ކިތަންމެ ހިތްދަތި ކަމެއްގާ ތިއްބެއްކަމަކު އާ އަހަރުގެ ތަހުނިޔާ އެންމެހާ

January 1, 2009 · Filed Under Articles · 4 Comments 

އައު އަހަރުގެ ތަހުނިހާޔާއި، މުބާރިކްބާދީ އެންމެހާ ފަރާތްތަކަށް މިފޮނުވަނީ ނަމަވެސް ހިތާމައިގާހުރެއެވެ. މިހެން، މިދެންނެވީ މިކަމުގައި ވަރަށްބޮޑު ސަބަބެއްއޮވެގެނެވެ. ފަހަރެއްގައި މައުމޫނުގެ އަނިޔާވެރި 30 އަހަރުގެ ވެރިކަން ނިމުމަށްފަހު އައު ސަރުކާރު އައިފަހުން އައި، ކުރިމަތިވި އައުމީލާދީ އަހަރާގުޅުވައިގެނެއްނޫނެވެ.

އެކަންހަމަޖުކުރަން ނުކުޅަދާނަވެގެން އެއުޅެނީ ތިޔަކިޔާ ދިވެހި ރައްޔިތުންގެ ޕާރޓީގެ ހުޑަހެއްކާޅުންނެވެ. އެމީހުންނަކީ މިންވަރަށް އީމާން ވާން ނޭގޭ ބަޔެކެވެ. އެމީހުންނަކީ ހަމަގައިމުވެސް މުސްލިމުންކަމަކަށް އަޅުގަނޑަށް ބަލައިގަންނަން ދައްޗެވެ. އެހެނީ، އެމީހުން އެއުޅެނީ މުސްލިމުން އުޅެންވާނެގޮތަކަށްނޫނެވެ. ﷲ ގެ ނިންމެވުމަށް ކޮންމެމުސްލިމަކުވެސް ތަބާވާންޖެހޭނެއެވެ.

ނަމަވެސް ދަންކަންމިއުޅެނީކީ ކޮންމެހެން މިވާހަކައެއްނޫނެވެ. އެ މީހުންގެ ވާހަކަދެން ނުދެއްކީޔާ ރަނގަޅުވާނީ، މިޖެހިގެންއުޅޭ ހިތާމައަކީ ޓީޗަރުންނަށް މުސާރަބޮޑުކުރިއިރު އަޅުގަނޑުމެން ޞިއްޙީދާއިރާގައި މިއޮއްބުރަކޮށް މަސައްކަތްކުރާ މީހުންގެ މުސާރަ ބޮޑު ނުކޮށްދިނީމަ، މިދާއިރާއަށް މިނޫން އެހެންގޮތެއްހަމަނެތީއެވެ. ވާނީވެސް އެހެންތާދޯ، ވޭތިވެގެންމިދިޔަ ތިރީސް އަހަރު މިދާއިރާގެ މީހުންނަށް މިދިނީ އަނިޔާއެވެ. Read more

ރާއްޖެތެރޭގައިހުރި ހޮސްޕިޓަލުތަކާއި، ޞިއްޙީމަރުކަޒުތަކުގެ ކަންތައްތައް ރަނގަޅުކުރެވޭނީ ޑިޕާރޓް މަންޓް އޮފް މެޑިކަލްސާރވިސްގެ ހިންގުން ގައްދޫސޮމަދު އަތުން ނަންގަވާ އޭނާ އެތަނުގެ ފުރާޅުންވެސް ބޭރުކުރެއްވި ދުވަހަކުން. !

December 28, 2008 · Filed Under Articles · 2 Comments 

ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސް ( ޑީ، އެމް، އެސް ) ގެ ހިންގުންހަވާލުކުރައްވާފައިވާ ގައްދޫ ސޮމަދު އެތަނުން ބޭރުކޮށްގެން މެނުވީ ޞިއްހީދާއިރާތަކުގެ ކަންތައްތައް ހަރުދަނާވެގެނެއްނުދާނެއެވެ. ގައްދޫ ސޮމަދަކީ ފޫޅުމައެއްގެ ފެންވަރަށްވުރެވެސް ތަޢުލީމީގޮތުން ދަށް މީހެކެވެ. މީގެ ހަތަރު އަހަރެއްގެކުރިން، ކުރިން ވެރިކަންކުރި ސަރުކާރުން ބާރާއިނުފޫޒު ބޭނުންކޮށްގެން މީނާގެވަޒީފާ ވަނީ މާލެ ބަދަލު ކޮށްފައެވެ. މީނާއަކީ އޭގެކުރިން ގައްދޫ ހެލްތްސެންޓަރު ހިންގަންހުރި ހެލްތްވޯކަރެވެ. Read more

އައު ހެލްތްމިނިސްޓަރ ޑޮކްޓަރ، އާންތު އަށް ކުރުނީސްކޮށް، ފޮނުވާ އިހުލާސްތެރި ސިޓީ !

November 22, 2008 · Filed Under Articles · 2 Comments 

އަނިޔާވެރި ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެތައްބައެއްގެ ލޮލުން ކަރުނަތައް ގެނުވި ހައްގު ރައީސް މިގައުމުގެ ހިތްތިރި ރައީސް އަންނިގެ ހެލްތް މިނިސްޓަރ ކަމުގެ ތަހުތުގައި އިންނެވި ޑޮކްޓަރ އައިންތުއަށް
ވެދުން ސަލާމަށްފަހު ނުހަނު ތޯޢަތާއެކު ދަންނަވަމެވެ. Read more

ޞިއްހީމަރުކަޒުތަކަށް އިތުރުކުރަންވީ ބޭކާރު މުވައްޒަފުންތަކެއްނޫން. އިތުރުކުރަންވީ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ޓްރޭނިންގ ނަރުހުން.!!!!! އޭރުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިގަންނާނީ.

November 19, 2008 · Filed Under Articles · Comment 

ފިއްލަވައިގެންތިބެ ރާއްޖެތެރޭގައި ހުރި އެޑިޔުކޭސަންގެ ދާއިރާތަކަށް ނުގަވާއިދުން މަގާމުތައް ހަމަޖައްސަމުން ގެންދަވާހެން އާބާދީބޮޑެތި ރަށްރަށުގައިހުރި ހެލްތް ސެންޓަރުތަކަށް ހެލްތް އޮގްޒިލިއަރީން ވެއްދުން ވަގުތުން ހުއްޓާލުމަށް ސިވިލް ސާވިސްކޮމިސަނަށް އަޅުގަނޑު މިގޮވާލަނީ ވަރަށްވެސް ހަރުކަށި ޢިބާރާތުންނެވެ. މިބީދައިން އަޅުގަނޑު މިގޮވާލީ ސަރުކާރުގެ އޮފީސްތަކަށް ސިވިލްސާވެންޓުން ވައްދާކަމަށްވާނަމަ އެކަމެއްކުރުމުގެކުރިން ވަރަށްބޮޑެތި ސާރވޭތަކެއްކޮށް ވަރަށް ރަނގަޅަށް ބައްލަވަން ޖެހޭނެކަމަށް އަޅުގަނޑު ދެކޭތީއެވެ. Read more

ސަރުކާރު ބަދަލުވެ ކަންތައްތައް އިސްލާޙް ކުރެވުނު ކަމަށް ވާނީ ޙައްގުތައް ގެއްލިފައިވާ މީހުންނަށް އޭގެ ބަދަލު ދިނުމާއެކު ޙައްޤު ނޫން އިނާޔަތްތައް ލިބިދީފައިވާ މީހުންނަށް ޙައްޤުވާ މިންވަރަށް ޢިނާޔަތްތައް ތިރިކޮށްގެން.

November 8, 2008 · Filed Under Articles · 3 Comments 

މައުމޫންގެ ޚުދުމުޚުތާރު ސަރުކާރުގައި ވަރަށް ގިނަބަޔަކަށް ވަނީ ޙައްޤު ނޫން އިނާޔަތާއި، މަންފާ އަދި ހައްޤުނޫން ބޮޑެތި އަނިޔާ އާއި ގެއްލުން ދިވެހި ރައްޔިތުންނަށް ދީފައެވެ. މިއީ މިއަދު ދިވެހި ކޮންމެ ދަރިއަކުވެސް ދެބަސްވާނެ ކަމެއް ނޫނެނެވެ. މައުމޫނުގެ ޢާއިލީ ވެރިކަން ރަސްކަމެއްހެން ދެމެހެއްޓުމަށްޓަކައި ވާގިދޭ ކޮންމެމީހަކަށް އަދާކުރަން ނުޖެހޭ ބޮޑެތި ލޯނުތަކާއި ކުފޫ ހަމަނުވާ މަޤާމްތައް ވަނީ ހަދީޔާ ކުރެވިފައެވެ. ހަމަ މިއާ އެއްގޮތަށް މައުމޫނުގެ ޚުދުމުޚުތާރު ސިޔާސަތުތަކަށް ތާއީދު ނުކުރާ ކޮންމެ މީހަކަށް ވަނީ ދަތި ތަކާ ކުރިމަތިކޮށް އަދި ވަޒީފާގައި ކިތަންމެ ރަނގަޅަކަށް މަސައްކަތް ކުރިއަސް ކުރިއެރުމެއް ނުދީ ހިފަހައްޓާފައި ވެއެވެ. Read more

ސިޔާސީ މަގުސަދެއްގާ އިހަވަންދޫ ޞިއްހީމަރުކަޒުގެ އެޓެންޑެންޓަކަށް ހެލްތްއޮގްޒިލިއަރީއެއްގެ ދަރަޖަދީފި

October 17, 2008 · Filed Under Articles · 3 Comments 

އިހަވަންދޫ ޞިއްހީމަރުކަޒުގައި މަސައްކަތްކުރައްވާ 04 އެޓެންޑެންޑެންޓުގެ ގެތެރެއިން ކުއްލިގޮތަކަށް އެތަނުން އެކަކު ހެލްތް އޮގްޒިލިއަރީއަކަށް ބަދަލުކުރުމާގުޅިގެން އެތަނުގެ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑަށް ހަމަނުޖެހުން އިތުވެގެން ހިގައްޖެކަމަށް މައުލޫމާތުލިބެއެވެ. ހެލްތް އޮގްޒިއަރީކަށް މިހަމަޖެއްސީ އެޓެންޑެންޓެއްގެގޮތުގައި ހުރި ހަދީޖަތު ރޯސިންއެވެ. އަދި، މިދަރަޖަ މީނާއަށް ދިންތާ އަދި ހައެއްކަދުވަސް ވެސް ނުވާކަމަށްވެއެވެ. Read more

މައުމޫނުއަށް ވޯޓުހޯދުމަށް މަސައްކަތްކުރުމަށް ޞިއްޙީދާއިރާތައް ހިންގަންތިބި ވެރިންނަށް ހެލްތް މިނިސްޓްރީން މަޖުބޫރުކުރުވަންފަށައިފި

September 26, 2008 · Filed Under Articles · 6 Comments 

ހެލްތްމިނިސްޓަރ އިލިޔާސްއިބުރާހީމު ރާއްޖެތެރެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޅިޔަނު، މައުމޫނަށް ވޯޓުހޯދުމަށް މަސައްކަތްކުރެއްވުމަށް ޞިއްހީހިދުމަތްދޭތަންތައް ހިންގުމާއިހަވާލުވެތިބި ވެރިންނަށް މަޖުބޫރު ކުރަމުން އެބަގެންދާ ކަމަށްވެއެވެ. އަދި، މިކަމާއިދިކޮޅުހެން ހީވާމީހުން އެތަނަކުން ފޮނުވާލާހެދުމާއި، އަދި، ބައެއް ހެލްތްވޯކަރުންއަތުން ހިންގުން ނެގުމަށްފަހު ސެކްރެޓަރީންނާއި، އެސިސްޓެންޓް ސެކްރެޓަރީންނާއި ބައެއް ތަންތައް ހަވާލުކުރަމުން އެބަގެންދާ ކަމަށްވެސްވެއެވެ. Read more

ވާދޫ ޞިއްޙީ މަރުކަޒުގެ ވަށާ ފާރު ރޭނުން – އަޑި ނޭގޭ ކަންތައްގަނޑެއް

September 24, 2008 · Filed Under News · 8 Comments 

ޞިއްޙީ ދާއިރާއިން ކޮރަޕްޝަން ނައްތާލެވޭނީ ޑީއެމް އެސް ނަމޫނާ ވެގެން

މިއީ 6”6” ތަނބު އެޅުމަށް ފަހު ރޭނުމަށް އެގްރީމަންޓް ކޮށްފައިވާ ތަނެއް.

ފާރު ރާނާ ސިމެންތި ޖެހުމަށް ފަހު އާ ވައްތަރެއްގެ ތަނބު ތަކެއް ދައްކާލަނީ.

ހިތާމައަކީ މިކަންތައްތައް ބަލާނެ ފަރާތެއް ނެތް

 

Received on Wed, Sep 24, 2008 at 9:44 PM
Send articles, photos, news and other documents to info@dhihealthworkers.net OR dhihealthworkers@gmail.com
Maldives Health Workers

ނަރުހުންނާއި ޕެރަމެޑިކުންގެ މުސާރަ ބޮޑުކޮށްފި

September 16, 2008 · Filed Under News · Comment 

އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމަޑިކުންގެ މުސާރަ މިހިގާމަހުގެ އެއްވަނު ދުވަހުންފެށިގެން ބޮޑުކޮށްފިއެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ މަޤާމުތައް ހަމަޖައްސަމުން އަންނަނީ އެއްއޮނިގަނޑެއްގެ ދަށުން ކަމުގައިވެފައި، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނާއި ޑީއެމްއެސްގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދުމަތް ގާއިމު ކުރެވިފައިވާ ހޮސްޕިޓަލްތަކާއި، ޞިއްޙީމަރުކަޒުތަކާއި، ހެލްތް ޕޯސްޓްތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ އަސާސީ މުސާރަ 1 ސެޕްޓެމްބަރު 2008 ވަނަ ދުވަހުން ފެށިގެން ވަނީ އެއްގޮތް ކުރެވިފައިކަމަށް ޑީއެމްއެސްގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނަރަލް ޢަބްދުލް ޞަމަދު ޢަބުދުލް ރަހުމާނު ސޮއިކޮށް  އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓާތަކަށް ފޮނުވާފައިވާ ނަންނަބަރު: 2655/2008/ޑީއެމްއެސް/ޕީސީ-183 (14 ސެޕްޓެމްބަރ 2008) މެސެޖްގައި ބަޔާން ކުރައްވާފައިވެއެވެ.

މީގެ ކުރިން އަތޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނަށް ދެއްވަމުން ގެންދެވި މުސާރައަކީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުން ދެއްވަމުން ގެންދެވި މުސާރައަށް ވުރެ ކުޑަ މުސާރައެވެ. އެހެންކަމުން ސަރުކާރުން މިކޮށްދެއްވީ ވަރަށް ރަގަޅުކަމެއްކަމުގައި މިމުވައްޒަފުން އެބަދެކެއެވެ.

ހާލުގެ ދުލުން= ޑިޕާރޓްމަންޓް އޮފް މެޑިކަލްސާރވިސަސްގެ ބައެއްވެރިން ރިސްވަތު ބޭނުންކުރައްވަނީ

August 30, 2008 · Filed Under Articles · 3 Comments 

ޑިޕާރޓް މަންޓް އޮފް މެޑިކަލް ސާރވިސަސްގެ ވެރިންގެގޮތުގައި އެންމެއިސްކޮށް ޚަރަކާތްތެރިވާ ބައެއް ބޭފުޅުން ރިސްވަތު ބޭނުންކުރަމުންގެންދާ ކަމުގައ އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފާވެއެވެ. މިގޮތުން ރާއްޖެ ތެރޭގައި މަސައްކަތްކުރުމަށް ފޮނުވުމަށްގެންނަ ޑޮކްޓަރުންނާއި، އަދި، ބޭރުނަރުހުންގެ އިތުރުން ލެބޯޓަރީ ޓެކްނީޝަނުންގެ އަތުންވެސް ރިސްފަތު ހިފާކަމަށްވެއެވެ. މިއީ، ވަރަށްބޮޑުތެދު ހަޤީގަތެއްކަމަށް ބެލެވެއެވެ. އޭގެ އެންމެބޮޑު ހެއްކަކީ މިހާރަކަށްއައިސް ރާއްޖެތެރެއަށް ފޮނުވާ ބިދޭސީނަރުހުންނާއި، ހާއްސަކޮށް ޑޮކްޓަރުން ބަލިމީހުންގެ ކަންތައްތަކުގައި ފަރުވާކުޑަކަން ފާހަގަކުރެވެއެވެ. Read more

Next Page »