްވަނީ ވަކިދާއިރާ އަކަށެވެ.މިހެންވަންޖެހޭ އެއަވެސް ސަބަބެއަ އަޅުގަނޑުމެންނަކަށް ނޭގުނެވެ.ސްކޫލުތައް ހިންގާ ވެރިންނަށާއި އަދި ދެވަނައަށް ހުންނަވާ ސްޕަރވައިޒަރަށްވެސް ހިންގުމުގެ އެލަވަސްއާއި ފޯނުއެލަވަންސް ސަރުކާރުން ދެއްވައެވެ.ވީމާ ޞިއްޙީ ދާއިރާގެ އެންމެހައި ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތައް ހިންގަވާ ވެރިންނަށް މިއަދުންފެށިގެން އެލަވަންސް ދެއްވުމަށް ގޮވާލަން އަދި މިއެލަވަންސް ދެއްވުމުގައި އެއަތޮޅެއްގެ ނުވަތަ އެރަށެއްގެ އާބާދީގެ ނިސްބަތުން ދެއްވުމަށްވެސް ގޮވާލްން.ސަބަބަކީ ސްކޫލުތަކުގެ ވެރިންނަށްވެސް މިދެންނެވި ބީދައިން ދެއްވަމުން ގެންދަވާތީއެވެ.މިކަމުގަ ޕާމަނަންޓް ސެކެޓްރީންގެ ޒިންމާ ވަރަށް ބޮޑުކަން ފާހަގަ ކޮށްލަމެވެ.



