ހިންނަވަރު ހެލްތްސެންޓަރުގައި މަސައްކަތްކުރެއްވުމަށް ފޮނުއްވި އަންހެނުންގެ ހާއްސަ ޑޮކްޓަރު ބަލިމީހުން ބައްލަވަމުން ގެންދަވަނީ ވިއްސާކޮޓަރީގައި!

November 21, 2008 · Filed Under Articles · 2 Comments 

ހިންނަވަރު ޞިއްޙީމަރުކަޒުގައި މަސައްކަތްކުރެއްވުމަށް 13 ނޮވެމްބަރ 2008 ވަނަދުވަހު ފޮނުއްވި އަންހެނުންގެ ހާއްޑޮކްޓަރ އެތަނުގައި ޖާގައިގެދަތިކަން ހުރިގޮތުންނާއި، އަދި އެހެން ހަމައެއްވެސް ގޮތެއްނެތިގެން މީނާ މަސައްކަތް ކުރަމުންގެންދަނީ އެމަރުކަޒުގެ ވިއްސާކޮޓަރިއަށް މޭޒުގަނޑެއްވައްދައިގެން އެތަނުގެތެރޭގައި އިނދެގެން ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބިފާވެއެވެ. Read more

ޞިއްހީމަރުކަޒުތަކަށް އިތުރުކުރަންވީ ބޭކާރު މުވައްޒަފުންތަކެއްނޫން. އިތުރުކުރަންވީ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ޓްރޭނިންގ ނަރުހުން.!!!!! އޭރުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިގަންނާނީ.

November 19, 2008 · Filed Under Articles · Comment 

ފިއްލަވައިގެންތިބެ ރާއްޖެތެރޭގައި ހުރި އެޑިޔުކޭސަންގެ ދާއިރާތަކަށް ނުގަވާއިދުން މަގާމުތައް ހަމަޖައްސަމުން ގެންދަވާހެން އާބާދީބޮޑެތި ރަށްރަށުގައިހުރި ހެލްތް ސެންޓަރުތަކަށް ހެލްތް އޮގްޒިލިއަރީން ވެއްދުން ވަގުތުން ހުއްޓާލުމަށް ސިވިލް ސާވިސްކޮމިސަނަށް އަޅުގަނޑު މިގޮވާލަނީ ވަރަށްވެސް ހަރުކަށި ޢިބާރާތުންނެވެ. މިބީދައިން އަޅުގަނޑު މިގޮވާލީ ސަރުކާރުގެ އޮފީސްތަކަށް ސިވިލްސާވެންޓުން ވައްދާކަމަށްވާނަމަ އެކަމެއްކުރުމުގެކުރިން ވަރަށްބޮޑެތި ސާރވޭތަކެއްކޮށް ވަރަށް ރަނގަޅަށް ބައްލަވަން ޖެހޭނެކަމަށް އަޅުގަނޑު ދެކޭތީއެވެ. Read more

ޞިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ތޮއްޖެހެންދެން މުވައްޒަފުން އިތުރުކުރަންވީއެއްނޫން.! ކުރަންވީ ކަމަކީ މިތަންތާތިބޭ ޑޮކްޓަރުންގެ ޚިދުމަތްތައް ރަނގަޅުކުރަންވީއެވެ. ފެންވަރުރަނގަޅު ރަނގަޅު ހީވާގި ނަރުހުން އިތުރުކުރަންވީއެވެ. !

November 7, 2008 · Filed Under Articles · 3 Comments 

ޞިއްޙީމަރުކަޒުތަކަށާއި، ހޮސްޕިޓަލްތަކަށް އެކަށީގެންނުވާ ވަރަށް ބޭކާރުގޮތެއްގައި މުވައްޒަފުންތަކެއް ވެއްދުމުގެ ބަދަލުގައި މިތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފަރާތުން ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއް ދެވޭތޯ މަސައްކަތް ކުރަންވީއެވެ. އެހެންނޫނީ މިތަންތަނުން ދެމުންގެންދާ ޚިދުމަތް ރައްޔިތުން ބަލައިނުގަންނާނެކަން ކަށަވަރެވެ. Read more

ސިޔާސީ މަގުސަދެއްގާ އިހަވަންދޫ ޞިއްހީމަރުކަޒުގެ އެޓެންޑެންޓަކަށް ހެލްތްއޮގްޒިލިއަރީއެއްގެ ދަރަޖަދީފި

October 17, 2008 · Filed Under Articles · 3 Comments 

އިހަވަންދޫ ޞިއްހީމަރުކަޒުގައި މަސައްކަތްކުރައްވާ 04 އެޓެންޑެންޑެންޓުގެ ގެތެރެއިން ކުއްލިގޮތަކަށް އެތަނުން އެކަކު ހެލްތް އޮގްޒިލިއަރީއަކަށް ބަދަލުކުރުމާގުޅިގެން އެތަނުގެ މުވައްޒަފުންގެ މެދުގައި ވަރަށްބޮޑަށް ހަމަނުޖެހުން އިތުވެގެން ހިގައްޖެކަމަށް މައުލޫމާތުލިބެއެވެ. ހެލްތް އޮގްޒިއަރީކަށް މިހަމަޖެއްސީ އެޓެންޑެންޓެއްގެގޮތުގައި ހުރި ހަދީޖަތު ރޯސިންއެވެ. އަދި، މިދަރަޖަ މީނާއަށް ދިންތާ އަދި ހައެއްކަދުވަސް ވެސް ނުވާކަމަށްވެއެވެ. Read more

ނަރުހުންނާއި ޕެރަމެޑިކުންގެ މުސާރަ ބޮޑުކޮށްފި

September 16, 2008 · Filed Under News · Comment 

އަތޮޅުތަކުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމަޑިކުންގެ މުސާރަ މިހިގާމަހުގެ އެއްވަނު ދުވަހުންފެށިގެން ބޮޑުކޮށްފިއެވެ.

ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ މަޤާމުތައް ހަމަޖައްސަމުން އަންނަނީ އެއްއޮނިގަނޑެއްގެ ދަށުން ކަމުގައިވެފައި، އައިޖީއެމްއެޗް އާއި ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނާއި ޑީއެމްއެސްގެ ދަށުން ހިނގަމުންދާ ޞިއްޙީ ޚިދުމަތް ގާއިމު ކުރެވިފައިވާ ހޮސްޕިޓަލްތަކާއި، ޞިއްޙީމަރުކަޒުތަކާއި، ހެލްތް ޕޯސްޓްތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންގެ އަސާސީ މުސާރަ 1 ސެޕްޓެމްބަރު 2008 ވަނަ ދުވަހުން ފެށިގެން ވަނީ އެއްގޮތް ކުރެވިފައިކަމަށް ޑީއެމްއެސްގެ ޑިޕިއުޓީ ޑިރެކްޓަރ ޖެނަރަލް ޢަބްދުލް ޞަމަދު ޢަބުދުލް ރަހުމާނު ސޮއިކޮށް  އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓާތަކަށް ފޮނުވާފައިވާ ނަންނަބަރު: 2655/2008/ޑީއެމްއެސް/ޕީސީ-183 (14 ސެޕްޓެމްބަރ 2008) މެސެޖްގައި ބަޔާން ކުރައްވާފައިވެއެވެ.

މީގެ ކުރިން އަތޮޅުތަކުގައި މަސައްކަތްކުރައްވާ ނަރުހުންނާއި، ޕެރަމެޑިކުންނަށް ދެއްވަމުން ގެންދެވި މުސާރައަކީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުން ދެއްވަމުން ގެންދެވި މުސާރައަށް ވުރެ ކުޑަ މުސާރައެވެ. އެހެންކަމުން ސަރުކާރުން މިކޮށްދެއްވީ ވަރަށް ރަގަޅުކަމެއްކަމުގައި މިމުވައްޒަފުން އެބަދެކެއެވެ.

ގާދިއްފުށީ ހެލްތުޕޯސްޓް ޞިއްޙީ މަރުކަޒަކަށް ބަދަލު ކުރައްވައިފި

July 30, 2008 · Filed Under News · Comment 

ތ.އަތޮޅު ގާދިއްފުށީ ޞިއްޙީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ޖުލައި ސައްބިސް ވީ މިނިވަންދުވަހުގެ މެންދުރުފަހު 2:00އެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީއޮފް އެޓޮލްގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަބުދުﷲ ޝާކިރެވެ. ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަ ދެއްކެވީ ކޮމިއުނިޓީ ހެލްތު ސޕަރވައިޒަރ އަލްފާޟިލް އަހުމަދު ޒަކީ އެވެ. ޞިއްޙީ މަރުކަޒު ހުޅުވައި ދެއްވުމުގެ ގޮތުން ޝަރަފްވެރިމެހެމާނު މަރުކަޒުގެ ނަންބޯޑް ކައްސަވާ ލެއްވުމަށް ފަހު ދިދަ ނަންގަވާ ދެއްވިއެވެ.

ޝަރަފްވެރި މެހެމާނުގެ ވާހަކާގައި ސަރުކާރުން ކޮށްދެއްވާ ކަންކަމަށް ރައްޔިތުން ޝުކުރުވެރިވާންޖެހޭނެކަމަށް ވިދާޅުވިއެވެ.އަދި އިތުރުޚިދުމަތް ލިބިގަތުމަށް ސަރުކާރުގައި އެދެން ޖެހޭނެކަމަށްވެސް ރައްޔިތުން ގާތުގައި ދެންނެވިއެވެ. އަހުމަދު ޒަކީގެ ވާހަކާގައި މިނިސްޓަރ އޮފް ހެލްތު އިލިޔާސް އިބްރާގހިމްގެ ފަރާތުން ރަށުގެ އެންމެހައި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ރައްދުކޮށްދެއްވިއެވެ.

ގާތްގަނޑަކަށް 617މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި ހުޅުވުނު ޞިއްޙީމަރުކަޒުގައި ޑރ އަކާއި ނަރުހެއްގެ އިތުރުން ޢާއިލާގެ އެހީތެރިއަކު ޚިދުމަތް ދެއްވަމުން ގެންދަވައެވެ.

Maldives Health Workers

ރާއްޖެތެރޭގައި ހުރި ޞިއްޙީ ޚިދުމަތް ދެމުންގެންދާ ތަންތަނުގެ އޮފީސްތައް ހަފްތާގެ ހޮނިހިރު ދުވަހު ހުޅުވާފަބެހެއްޓުމަކީ ކޮންމެހެން ބޭނުންކަމެއްނޫނެވެ.

July 12, 2008 · Filed Under Articles · 1 Comment 

ރާއްޖެތެރޭގައި ހުޅުވާފައި ހުރި ޞިއްޙީ މަރުކަޒުތަކުގެ އޮފީސްތައް ހަފްތާގެ ހޮނިހިރު ދުވަސްތަކުގައި ހުޅުވާފައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ނޫންކަމަށް ކޮންމެވެސް ބަޔަކަށް ފެނިގެން، މިކަމާމެދުގައި ރާއްޖެތެރޭގައި ހުރި ހޮސްޕިޓަލުތަކާއި، ޞިއްޙީމަރުކަޒުތަކުގެ އިދާރީ ހިންގުމުގައި މަސައްކަތް ކުރާމީހުންގެ ހިޔާލު ހުރިގޮތުގެ ވޯޓެއް ނަގަމުން އެބަގެންދެއެވެ. މިކަމާގުޅިގެން ފޮނުވަފައިވާ މެސެޖްގައި ސޮއިކުރައްވާފައިވަނީ ހެލްތްވޯކަރުކަމުން ޑެޕިއުޓީ ޑިރެކްޓަރުކަމަށް، ޑެޕިއުޓީ ޑިރެކްޓަރުކަމުން ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލްގެ މަޤާމު ހޯއްދަވާ ގެންހުންނެވި ޑިޕާރޓްމަންޓް އޮފް މެޑިކަލް ސާރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އަލްފާޞިލް ޢަބްދުއްސަމަދު ޢަބުދުއްރަހުމާނު (ޑީއެމްއެސްގެ މައިތަނބު) ކަމަށްވެއެވެ. Read more

ޅ. ކުރެންދޫ ޞިއްޙީމަރުކަޒުގައި ކަރަންޓްގެ ޚިދުމަތް ނެތްތާ 4 ދުވަސް ވެއްޖެ

July 10, 2008 · Filed Under Articles · 2 Comments 

ފާދިއްޕޮޅު ކުރެންދޫ ޞިއްޙީމަރުކަޒުގައި ކަރަންޓްގެ ލިބެންނެތުމުގެ ސަބަބުން އެތަނުގައި މިހާރު ފުޅިބައްތިއާއި، އުއްބަތި ދިއްލައިގެން އުޅޭތާ މިއަދަށް ހަތަރުދުވަސް ވެއްޖެކަމަށްވެއެވެ. އެހެންކަމުން، އެމަރުކަޒުގެ ލެބޯޓްރީގައި ހުރި ހުރިހާ ކެމިކަލްތަކެއްވަނީ މިހާރު ހަލާކުވެގެން ގޮސްފައެވެ. މިރަށަކީ ދެހާހުން މަތީގެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އަދި، މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަރުކަޒަށް ކަރަންޓްގެ ޚިދުމަތް ނުލިބެންފެށީ އެރަށުގައި ކަރަންޓް ދެމުންގެންދާ މީހާ ގެންގުޅޭ ޖަނަރޭޓަރުތައް ހަލާކުވެގެން ކަމަށްވެއެވެ. އަދި، މައުލޫމާތު ލިބިފައިވާގޮތުގައި މިދުވަސްވަރަކީ ކުރެންދޫގަޔާއި، މިއަތޮޅުގައި ދެން މީހުން ދިރިއުޅެމުން ގެންދާ ތިންރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ގޮތްނޭގޭ ހުމެއް ފެތުރިގެންދާ ދުވަސްވަރެއް ކަމަށްވެސްވެއެވެ. އަދި، މިހުން އެންމެގިނަ ބަޔަކަށް ޖެހިފައިވަނީވެސް މިރަށުގެ މީހުންނަށް ކަމަށްވެއެވެ. އެމަރުކަޒުގައި ކަނުއަނދިރީގައި މިހާރުވެސް ހައެއްކަ ބަލިމީހުން އެޑްމިޓްކޮށްފައި ތިބިކަމަށްވެސް ވެއެވެ. މިމައްސަލައަށް އަވަސް ހައްލެއްގެނެވޭތޯ އަތޮޅު ހޮސްޕިޓަލާއި ވާހަކަ ދައްކައިގެންވެސް މިއަދާހަމަޔައްވެސް މިކަންވަނީ އަދި، ހައްލަކަށް އައިސްނުވާކަމަށް އެރަށުގެ މީހެއްގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. Read more

ރާއްޖެތެރެއަށް ދަތުރުތައް މިކުރަމުންގެންދަނީ ހަމަ ހިތްއުފާކޮށްލުމަށް . .

June 16, 2008 · Filed Under Articles · 3 Comments 

މިހާރަކަށްއައިސް ރަސްމީ ބަންދު ދުވަސްދުވަހު ރާއްޖެތެރެއަށް މިނިސްޓްރީތަކުން ކުރަމުންގެންދާ ދަތުރުތައް އަނެއްކާވެސް އިތުރުވާން ފަށައިފިއެވެ. މިއީ، މައުމޫނަށް ވޯޓްހޯދުމުގެ ބޭނުމުގައި ކުރަމުން ގެންދާ ކަމެއްކަމަށްވެއެވެ. މިކަމުގެ ހުރިހާވެސް އުނދަގުލެއްމިވަނީ ރާއްޖެތެރޭގައި ހުރި ސަރުކާރުގެ އޮފީސްތައް ހިންގަންތިބި ވެރިންނަށާއި، އެތަންތަނުގެ މުވައްޒަފުންނަށެވެ. އަދި، މިގޮތުން އެންމެގިނައިން ދަތުރުތައް ކުރަމުން ގެންދަނީ ހެލްތް މިނިސްޓަރ އިލްޔާސް އިބްރާހީމު އާއި، އޭނާގެ އައުވާނުންނެވެ. ރާއްޖެތެރޭގެހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބަލާށޭ ކިޔައިގެން މިކުރާ ދަތުރުތަކުގައި، އެތަންތަނައްގޮސް އެތަންތަން ހިނގާނުހިނގާގޮތް ބަލާނުހަދާކަމަށް އެފަދަ ތަންތަން ހިންގަވަން ތިއްބަވާ ވެރިންގެ ފަރާތުން މަޢުލޫމާތު ލިބިފާވެއެވެ. Read more