މިހާރަކަށްއައިސް ޞިއްޚީ ޚިދުމަތް ދެމުންގެންދާ ތަންތަނުގެ ޚިދުމަތް ހޯދަންދާންބިރުން އެތަންތަނަށް ނުދަން މީހުން މިފޫހާކަނީ ކީއްވެބާ.؟

March 29, 2010 · Filed Under Articles · Comment 

ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ހިއްލިވަރަކުން.!
ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި މިތަންތަނުން ޚިދުމަތްހޯދުމަށްދާ މީހުންގެ ޢަދަދު ވަރަށްބޮޑަށް ދަށްވެގެން ހިގައްޖެ ކަމަށް ވެއެވެ. މިއީ، ކިހިނެއްވެގެން އުޅޭކަމެއްތޯކުރި ދިރާސާތަކަކުން ދައްކާގޮތުގައި އެގުނީ މިތަންތަނަށް މިހާރު މީހުންނުދަނީ މިތަންތަނުން އެކަށީގެންވާ ޚިދުމަތް ލިބެމުންނުދާތީ ކަމަށްވެއެވެ. އަދި، ހާއްސަކޮށް މިހާރަކަށްއައިސް އެތަންތަން ފެންނަމުންދަނީ ނިދާފައި އޮންނަތަންތަންހެން ކަމަށްވެއެވެ. އެތަންތަނުގެ ލެބޯޓްރީތަކުން ދެމުންގެންދާ ޚިދުމަތަށް އަގުނަގަން ފެށުމާގުޅިގެން ކުރިން ދުވާލަކު ފަންސާހަކަށް ބަލިމީހުންބަލާ ތަންތަނަށް މިހާރު ދުވާލަކު ވިއްސަކަށް މީހުންވެސް ޚިދުމަތްހޯދަން ނުދާކަމަށްވެއެވެ. Read more

ދުޅަހެޔޮ މަޢުޟޫޢު / މާރޗް 2010

March 24, 2010 · Filed Under Important Doc · Comment 

މުރަނގަ: މުރަނގައަކީ އިންޑިޔާއިން ފެނިފައިވާކަމަށް ފޮތްފޮތުގައި ލިޔެފައިވާ ސައިންވެރިން އެއެއްޗަކާއި މެދު ހައިރާން ކުރުވާފައިވާ އަޖައިބެއްފަދަ ފައިދާ ކުރަނިވި އެއްޗެކެވެ. ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދައިފައިވާ މުރަނގަ ބޭނުންކުރާނަމަ 300 ވައްތަރުތަކުގެ ބަލިބައްޔަށް ޝިފާލިބިއޭ ބުނެފައިވާއިރު މިއީ މިނެރަލްސްގެ މައިމަރުކަޒޭވެސް ބައެއް ސައިންސްވެރިން ބުނެއެވެ. (ތަފްޞީލް)

ޞިއްޙީ ޚިދުމަތްދޭ ތަންތަން ކޯޕްރަޓައިޒް ކުރުމަކީ އޯގާތެރި ސަރުކާރަކުން ކުރަން ހެޔޮވެސްނުވާވަރުގެ ކަމެއްކަމުން މިކަން މިގޮތަށް ނުކުރެއްވުމަށް ސަރުކާރަށް ގޮވާލަން.

March 18, 2010 · Filed Under Articles · 1 Comment 

މިސަރުކާރުން ޞިއްޙީދާއިރާ ކޯޕްރަޓައިޒް ކުރައްވާކަން ޢިއުލާނު ކުރެއްވުމުގެ ޚަބަރު އިވުމުން މިޚަބަރުވެގެންދިޔައީ ވަރަށްގިނަބަޔަކަށް ޚައިރާންކަންލިބި ސިހުން ލިބިގެން ދިޔަކަމަކަށެވެ. ހަމަމިފަދައިން މިސަރުކާރު ވުޖޫދަށް ގެނައުމަށްބުރަ މަސައްކަތްތަކެއް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ހުދު އަޅުގަނޑައްވެސް ލިބިގެންލިޔައީ ކުއްލިސިހުމެކެވެ.
އެހެނީ، ޞިއްޙީޚިދުމަތްދޭތަންތަނަކީ، ރައްޔިތުންނަށް އުފަލާއި، ހިތްހަމަޖެހުން ލިބިގެންދާ ތަންތަންކަމުގައި ވާންޖެހޭނެއެވެ. ނަމަވެސް ގިނަބަޔަކުބުނާގޮތުގައި މިތަންތަން އެވިދާޅުވާގޮތަށް ކޯޕްރައިޒްކުރެއްވުމުން އެތަންތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެގެންދާނީ ސިޔާސީބަޔަށްކަމަށާއި، އަދި، އެތަންތަނުގައި މަސައްކުރާ މުވައްޒަފުންގެފުށުން، ސިޔާސީ ކަންތައްތައް މިހާރަށްވުރެ މާބޮޑަށް ފެންނަމުން ދާނެކަމަށާއި، އަދި، އެތަންތަނުން ދެމުންގެންދާ ޚިދުމަތްވެސް ރައްޔިތުންނަށް ލިބުމުގައި މިހާރައްވުރެ މާބޮޑަށް ދަށްވާނެކަމަށް ގިނަބަޔަކު ބުނަމުންގެންދެއެވެ. Read more