ޑރން ނުލިބެނީ ޕްރޮވިންސްތަކުން މަސައްކަތް ނުކުރާތީޔޯލަ

February 24, 2010 · Filed Under Uncategorized · Comment 

ބައެއް އަތޮޅުތަކުގައި މިހާރު އަންހެނުންގެ ހާއްޞަ ޑރ ން ލިބުން ލަސްވެގެން އުޅެނީ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އެކަމަށް ބާރުއަޅުއްވާ މަސައްކަތް ނުކުރައްވާތީ ކަމަށް ބުނެފިއެވެ. މިގޮތަށް ބުނުއްވާފައިވަނީ މިނިސްޓްރީއޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ބާރީ އެވެ.މިނާ މިގޮތަށް ވިދާޅުވެފައި ވަނީ ބައެއްހޮސްޕިޓަލުތަކުންނާއި އަދި ހާއްޞަކޮށް އާއްމުންގެ ބައެއްމީހުން ޑރ ން ނެތިގެން އެފަރާތްތަކާއި ގުޅުއްވާފައި އެކަމުގެ ޝަކުވާ ކުރާތީއެވެ.

ޓެލެމެޑިސިންގެ މުހިއްމުކަން ،ސުވާލުއުފެދޭ ކަމެއްބާ؟

February 22, 2010 · Filed Under Uncategorized · Comment 

ޚަގީގަތުގައިވެސް އެއީ މުހިއްމުކަމެކެވެ،ނަމަވެސް އެވަށްވުރެ މާބޮޑަށް މުހިއްމުވާނީ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޑރ ން ހަމަކޮށް ދިނުން ކަމުގައި އަޅުގަނޑު ދެކެމެވެ،މިހާރުވެސް ޑރ ން ނެތިގެން ޑރންގެ ޚިދުމަތް ނުލިބިގެންޝަކުވާ ކުރާމީހުން ،އާއްމުރައްޔިތުންގެ ޢަދަދު ގިނަކަން ވަރަށްބޮޑަށް ފާހަގަކުރެވެއެވެ.އެހެންކަމުން މިހާރު ޑރން ތިބެން ޖެހޭ ތަނަތަނަށް މަދުވާ ޑރ ން ހަމަކުރުން މުހިއްމުވެފައި އައުލާކަން ބޮޑެވެ.ގިނަދުވަސްތަކެއް ވަންދެން މެޑުކެނޑިފައިވާ ޚިދުމަތްތައް މިހާރުން މިހާރަށް އާއްމުންނަށް ފޯރުކޮށްދޭންޖެހެއެވެ.އެހެން ކަމުން އެޚިދުމަތްތައް ލިބިދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެކެވެ.އަދި ހަމައެހެންމެ މިކަންތައްތައް ކުރުމަށްޓަކާ ހަވާކުރައްވާފައިވާ މުވައްޒަފުންގެ ބޮލުގައި އެޅިފައިވާ ނުހަނު ބޮޑު ޒިންމާއެކެވެ.

       މިހާުރުން މިހާރަށްވެސް ޑރ ން ހަމަކޮށްދެއްވުމަކީ އެންމެހައި އާއްމު ރައްޔިތުންގެ އެދުމެވެ. ޓެލެމެޑިސިންގެ ވާހަކަ ދެއްކުމަށްވުރެ ޑރ ން ނެއްވާހަކަ ދެއްކުން ބުއްދިވެރިވެފައި ،ރަނގަޅުގޮތެއްކަމުގައި ދެކެމެވެ.