ރާއްޖެތެރޭގައި ސްވެއިން ފުލޫގެ ބިރުވެރިކަން އިންތިހާޔަށް ބޮޑުވެފާ ! ރައްޔިތުން ބިރުވެރިހާލަތެއްގައި !

November 28, 2009 · Filed Under Articles · 1 Comment 

ރުކުމާ
ރާއްޖެރެތޭގެ އެކިރަށްރަށުގައި ސްވައިންފްލޫވ ފުޅާދާއިރާއެއްގައި ކުރިޔަށްއޮތްތާގައި ފެތުރިގެންދާނެކަމަށް ބެލެވެއެވެ. އެހެނީ، މިދުވަސްވަރަކީ ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި އަރިދަފުސްރޯގާ ފެތުރެމުންދާ ދުވަސްވަރެއްކަމުންނެވެ. އަދި، ކުރިޔަށް އޮތީބޮޑުޢީދު ކަމަށްވުމުން ރާއްޖެތެރެއަށް ގިނަ ޢަދަދެއްގެ މީހުން މާލެއިން އައުމުން އަރިދަފުސްރޯގާ ޖެހޭމީހުންގެ ޢަދަދު ވަރަށް ބޮޑުތައް އިތުރު ވެގެން ދާނެއެވެ. އަދި، ސްވެއިން ފުލޫ ކޭސްތައްވެސް ކުރިޔަށްއޮތްތާގައި އިތުރަށް ފެންނަމުންދާނެކަމަށް ވަރަށްބޮޑަށް ބެލެވެއެވެ. ކަންމިހެން އޮތްއިރު ޞިއްޙީދާއިރާތަކުން ގިނަ ޢަދަދެއްގެ ޞިއްޙީއެހީތެރިން މިސަރުކާރުން މަދުކުރަން ނިންމަވާފައިވާވުމަކީ ވަރަށްވެސް ލާއިންސާނީ ނިންމުމެއް ކަމަށް ދެކެމެވެ. އަދި، އެކަން ވަރަށްބޮޑަށް ކުށްވެރިވެސް ކުރަމެވެ. އަދި، މިދުވަސްވަރަކީ ޞިއްޙީމައުލޫމާތު ރައްޔިތުންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ދޭންޖެހިފައިވާ ދަނޑިވަޅެއްގައި މިކަމުގެ ތަޖުރިބާ ހޯދައިގެންތިބި ބަޔަކު ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާ ލުމަކީ އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަދި، ހާއްސަކޮށް ދުވަސްވީ ހެލްތްވޯކަރުންނަކީ ރައްޔިތުންގެ ތެރޭގައި ޑޮކްޓަރުންނައްވުރެވެސް މާ މަޤުބޫލު ބައެއް ކަމަށްވެއެވެ. Read more

ވަކިކުރައްވާ މުވައްޒަފުން އައު އޮނިގަނޑުގައި ހުސްކޮށްހުރި މަޤާމުތަކަށް ވީ އެންމެ އަވަހަކަށް ހަމަޖައްސަވައި ދެއްވުމަށް ހެލްތްމިނިސްޓަރަށާއި، ސިވިލްސާވިސްކޮމިސަނަށް ގޮވާލަން.

November 21, 2009 · Filed Under Articles · 7 Comments 

ޞިއްޙީދާއިރާގައި މަސައްކަތްކުރަމުން ގެންދާ ވަރަށްގިނަބަޔަކު 2010 ޖެނުއަރީ 01 ގައި ވަކިކުރައްވާގޮތަށް ނިންމަވާފައިވާތީ އަޅުގަނޑު އެކަމާ ވަރަށްބޮޑަށް ކަންބޮޑުވަމެވެ. އަދި، ވަރަށްބޮޑަށް ހިތާމަވެސްކުރަމެވެ. މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަޅުގަނޑަކީ މިދާއިރާގެ ކަންތައްތައް ވަރަށްރަނގަށް އެނގޭ މީހަކަށް ވާތީއެވެ. މިސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށްވާނަމަ ކޮމިޔުޓީ ހެލްތްވޯކަރުކަމުގެ ނުވަތަ ފެމެލީ ހެލްތް ވޯކަރުކަމުގެ ސެޓްފިކެޓް ހާޞިލް ކޮށްފައިވާ އެއްވެސް މީހަކު ވަކިކުރެއްވުމަކީ އެއްގޮތަކައްވެސް ކުރައްވައިގެން ވާނެކަމެއްނޫނެވެ. އެމީހުންގެ ތެރެއިން ޢުމުރުން 55 އަހަރުވެފައިވާ މީހުން ދޫކޮށްލިޔަސް އަޅުގަނޑުގެ މައްސަލައެއްނެތެވެ. މިދާއިރާއަކީ އަދިވެސް ވަރަށް ޅަފަތުގައި އޮތް ދާއިރާއެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިދާއިރާއިން އެންމެ ހެލްތް ވޯކަރަކު މަދުވިޔަސް މިދާއިރާއަށް ވަރަށްބޮޑު ހީނަރުކަމެއް އަންނާނެކަން ކަށަވަރެވެ. Read more

އަޅުގނޑށް ހީވަނީ؟

November 5, 2009 · Filed Under Uncategorized · Comment 

ސިވިލްސާވިސްއިން ބޭނުންވަނީ ސިވިލްސާރވިސްގެ މުވައްޒަފުން މިހިނދުން މިހިނދަށްވެސް ރައީސްނަޝީދު ވިދާޅުވިގޮތަށް މަދުކުރުމަށެވެ.އެހެންނަމަވެސް އަދި އެކަން އެހައި ފަސޭހައިން ކުރެވޭކަށް މިއަދަކުނެތެވެ.ސަބަބަކީ އެކޮމިޝަނަކީ އަދިވެސް އިންތިގާލީ މަރުހަލާއެއްގައި އޮތް ތަނަކަށްވުމެވެ.ކޮމިޝަންގެ ބޭފުޅުންވެސް އެމީހުންގެ ވަޒީފާއަށް ވިސްނަން ޖެހޭނެއެވެ.ކޮމިޝަނަށް ބޭފުޅުން ހޯދުމަށް އިޢުލާން ކުރަނީ ވަކިތަނަކުން.އަދި މަޖިލިސްއަށް ފޮނުއްވުމަށްފަހު ދެންވާނެގޮތެއްވެސް

މިއީ ހެލްތުމިނިސްޓްރީއަށް ބޭނުން ބައެއްނޫނެވެ.

November 4, 2009 · Filed Under Uncategorized · 1 Comment 

1މުހައްމަދު އިބްރާހިމް ޑިރެކްޓަރ

2 ބަޝީރު

3 މަރިޔަމްވަހީދާ

4 އިސްމާލު ޒާހިރު

5 ތަސްލީމާ ،ތަހޭ

6 ނަޖީބު

މިހިނދުން ހެލްތުދާއިރާއިން ދުރުކުރުމަށް ލަފާއަރުވަން.

ހެލްތުމިނިސްޓްރީއަށް ބޭނުންވާ މުހިއްމު ބޭފުޅުން/މިސަރުކާރަށް އެއްބާރުލުންދޭނެއެވެ.

November 4, 2009 · Filed Under Uncategorized · Comment 

1 ސަމަދު

2 ހަފީޒާ

3 ހަފީޒު

4 ޑީޑީ

5 ޝާކިރު

6 ކުޑަވަހީދު

7 ބޮޑުވަހީދު

8 ނަޔާޒު

9 ރަމީޒު

10 ޒަހީނު

މިދެންނެވިބޭފުޅުންގެ އެހީތެރިކަން ހޯއްދެވުމަށް މިނިސްޓްރީއަށް ލަފާއަރުވަމެވެ.

ދޮގުހެދުން އިންތިހާއަށް

November 4, 2009 · Filed Under Uncategorized · Comment 

މިދުވަސްވަރު ހުރިހާދާއިރާތަކަށްވެސް ދިމާވެފައިވާ އެންމެދަތިމައްސަލައަކީ އެކަށީގެންވާވަރަށް ފައިސާނުލިބުމެވެ.އަދި މިކަންތައް ހުރިހާދާއިރާއަކުންވެސް ގަބޫލުކުރެއެވެ.އެހެންނަމަވެސް ހެލްތުމިނިސްޓްރީގެ ބަޖެޓްގައި މަސައްކަތް ކުރާއިސްފަރާތެއް ކަމަށްވާ ޑިރެކްޓަރ މުހައްމަދުއިބްރާހިމަކީ މިސަރުކާރާއި ރައްޔިތުންނާއި ޖައްސަން މަސައްކަތް ކުރަމުންގެންދާ ފަރާތެކެވެ.މިހެން މިދެންނެވީ އޭނާގެ ޢަމަލުތައް މިހާރަކަށްއައިސް ފެންނަގޮތުންނެވެ.އަތޮޅުތަކުގެ ޚަރަދުތަކަށް ފޮނުވަންޖެހޭފައިސާ ނުފޮނުވައި ،އެފައިސާ ފޮނުވައިފިކަމަށްބުނެ ވެރިންގާތުގައި ބުނެ ދޮގުހަދަމުން ގެންދާތީއެވެ.މިހެންވުމުގެ ސަބަބުން އާއްމުންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ވަރަށްބޮޑެތި މައްސަލަތަކާއި ކުރިމަތިލާން ޖެހޭނެކަން މުހައްމަދު އިބްރާހިމަކު ވެސް ދަންނަން ޖެހޭނެއެވެ.ވީމާ އަޅުގަޑުމެންގެ އެންމެންގެ ސަލާމަތަށްޓަކައި މިހާރުން މިހާރަށް އޭނާ އެތަނުން ބޭރުކޮށް ދޭށެވެ.