ޞިއްޙީދާއިރާ އަތްފޯރާފަށުން ކަރުތާފެނަށް.!!! މިކަމުގެ ޒިންމާ ނަގަންޖެހެނީ ކުރީގެ އަނިޔާވެރި ސަރުކާރުންބާ! ؟ ނުވަތަ މިހާރު ވެރިކަމުގައި މިއޮތް އޯގާތެރި ސަރުކާރުންބާ! ؟

September 26, 2009 · Filed Under Articles · 3 Comments 

ރާއްޖެތެރޭގައިހުރި ޞިއްޙީމަރުކަޒުތަކުގެ ހާލަތުގެވާހަކަ ދެއްކުމަށްވުރެ މިހާރު ރަނގަޅުވާނީ ނުދެއްކީޔާއެވެ. މިކަން މިސައިޓްގައި ފާހަގަކުރަންޖެހޭތީ ހިތަށް ވަރަށް އަސަރުވެސް ކުރެއެވެ. ނަމަވެސް މިކަން ކިޔުންތެރިންނާ ހިއްސާކޮށްލުމަކީ އަޅުގަނޑުގެ ވާޖިބެއްކަމަށް ދެކެމެވެ. އެހެނީ އަބަދުވެސް ކަމުގެހަޤީގަތާ އެއްގޮތަށް މިނިވަންކަމާއެކު ދުލާއި، ގަލަމުން މިފަދަ ވާހަކަތައް ލިޔުމާއި، އަދި، ފާޅުކަންބޮޑުގޮތެއްގައި ދައްކާހެދުމަކީ އަޅުގަނޑު ވަރަށްކުރާހިތްވާކަމެކެވެ.

މިދާއިރާ މިހާރުވަނީ ކަރުތާފެނުގައެވެ. އަދި، ބަނޑަށްޖެހިފައެވެ. މިދާވަރުންދާކަމަށްވާނަމަ މިފަސްއަހަރު ނިމެންވާއިރަށް ހެލްތްސެންޓަރުތަކު ފުރާޅުތައް އަތްފޯރާފަށަށް އަންނާނެކަށް ކަށަވަރެވެ. އަދި، ބައެއް ޢީމާރާތްތައް ބިމާހަމަވުމަކީވެސް ދުރުކަމެއް ނޫނެވެ. މިހެންމިދަންނަވަނީ ސަބަބުތަކެއްނެތިގެނެއްނޫނެވެ. އެހެނީ، މިއަހަރު ފެށުނީންސުރެވެސް މިތަންތަން ހިންގަން ފައިސާއެއް ނުލިބެއެވެ. މިތަންތަނަށް އެއްޗެއްހޯދާން ވެއްޖެނަމަ މިހާރުމިޖެހެނީ އަތޮޅުގައިހުންނަ އަތޮޅުހޮސްޕިޓަލުގައި ސަލާންޖަހާށެވެ.

Read more

އެމް.ޑީ.ޕީއަށް ސޮއިކުރިއެއް ކަމަކު ވައިޖެހުމަށާއި ވައި އެޅުވުމަށްވެސް ހައްދެއް އޮންނަންވާނެ ؟/؟؟؟؟؟؟؟؟//؟؟؟؟؟

September 15, 2009 · Filed Under Articles · 2 Comments 

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ގާއިމްކޮށްފައިވާ ޕްރޮވިންސް އޮފީހުގެ މައިގަނޑު މަގްޞަދަކީ 30 އަހަރު މާލޭގައި ބައްކޮށްފައިވާ ބާރުތައް ނުލިބޭތާ ޖަހާގަންނަން ޖެހުނަސް އަތޮޅުގެ ރައްޔިތުންނަށް އަތްފޯރާފަށަށް ހިދުމަތްތައް ގެނައުމުގެ މާތް މަޤްޞަދުގައި، ރަޢީސުލް ޖުމްހޫރިއްޔާ ދައުލަތް ހިންގެވުމަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނެއް އޮތަސް ނެތަސް، މިހާރު ގާނޫނީ ހައިސިއްޔަތެއް ނެތް މުވައްސަސާތަކެއް. މިހާރު ޞިއްޙީ ޑެސްކުތަކުން ކުރަމުންދާ ކަމެއް ދެކެވޮޑިގެންވާނީ ހަމައެކަނި ހެއްދެވި ފަރާތައް. ހެލްތް މިނިސްޓްރީއިން ހެލްތް ޑެސްކްތަކަށް ކަޑައަޅާފައިވާ ފަރާތަކުގެ ތެރެއިން ބާރުތަކެއް ލިބިދާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށް ހީވެ އަދި މިހާރުވެސް އެކަމަށް ކުޅުދިޔާވެފައިވާ މީހަކު، މިހާރު މިކަމަށް އިންކާރު ކުރަމުންދަނީ ސަބަބު ތަކެއް ނެތިއެއްވެސް ނޫން.(އިތުރު ތަފްޞީލް)

Received from: ukulhas bogose (ukulhasbogose@gmail.com), on Tue, Sep 15, 2009 at 10:23 PM
Maldives Health Workers
email: info@dhihealthworkers.net / dhihealthworkers@gmail.com

ސިވިލްސާވިސްގެ މުވައްޒަފުން އެކަމަކު ،،،،

September 13, 2009 · Filed Under Uncategorized · Comment 

ސްކޫލުތަކުގެވެރިންނަށް ހިންގުމުގެ އެލަވަންސް ދެއްވަނީ އެތަނުގައި ތިބޭ ކިޔަވާކުދިންގެ ނިސްބަތުންނެވެ.އެހެންނަމަވެސް ޞިއްހިދާއިރާގައި މަސައްކަތްކުރައްވާ އެފެންވަރުގެ ވެރިންނަށް ހިންގުމުގެ އެލަވަންސް ދެއްވުމަށް ސިވިލްސާވިސްސާވިސްއިން ހުއްދަދެއްވީ ވަގުތީ އެލަވަންސްގެގޮތުގައި  ބާރަސަތޭކަރުފިޔާއަށްވުރެ އިތުރުނުވާގޮތަކަށް ދެއްވުމަށެވެ.މިއީ ވަކުދާއިރާއަކަށް ވަކިގޮތެއް ހަދާ ސިވިލްސާވިސް އެއް އެހެންނޫންތޯ .ސިވިލްސާވިސްގެ ގަވާޢިދުބުނާގޮތުން ވަކިމުވައްޒަފަކަށް ވަކިގޮތެއް ހެދިގެން ނުވާނެއެވެ.އެހެންނަމަވެސް އެޑިއުކޭޝަނުން މިހައްދަވާގޮތެއްދޯޯޯ.ފަހަރުގާވެދާނެ އެޑިއުކޭޝަންދާއިރާއަށް ފޮނުއްވާ ސާކިއުލާތައް ފަންސޫރުން ލިޔެފައި ހުންނަނީކަމަށްވެސް.

މިހެންހުރި ކަންކަން ރަނގަޅުކުރެވިގެންނޫނީ މިދާއިރާ އެއްވެސްކަމެއް ރަނގަޅެއްނުވާނެ.!

September 12, 2009 · Filed Under Articles · Comment 

ކުރީގެސަރުކާރުން ރާއްޖެތެރޭގެ ޞިއްޙީމަރުކަޒުތައް ގްރޭޑްތަކަށް ބެހިއިރު ބަހާފަމިވަނީ އަމާބުނީމާ ފަރަށްދާހެނެވެ. އަދި، މިތަންތަނަށް މުވައްޒަފުން ( ހާއްސަކޮށް ނަރުހުން ) ހަމަޖައްސާފަވަނީވެސް ހަމަމިކަހަލަ ގޮތަކަށެވެ. އަދި، މިކަމަކީ ފަހަރުގައި ސިޔާސީ ބޭނުންތަކެއް ހާސިލްކުރުމުގެ މަގުސަދުގައި ކޮށްފައިވާ ކަންތައްތަކެއްކަމަށް ވުމަކީވެސް ދުރުކަމެއްނޫނެވެ.
އާދެ، ނިމިގެންދިޔަ ރިޔާސީ އިންތިހާބާދިމާކޮށް ގްރޭޑް 01 ގެ ހެލްތްސެންޓަރުތަކުގެގޮތުގައި އެތަށްރަށެއްގެ ހެލްތްސެންޓަރުތަކެއް ހަދާފައިވެއެވެ. ނިކަންބައްލަވާށެވެ. މީގެތެރޭގައި 2000 މީހުން ދިރިނޫޅޭ ރަށްރަށުގައިހުރި ހެލްތްސެންޓަރުތައްވެސް މިބައިގާއެބަ ހިމެނެއެވެ. އަދި، މިވަރުން ފުއްދާލީކީއެއްނޫނެވެ. ކޮންމެ ހެލްތްސެންޓަރަކަށް ދެތިން ކޭސިއަރުންނާއި، ތިންހަތަރު ރިސެޕްސަން ކްލާކުންވެސް ހަމަ މިދުވަސްވަރާދިމާކޮށް ވެއްދީއެވެ. ތިޔައިންސާފުވެރިވެރިންތިއްބެވި ތިޔަކިޔާ ސިވިލްސާވިސް ކޮމިސަންއޭރު ކޮބައިތޯއެވެ. އޭރުއަތީ ހަމަ ހަގީގަތުގައިވެސް އެއް އުރައެއްގެ ދެކަނޑިއެވެ. ކުރީގެ ސަރުކާރުންބުނިކޮންމެއެއްޗެއް އޭރު ސިވިލްސާވިސްކޮމިސަނުގައިތިއްބެވި އިހުލާސްތެރި ފަނޑިޔާރުމަނިކުފާނުންނަށް ހަމަހެޔޮވަރެވެ. އަދި، މިވަރުންވެސް ހިތަހަމަޖެހޭ ވަރެއްނުވިއެވެ. Read more

އެޑިއުކޭޝަން އާއި ޞިއްޙީ ދާއިރާގެ މީހުންގެ ތަފާތު

September 10, 2009 · Filed Under Articles · 1 Comment 

މިހާރަކަށް އައިސް އަބަދު އިވޭ އަޑަކީ މިވެނި ބަޔަކަށް މިހާވަރު އެކަމަކު އަހަރުމެނަށް ލިބެނީ މިވަރު މީ އިންސާފެއްބާ!! މިހެންނެވެ. އަޅުގަނޑުގެ މި ކުޑަ ސިކުޑިޔަށް މިކަމާ ވިސްނާލުމުން އަންނަނީ އެބުނާ ތަފާތު ވަނީ ކިހާ ހިސާބަކުން ހަގީގަތުގައިވެސް ފެންނަން އެބަހުއްޓެވެ.

މިސާލަކަށް:
އެޑުޔުކޭޝަން ދާއިރާ
އިސްކޮއް ހުންނެވި މިވަގުތު ޕްރިންސިޕަލެވެ.އަޅުގަނޑާ ޕުރިންސިޕަލް ދިމާވުމުން އަހާލީމެވެ.ބައލްވާ ކޮންތާކައްތޯ ތިދުރުވަނީ.ޖަވާ ވަރަށް ކުރު. އޮފީސް ނިންމަލަފައި މިދަނީ ގެޔަށް.އަޅުގަނޑުވެސް ބަޑުހައިވެފައި ހުރިވަރުން ޕްރިންސިޕަލަށް ކޮފީއަކަށް ދައުވަތު އެރުވީމެވެ. އެހެންނަމަވެސް ޕުރިންސިޕަލް ބުނީ އެހެން ފަހަރަކުންދޯ.މިހިރީ ވަރަށް ވަރުބަލިވެފައި.މިދަނީ ކުޑަކޮށް ނިދާލަން. Read more

ހެޔޮވެރިކަމުގެ 9 މަސްދުވަހު ޞިއްޙީދާއިރާ ރޯފިލައި އެގިފައިވާ މިންވަރުން މަ ކައްކުވާލައިފި

September 8, 2009 · Filed Under Articles · 1 Comment 

ވެރިކަމަކީ މާތްރަސްކަލާންގެ މިންވަރުފުޅުން ދެއްވާ އެއްޗަކަށް ވާއިރު އަދި އެއްވެސް އިންސާނަކަށް ނުއުފުއްލޭވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާއިރު، މިކަން ތިމަންނަޔަށް މިންވަރުވުމުން ތަހަޢްމަލް ނުކުރެވޭވަރުގެ ކަމެއްކަން އިންސާނުންނަށް އެގޭއިރުވެސް، މިއީ ގަލޯގަދަރަށް އީމާންވުމޭ ހިތައްއަރުވާލައި ނުފޯރާފަތިން ފޫގަޅައި ކަންކަމަށް ބޯކޮއްޕާލަމުންދާކަމީ މިސަރުކާރުގެ އެކްޓިވިސްޓްގެ ކަށީގައި ހިފާފައިވާ ކަމަށްވެއްޖެ. މިބައިމީހުން ހިންގުމުގެ ދާއިރާގައި ބޭނުންކުރަމުންދާ އާދަޔާހިލާފު އުކުޅުތަކާއި ކަންކަމާބެހޭ ޕޮލިސީތައް އެގިފައިވާލެއް މޮޅުކަމާހެދި މެނިފެސްޓޯގައި ބަޔާންކުރާ އަނެއްދިވެހިރާއްޖޭގެ މެނޭޖްމަންޓް ތިއަރީތަކުން މަ ކައްކުވާފައިލި. އިއްތިހާދު ސަރުކާރުން އަލިހުރަސްކަޑު އަތޮޅަށް އައްޔަންކުރެއްވި ކައުންސިލަރުގެ ހާލަތުގެ މޮޅުކަމާއޭ. ހަގީގަތުގައިވެސް މީހެއްގެ ހަގީގަތް އެގޭނީ އުޅޭ ނޫޅޭގޮތް ދެލޮލުން ބަލައި، ދައްކަމުންދާ ވާހަކަތަކަށް ކަނުލައި އަޑުއަހައި ރިޢާޔަތްކޮށް ޖަޖްކުރުމުންކަން ޔަގީން. ހަމަ މިކަހަލަ ރޯނުއެދުރެއްގެ ވާހަކަ ދުވަސްކޮޅެއްކުރިން މިސައިޓްގައި މީހަކު ލިޔެ ސާއިރުކޮށްފައިވާތަން ދެކެފައިވާތީ، މިވެސް އެއްތަނަކުން ދަރިވަރުވެގަނެގެން އުޅޭ ޕްރޮފެސަރުންގެ އާއިލާގެ ބާބުގެ މީހަކަށް ވެދާނެބާ ؟؟؟؟؟!!!!! Read more